|
މަސައްކަތް
|
ސައިކޮލޮޖިކަލް ސަޕޯރޓް ކައުންސެލިންގ
|
ބޭނުންވާ އަދަދު:
|
07
|
|
މަސައްކަތްކުރާ އޮފީސް:
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު
|
|
މަސައްކަތުގެ ބާވަތް:
|
ވޭޖް ބޭސިސް (މަސައްކަތްކުރާ ގަޑިއަށް ފީ ކަނޑައެޅިފައިވާ)
|
|
އުޖޫރަ/ފީ:
|
ގަޑިއަކަށް 120.00 ރުފިޔާ
|
|
މަސައްކަތު ވަގުތު:
|
ގިނަވެގެން 4 ގަޑިއިރު (ހަމަޖެހިފައިވާ ޑިއުޓީ ޝެޑިއުލް އާ އެއްގޮތަށް)
|
|
ކޮންޓްރެކްޓްގެ މުއްދަތު:
|
01 މަސްދުވަސް (ޚިދުމަތަށްބަލާ އިތުރުކުރެވޭގޮތަށް)
|
|
ޝަރުތު:
|
މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލްގައި ރަޖިސްޓްރީކޮށް، މަސައްކަތާ ގުޅޭ ދާއިރާއިން ޚިދުމަތްދިނުމުގެ ލައިސަންސް ލިބިފައިވުން.
|
|
ކުރަންޖެހޭނެ މަސައްކަތް
|
- ކައުންސެލިންގ ބޭނުންވާ ދަރިވަރުން ފާހަގަކޮށް، އެ ދަރިވަރުންނަށް ކައުންސެލިންގ ދިނުމުގެ މަސައްކަތް ހަމަޖެހިފައިވާ އުސޫލުން ކުރިއަށް ގެންދިއުން.
- ކައުންސެލިންގ ސަޕޯޓް ބޭނުންވާ ދަރިވަރުންނަށް އެ ޚިދުމަތް ފޯރުކޮށްދިނުން.
- ކައުންސެލިންގ ޚިދުމަތް ހޯދުމަށް އަންނަ ދަރިވަރުންނަށް އިންޓަރވެންޝަން ފޯރުކޮށްދިނުމަށް ޔުނިވަރސިޓީގެ އެހެން މުވައްޒަފުންގެ އެހީތެރިކަން ބޭނުންވާ ހާލަތްތަކުގައި އެކަން ވިލަރެސްކުރުން.
- ކައުންސެލިންގ ޚިދުމަތް ފޯރުކޮށްދެވޭ އެންމެހާ ދަރިވަރުންގެ ލިޔެކިޔުންތައް ބެލެހެއްޓުމާއި، ކޭސްތަކުގެ ރަޖިސްޓްރީ ހަދައި ބެލެހެއްޓުމާއި، ކޭސް ފައިލް ހެދުމާއި، ސެޝަންތައް ކުރިއަށް ގެންދާނެގޮތުގެ ސެޝަން ޕްލޭން ހެދުމާއި ކޮންމެ ސެޝަނަކަށްފަހު ސެޝަން ނޯޓްސް ތައްޔާރުކޮށް ބެލެހެއްޓުން.
- ޙިދުމަތް ހޯދާ ފަރާތްތަކުގެ ރިކޯޑްސްތަކުގެ ކޮންފިޑެންޝަލިޓީ ހިފެހެއްޓުން.
- ތަފާތު އެކި ހާލަތްތަކުގެ ސަބަބުން ވަލްނަރަބަލްވެފައިވާ ކުދިން ފާހަގަކޮށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމް ސުޕަވައިޒަރުންގެ އިރުޝާދުގެ ދަށުން ހަމަޖައްސައި މިމަސައްކަތަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް ދައުލަތުގެ އެހެން މުއައްސަސާތަކާއިއެކު ގުޅިގެން މަސައްކަތްކުރުން.
- ކައުންސެލިންގ ޚިދުމަތް ހޯދުމަށް އަންނަ ދަރިވަރުންގެ ތެރެއިން ސެޕްޝަލައިޒްޑް ސަޕޯޓް ބޭނުންވާ ކުދިން ފާހަގަކޮށް ރިފަރަލް ހެދުން.
|
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
- މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލްގައި ރަޖިސްޓްރީކޮށް، މަސައްކަތާ ގުޅޭ ދާއިރާއިން ޚިދުމަތްދިނުމުގެ ލައިސަންސްގެ ކޮޕީ.
* ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލަކަށް ބަދަލުކޮށްފައެވެ.
* ތަޢުލީމީ ސެޓްފިކެޓްތަކާއި ލައިސަންސްގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
|
|
ޝޯޓްލިސްޓުކުރުން:
|
މި މަސައްކަތްކޮށްދިނުމަށް އެދި 10 ފަރާތަށްވުރެ ގިނަ ފަރާތުން ކުރިމަތިލާފައިވާނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލާ، މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ 10 ފަރާތް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
|
އެދެންވީގޮތާއި ސުންގަޑި:
|
2026 މޭ 06 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.
https://tinyurl.com/MNUHR-2026-71
|
|
ސަމާލުކަމަށް:
|
- ކުރިމަތިލާ ފަރާތަށް ފޮނުވަންޖެހޭ ރަސްމީ އެންމެހައި ލިޔުންތަކާއި ކުރެވޭ ރަސްމީ މުޢާމަލާތުތައް ފޮނުވޭނީ ފޯމުގައި ބަޔާންކޮށްފައިވާ އީމެއިލް އެޑްރެހަށެވެ.
- މި ޚިދުމަތް ދިނުމަށް ހޮވޭނީ ޔުނިވަރސިޓީން ކަނޑައަޅާފައިވާ ވަގުތުތަކުގައި (ޝެޑިއުލް) ޚިދުމަތް ދެވޭނެ އަދި ޚިދުމަތް ދިނުމަށް އެއްބަސްވާ ފަރާތްތަކެވެ.
|
|
އިތުރު މަޢުލޫމާތު:
|
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345136 ނަމްބަރު ފޯނަށެވެ.
|