މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ތިރީގައި މި ދަންނަވާ މަޤާމުތަކަށް ޝަރުތުހަމަވާ ޤާބިލު ބޭފުޅުން ހޯދުމަށް ބޭނުންވެއެވެ.

މަޤާމު:

 އޮފީސް އެސިސްޓެންޓް

ސެކްޝަން / ޑިވިޜަން

 ޕޭމަންޓްސް އެންޑް ކޯޕަރޭޓް ސާވިސަސް ޑިވިޝަން، ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

ބޭނުންވާ ޢަދަދު: 

 01 (އެކެއް)

ތައުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

 މަދުވެގެން ލިބިފައި ހުންނަޖެހޭ ތައުލީމީ ފެންވަރު:

  • އަސާސީ ތައުލީމުގެ ފެންވަރު ހުރުން.
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކު ކަމުގައިވުން.
  • ސައިކަލު ދުއްވުމުގެ ލައިސަންސް އޮތް ފަރާތަކަށްވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ޕޭމަންޓް މޯލްޑިވްސްގެ އޮފީސްތެރެ ބެލެހެއްޓުމުގެ މަސައްކަތްކުރުން.
  • އޮފީސް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ހަވާލު ކުރެވިފައިވާ ފަރާތްތަކުގެ މަސައްކަތްތައް ކުރެވެމުންދާގޮތް ބެލެހެއްޓުން.
  • އޮފީހުން އެކިއެކި ތަންތަނަށް ފޮނުވަންޖެހޭ ސިޓީއާއި ތަކެތި ގެންދިއުމާއި އެފަދަ ތަކެތި ތަންތަނުން ގެނައުން.
  • އޮފީހުގެ މެއިންޓެންސް މަސައްކަތްކުރުމުގައި އެހީތެރިވުމާއި އޮފީސް އިމާރާތާއި ވަސީލަތްތައް ބެލެހެއްޓުމުގައި އެހީތެރިވުން.

މުސާރައާއި އިނާޔަތްތައް

7،000.00 – 9،000.00 ރުފިޔާ (މުސާރަ ކަނޑައެޅުމުގައި ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ތަޖުރިބާއަށް ބެލެވޭނެ)

ރަސްމީ މަސައްކަތު ގަޑި

 ހެނދުނު 8:00 އިން ހަވީރު 4:00 އަށް

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތައް

  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  • އަސާސީ ތައުލީމުގެ ފެންވަރު ލިބިފައިވާކަން އަންގައިދޭ ލިޔުމެއް
  • ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
  • ވަޒީފާއެއް އަދާކުރަށްވާފައިވާނަމަ ވަޒީފާ އަދާކުރައްވާފައިވާ ތަނުގެ ރަސްމީ ލިޔުންތައް

ސުންގަޑި

 10 މޭ 2026 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 15:00 އަށް

 
 މި ވަޒީފާތަކަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާނީ އީމެއިލް މެދުވެރިކޮށް: [email protected]  އަށެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް ބޭނުންވާނަމަ އީމެއިލްގެ އިތުރުން ނަންބަރު 3313311  ފޯނާއި ގުޅުއްވައިގެން މައުލޫމާތު ސާފު ކުރެއްވޭނެއެވެ.
03 މޭ 2026
ހޯދާ