|
1. ކޮންމެ ނަމާދުވަގުތެއްގެ 15 މިނެޓު ކުރިން މިސްކިތައްގޮސް، މިސްކިތުގެ ކަންތައްތައް ބަލައި، ރަނގަޅުކުރަން ހުރި ކަމެއް ރަނގަޅު ކުރުމާއި، އިސްކުރުބަރިއާއި،ފާޚާނާތައް ސާފުކުރުމުގެ އިތުރުން، މިސްކިތުގެ އެތެރެއާއި، ސިޑިތައްމަތި ފޮޅައި ސާފުކުރުން.
2. ތިމަރަފުށި ކައުންސިލުގެ އިދާރާއިން އެއިރަކު ހަމަޖައްސާ މިސްކިތެއްގައި މަސައްކަތްކުރުން.
3. ނަމާދަށް މީހުން އައުމުގެކުރިން މިސްކިތްދިއްލައި، ފަންކާތައްޖަހައި، ނަމާދުގެ ޖަމާޢަތް ނިމުމުން 15 މިނެޓްފަހުން މިސްކިތުގައި މީހުން ނުތިބޭ ތަންތަނުގެ ފަންކާތަކާއި، ލައިޓުތައް ނިއްވުން.
4. ގޯތިތެރޭގައި އިންދާފައިހުރި ގަސްތަކަށް ދެއިރަށް ފެންދީ ބެލެހެއްޓުން.
5. ގޯތިތެރޭގައި ބިމުންފަޅާ ކުދިގަސްތައް އުފުރައި ގޯތިތެރެ ކުނިކަހައި ސާފުކޮށް ބެލެހެއްޓުން.
6. ރޭގަނޑުގެ ނަމާދުގަޑި ތަކުގައިގައި މިސްކިތުގެ ހަރިންމައިގާ ހަރުކޮށްފައިވާ ލައިޓުތައް ދިއްލައި، ނިވުން.
7. ކޮންމެ ނަމާދު ވަގުތެއްގައި މިސްކިތުގައި ޖަމާޢަތްހަދާ ސަރަހައްދުގެ ސާފުތާހިރުކަން ހުންނަ ނުހުންނަގޮތްބަލައި އެސަރަހައްދުފޮޅައި ސާފުކުރުން
8. މިސްކިތުގެ ދޮރުތަކާއި،ފަންކާތަކާއި، މިމްބަރާއި، ލިއުންތައް ހަރުކޮށްފައިވާ ލަކުޑި ފިލާތައް ފޮޅައި ސާފުކުރުން.
9. ނަމާދުވަގުތުތަކަށް މިސްކިތަށް ހާޒިރުވާންޖެހޭނީ އެކަށީގެންވާ ސާފުތާހިރު ހެދުމެއްގައެވެ.
|