ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސައިކޮލޮޖިކަލް ސަޕޯރޓް ކައުންސެލިންގ

މަޤާމް :ސައިކޮލޮޖިކަލް ސަޕޯރޓް ކައުންސެލިންގ
ބޭނުންވާ އަދަދު :7

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

މާލެ، ދިވެހިރާއްޖެ

ދަރިވަރުންނަށް ސައިކޮލޮޖިކަލް ފަރސްޓު އެއިޑް ފޯރުކޮށްދިނުމަށްޓަކާ ހޮޓުލައިންގައި މަސައްކަތް ކޮށްދޭނެ މީހުން ބޭނުންވެއްޖެ

ނަންބަރު: MNU-HR/2026/71

ތާރީޚް: 04 މޭ 2026

މަސައްކަތް

ސައިކޮލޮޖިކަލް ސަޕޯރޓް ކައުންސެލިންގ

ބޭނުންވާ އަދަދު:

07

މަސައްކަތްކުރާ އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

މަސައްކަތުގެ ބާވަތް:

ވޭޖް ބޭސިސް (މަސައްކަތްކުރާ ގަޑިއަށް ފީ ކަނޑައެޅިފައިވާ)

އުޖޫރަ/ފީ:

ގަޑިއަކަށް 120.00 ރުފިޔާ

މަސައްކަތު ވަގުތު:

ގިނަވެގެން 4 ގަޑިއިރު (ހަމަޖެހިފައިވާ ޑިއުޓީ ޝެޑިއުލް އާ އެއްގޮތަށް)

ކޮންޓްރެކްޓްގެ މުއްދަތު:

01 މަސްދުވަސް (ޚިދުމަތަށްބަލާ އިތުރުކުރެވޭގޮތަށް)

ޝަރުތު:

މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލްގައި ރަޖިސްޓްރީކޮށް، މަސައްކަތާ ގުޅޭ ދާއިރާއިން ޚިދުމަތްދިނުމުގެ ލައިސަންސް ލިބިފައިވުން.

ކުރަންޖެހޭނެ މަސައްކަތް

  1. ކައުންސެލިންގ ބޭނުންވާ ދަރިވަރުން ފާހަގަކޮށް، އެ ދަރިވަރުންނަށް ކައުންސެލިންގ ދިނުމުގެ މަސައްކަތް ހަމަޖެހިފައިވާ އުސޫލުން ކުރިއަށް ގެންދިއުން.
  2. ކައުންސެލިންގ ސަޕޯޓް ބޭނުންވާ ދަރިވަރުންނަށް އެ ޚިދުމަތް ފޯރުކޮށްދިނުން.
  3. ކައުންސެލިންގ ޚިދުމަތް ހޯދުމަށް އަންނަ ދަރިވަރުންނަށް އިންޓަރވެންޝަން ފޯރުކޮށްދިނުމަށް ޔުނިވަރސިޓީގެ އެހެން މުވައްޒަފުންގެ އެހީތެރިކަން ބޭނުންވާ ހާލަތްތަކުގައި އެކަން ވިލަރެސްކުރުން.
  4. ކައުންސެލިންގ ޚިދުމަތް ފޯރުކޮށްދެވޭ އެންމެހާ ދަރިވަރުންގެ ލިޔެކިޔުންތައް ބެލެހެއްޓުމާއި، ކޭސްތަކުގެ ރަޖިސްޓްރީ ހަދައި ބެލެހެއްޓުމާއި، ކޭސް ފައިލް ހެދުމާއި، ސެޝަންތައް ކުރިއަށް ގެންދާނެގޮތުގެ ސެޝަން ޕްލޭން ހެދުމާއި ކޮންމެ ސެޝަނަކަށްފަހު ސެޝަން ނޯޓްސް ތައްޔާރުކޮށް ބެލެހެއްޓުން.
  5. ޙިދުމަތް ހޯދާ ފަރާތްތަކުގެ ރިކޯޑްސްތަކުގެ ކޮންފިޑެންޝަލިޓީ ހިފެހެއްޓުން.
  6. ތަފާތު އެކި ހާލަތްތަކުގެ ސަބަބުން ވަލްނަރަބަލްވެފައިވާ ކުދިން ފާހަގަކޮށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމް ސުޕަވައިޒަރުންގެ އިރުޝާދުގެ ދަށުން ހަމަޖައްސައި މިމަސައްކަތަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް ދައުލަތުގެ އެހެން މުއައްސަސާތަކާއިއެކު ގުޅިގެން މަސައްކަތްކުރުން.
  7. ކައުންސެލިންގ ޚިދުމަތް ހޯދުމަށް އަންނަ ދަރިވަރުންގެ ތެރެއިން ސެޕްޝަލައިޒްޑް ސަޕޯޓް ބޭނުންވާ ކުދިން ފާހަގަކޮށް ރިފަރަލް ހެދުން.

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލްގައި ރަޖިސްޓްރީކޮށް، މަސައްކަތާ ގުޅޭ ދާއިރާއިން ޚިދުމަތްދިނުމުގެ ލައިސަންސްގެ ކޮޕީ.

* ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލަކަށް ބަދަލުކޮށްފައެވެ.

* ތަޢުލީމީ ސެޓްފިކެޓްތަކާއި ލައިސަންސްގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.

 

ޝޯޓްލިސްޓުކުރުން:

މި މަސައްކަތްކޮށްދިނުމަށް އެދި 10 ފަރާތަށްވުރެ ގިނަ ފަރާތުން ކުރިމަތިލާފައިވާނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލާ، މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ 10 ފަރާތް ޝޯޓްލިސްޓުކުރެވޭނެއެވެ.

އެދެންވީގޮތާއި ސުންގަޑި:

2026 މޭ 06 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNUHR-2026-71

 

ސަމާލުކަމަށް:

 

  1. ކުރިމަތިލާ ފަރާތަށް ފޮނުވަންޖެހޭ ރަސްމީ އެންމެހައި ލިޔުންތަކާއި ކުރެވޭ ރަސްމީ މުޢާމަލާތުތައް ފޮނުވޭނީ ފޯމުގައި ބަޔާންކޮށްފައިވާ އީމެއިލް އެޑްރެހަށެވެ.
  2. މި ޚިދުމަތް ދިނުމަށް ހޮވޭނީ ޔުނިވަރސިޓީން ކަނޑައަޅާފައިވާ ވަގުތުތަކުގައި (ޝެޑިއުލް) ޚިދުމަތް ދެވޭނެ އަދި ޚިދުމަތް ދިނުމަށް އެއްބަސްވާ ފަރާތްތަކެވެ.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345136 ނަމްބަރު ފޯނަށެވެ.
04 މޭ 2026
ހޯދާ