އުނގޫފާރު ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
8 ކުލާސްރޫމް ޢިމާރާތް ތަޅާ ބިންސާފުކުރުމާއި ގުދަނެއް އެޅުމުގެ މަސައްކަތްތައް ކުރުން
އުނގޫފާރު ސްކޫލްގެ ބާ ކުލާސްރޫމް އިމާރާތް ތަޅާ ބިންސާފު ކޮއްދޭނެ ފަރާތެއް ހޯދުން
- މިސްކޫލްގައި އަޅަން ހަމަޖެހިފައިވާ 8 ކުލާސް ރޫމް އިމާރާތް އަޅަން ނިންމާފައިވާ ބިމުގައި ހުރި ބާ އިމާރާތް ތަޅާ ބިން ސާފުކޮށް ދިނުމުގެ މަސައްކަތާއި އަލަށް އިމާރާތް ކުރާ ގުދަނުގެ މަސައްކަތައް ބީލަން ހުށައެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 2026 މެއި 03 ން 2026 މެއި 07 ގެ ނިޔަލަށް މިއިއުލާނާއެކުގައިވާ "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ތިރީގައިވާ މެއިލް އެޑްރެސްއަށް މެއިލް ކުރެއްވުމައް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 މެއި 06 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 8 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- މިޕްރޮކިއުމަންޓާ ބެހޭގޮތުން ބާއްވާ ޕްރީ ބިޑް އޮންނާނީ 2026 މެއި 010 ވާ އާދިއްތަ ދުވަހުގެ 13:00 ގައިމިސްކޫލުގައެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026 މެއި 14 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިސްކޫލުގައެވެ.
- މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް، ބިޑް ރަޖިސްޓްރީ ފޯރމް، ސްކޫލް ފުލޯރ ޕުލޭން އަދި ގުދަނުގެ ކުރެހުން މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
އުނގޫފާރު ސްކޫލް
ރ.އުނގޫފާރު، ދިވެހިރާއްޖެ.
ފޯން: 6580262
އީ-މެއިލް [email protected]
03 މޭ 2026
ހޯދާ
