ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތު ޕޫލްގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

މަޤާމް :ކައުންސިލް އެސިސްޓެންޓް (މިސްކިތު ޕޫލް)

ބޭނުންވާ އަދަދު : 8 މަސައްކަތު މީހުން

ތިމަރަފުށީ 3 މިސްކިތުގައި މަސައްކަތްކުރައްވަމުން ގެންދަވާ ދާއިމީ މުވައްޒަފުން ސަލާމް ނުވަތަ ޗުއްޓީ ނެންގެވުމުން ނުވަތަ ދާއިމީ މުވައްޒަފަކު ވަޒީފާއިން ވަކިވުމުން އެމަޤާމަށް މުވައްޒަފަކު ހަމަޖެއްސުމަށް ނަގާ މުއްދަތުގައި، ވޭޖް އެމްޕްލޯއިމެންޓްގެ ދަށުން މަސައްކަތްކުރުމަށް އެކުލަވާލެވޭ ޕޫލްގައި ރަޖިސްޓްރީ ވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމް:

ކައުންސިލް އެސިސްޓެންޓް (މަސައްކަތު މީހުން)

އަދަދު:

މަސައްކަތު: 8

މަޤާމުގެ ގިންތިއާއި މުއްދަތު:

ވަގުތީ (އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 1 އަހަރު)

ވަޒީފާ އަދާކުރަން ޖެހޭތަން:

ތ.ތިމަރަފުށީ ކައުންސިލްގެ އިދާރާ (ރަށުގެ މިސްކިތްތައް)

 

މަސައްކަތުގެ އުޖޫރަ އާއި ޝަރުޠު

މަޤާމް/ޝަރުޠު

ރޭންކް

އުޖޫރަ ދެވޭ ގޮތް

މަސައްކަތު – ޝަރުތު ހަމަވާ (ލިޔަންކިޔަން އެނގުން)

SS1

45.00 (ސާޅިސް ފަސް ރުފިޔާ) މަސައްކަތްކުރައްވާ ކޮންމެ ގަޑިއިރަކަށް

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:  މަސައްކަތު މީހުން

1. ކޮންމެ ނަމާދުވަގުތެއްގެ 15 މިނެޓު ކުރިން މިސްކިތައްގޮސް، މިސްކިތުގެ ކަންތައްތައް ބަލައި، ރަނގަޅުކުރަން ހުރި ކަމެއް ރަނގަޅު ކުރުމާއި، އިސްކުރުބަރިއާއި،ފާޚާނާތައް ސާފުކުރުމުގެ އިތުރުން، މިސްކިތުގެ އެތެރެއާއި، ސިޑިތައްމަތި ފޮޅައި ސާފުކުރުން.

2. ތިމަރަފުށި ކައުންސިލުގެ އިދާރާއިން އެއިރަކު ހަމަޖައްސާ މިސްކިތެއްގައި މަސައްކަތްކުރުން.

3. ނަމާދަށް މީހުން އައުމުގެކުރިން މިސްކިތްދިއްލައި، ފަންކާތައްޖަހައި، ނަމާދުގެ ޖަމާޢަތް ނިމުމުން 15 މިނެޓްފަހުން މިސްކިތުގައި މީހުން ނުތިބޭ ތަންތަނުގެ ފަންކާތަކާއި، ލައިޓުތައް ނިއްވުން.

4. ގޯތިތެރޭގައި އިންދާފައިހުރި ގަސްތަކަށް ދެއިރަށް ފެންދީ ބެލެހެއްޓުން.

5. ގޯތިތެރޭގައި ބިމުންފަޅާ ކުދިގަސްތައް އުފުރައި ގޯތިތެރެ ކުނިކަހައި ސާފުކޮށް ބެލެހެއްޓުން.

6. ރޭގަނޑުގެ ނަމާދުގަޑި ތަކުގައިގައި މިސްކިތުގެ ހަރިންމައިގާ ހަރުކޮށްފައިވާ ލައިޓުތައް ދިއްލައި، ނިވުން.

7. ކޮންމެ ނަމާދު ވަގުތެއްގައި މިސްކިތުގައި ޖަމާޢަތްހަދާ ސަރަހައްދުގެ ސާފުތާހިރުކަން ހުންނަ ނުހުންނަގޮތްބަލައި އެސަރަހައްދުފޮޅައި ސާފުކުރުން

8. މިސްކިތުގެ ދޮރުތަކާއި،ފަންކާތަކާއި، މިމްބަރާއި، ލިއުންތައް ހަރުކޮށްފައިވާ ލަކުޑި ފިލާތައް ފޮޅައި ސާފުކުރުން.

9. ނަމާދުވަގުތުތަކަށް މިސްކިތަށް ހާޒިރުވާންޖެހޭނީ އެކަށީގެންވާ ސާފުތާހިރު ހެދުމެއްގައެވެ.

  

ހުށަހަޅަންޖެހޭ ލިއުންތައް:

1. ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމް

2. ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރު ހިމެނޭގޮތަށް)

3. ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިއުންތައް އަދި ލިއެފައިވާ ލިއުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް. ނުވަތަ އައިޑީކާޑު ގެއްލިފައިވާނަމަ، އުފަންދުވަހުގެ ސާފު ކޮޕީއެއް ނުވަތަ ޕާސްޕޯޓް/ޑްރައިވިން ލައިސަންސްގެ ސާފުކޮޕީއެއް

4. ލިބިފައިވާ ތައުލީމީ ސެޓްފިކެޓުތަކުގެ ސާފު ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާގެ ލިއުންތަކުގެ ސާފު ކޮޕީ.

ވަޒިފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

 

 

އަސާސީ ޝަރުތު ހަމަވުން

50%

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5%

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5%

އިންޓަރވިއު

40%

 

                      

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

14 މެއި 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:30 ގެ ކުރިން ކޮޅުމަޑުލު ތިމަރަފުށި ކައުންސިލުގެ އިދާރާއަށް ފޯމު ހުށަހެޅުއްވުންއެދެން. ފޯމް މެއިލް ކުރާނަމަ މެއިލް ކުރާނީ [email protected]   މެއިލް އެޑްރެހަށެވެ. މެއިލްގެ ޒަރިއްޔާއިން ފޮނުވާ ފޯމްތައް ސުންގަޑި ހަމަވުމުގެ ކުރިން ކައުންސިލަށް ލިބުނުކަން ކަށަވަރު ކުރުމަކީ ފޯމް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

އިންޓަވިއު އޮންނާނޭތަނާ މުއްދަތު

މިމަޤާމަށް މީހުން ހޮވުމަށްބޭއްވޭ އިންޓަވިއު އޮންނާނީ 17 މެއި 2026 އާއި 21 މެއި 2026 އާއި ދެމެދު ތިމަރަފުށި ކައުންސިލުގެ އިދާރާގައެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުން ކަނޑައެޅިފައިވާ ތާރީޚުގައި އިންޓަވިއުއަށް ޙާޒިރުވުމަށް ތައްޔާރުވުން އެދެމެވެ.

އިތުރު މައުލޫމާތު

މިއިއުލާނާއި ގުޅިގެން މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6780675 ނަންބަރު ފޯނަށެވެ. މެއިލްކުރާނަމަ މެއިލްކުރާނީ [email protected]  މެއިލް އެޑްރެހަށެވެ.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

މިހެންވެ މިކަން އާއްމުކޮށް އެންގުމަށް ޓަކައި އިޢުލާނުކުރީމެވެ.

07 މޭ 2026
ހޯދާ