ދިވެހިރާއްޖެ
ޢާއިލީ މައްސަލަތައް ހުށަހެޅުމަށް ހދ ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް ކޯޓުތަކުގައި ބޭނުންކުރަމުން އައި ފޯމުތައް އިޞްލާޙުކޮށްފައިވާތީ، 2026 މޭ 17 ވަނަ ދުވަހުން ފެށިގެން، ކޯޓުތަކުން ބަލައިގަންނާނީ އިޞްލާޙުކޮށް އާންމުކޮށްފައިވާ ފޯމުތައް ކަމުގައި ދެންނެވީމެވެ. ޢާއިލީ މައްސަލަތަކާ ގުޅުންހުރި ފޯމުތަކުގެ ތެރެއިން އިޞްލާޙުކުރި ފޯމުތައް ކޯޓުތަކުގެ ވެބްސައިޓުންނާއި ކޯޓުތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
ޢާއިލީ މައްސަލަތަކާ ގުޅުންހުރި ފޯމުތަކުގެ ތެރެއިން އިޞްލާޙުކޮށްފައިވާ ފޯމުތައް ތިރީގައި އެވަނީއެވެ.
|
ފޯމުގެ ނަން |
ފޯމު ނަންބަރު |
# |
|
ވަލީ ހޯދުމަށް އެދި ހުށަހަޅާ ފޯމު |
MC-B01 |
1 |
|
ޞުލްޙައަށް އެދި ހުށަހަޅާ ފޯމު |
MC-B02 |
2 |
|
ވަރިކުރުމަށް/ވަރިވުމަށް އެދި ހުށަހަޅާ ފޯމު |
MC-B03 |
3 |
|
ވަރި ސާބިތުކުރުމަށް އެދި ހުށަހަޅާ ފޯމު |
MC-B04 |
4 |
|
ވަރިވެފައިވާކަމާމެދު ޝައްކުވެގެން ހުށަހަޅާ ފޯމު |
MC-B05 |
5 |
|
މަރު ސާބިތުވިކަމުގެ ލިޔުމަށް އެދި ހުށަހަޅާ ފޯމު |
MC-B06 |
6 |
|
ޚަރަދުގެ މައްސަލަ ހުށަހަޅާ ފޯމު |
MC-B07 |
7 |
|
ނަސަބާގުޅޭ މައްސަލަ ހުށަހަޅާ ފޯމު |
MC-B08 |
8 |
|
ޙަޟާނަތުގެ މައްސަލަ ހުށަހަޅާ ފޯމު |
MC-B09 |
9 |
|
ބަލަދުވެރިކަން ސާބިތުކުރުމަށް އެދި ހުށަހަޅާ ފޯމު |
MC-B10 |
10 |
|
ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދި ހުށަހަޅާ ފޯމު |
MC-B11 |
11 |
|
ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް ބަދަލު ގެނައުމަށް ނުވަތަ އެ އަމުރު ބާޠިލު ކުރުމަށް އެދޭ ފޯމު |
MC-B12 |
12 |
|
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނުގެ ދަށުން ކޯޓު އަމުރަށް އެދޭ ފޯމު |
MC-B13 |
13 |
|
ވަގުތީ އަމުރަށް އެދޭ ފޯމު |
MC-B14 |
14 |
|
ވަގުތީ އަމުރު ތަންފީޒު ކުރުމަށް ނުވަތަ މުރާޖަޢާ ކުރުމަށް އެދި ހުށަހަޅާ ފޯމު |
MC-B15 |
15 |
|
ޢާއިލީ އެހެނިހެން މައްސަލަ ހުށަހަޅާ ފޯމު |
MC-B16 |
16 |
|
ޙުކުމް ތަންފީޒު ކުރުމަށްއެދޭ ފޯމު |
MC-B17 |
17 |
|
ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައިދިނުމަށްއެދޭ ފޯމު |
MC-B18 |
18 |
|
ބަދަލު ހަމަޖެއްސުމަށް އެދޭ ފޯމު |
MC-B19 |
19 |
|
ބަދަލު ހަމަޖެއްސި ފަރާތް ތަނާޒުލުވުމަށް އެދި ހުށަހަޅާ ފޯމު |
MC-B20 |
20 |
|
ޤާނޫނީ ވަކީލަކު ޢައްޔަންކުރުމަށް އެދޭ ފޯމު |
MC-B21 |
21 |
|
މައްސަލައިގައި ޢައްޔަންކޮށްފައިވާ ޤާނޫނީ ވަކީލު ބަދަލުކުރުމަށް ނުވަތަ ވަކިކުރުމަށް އެދި ހުށަހަޅާ ފޯމު |
MC-B22 |
22 |
|
ޤާނޫނީ ވަކީލު ތަނާޒުލުވުމަށް އެދި ހުށަހަޅާ ފޯމު |
MC-B23 |
23 |
|
ތަދައްޚުލުވުމަށް އެދޭ ފޯމު |
MC-B24 |
24 |
|
ޢާއިލީ މައްސަލަތަކުގައި ކޯޓުގެ އިޚްތިޞާޞްއާމެދު އިޢުތިރާޒުކުރާ ފޯމު |
MC-B25 |
25 |
|
ޖަވާބު ހުށަހަޅާ ފޯމު |
MC-B26 |
26 |
|
ޙުކުމުގައިވާ ކުށް އިސްލާޙުކުރުމަށް އެދި ހުށަހަޅާ ފޯމު |
MC-B27 |
27 |
|
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް އެދޭ ފޯމު |
MC-B28 |
28 |
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.