މަސައްކަތް
ނަންބަރު: GS210/IUL/2026/09
ޕަބްލިޝްކުރި ތާރީޚް: 03 މޭ 2026
ޕަބްލިޝްކުރި ގަޑި: 09:55
ސުންގަޑި: 14 މޭ 2026 13:00
އުނގޫފާރު ސްކޫލް
ދިވެހިރާއްޖެ
8 ކުލާސްރޫމް ޢިމާރާތް ތަޅާ ބިންސާފުކުރުމާއި ގުދަނެއް އެޅުމުގެ މަސައްކަތްތައް ކުރުން

އުނގޫފާރު ސްކޫލްގެ ބާ ކުލާސްރޫމް އިމާރާތް ތަޅާ ބިންސާފު ކޮއްދޭނެ ފަރާތެއް ހޯދުން

  1. މިސްކޫލްގައި އަޅަން ހަމަޖެހިފައިވާ 8 ކުލާސް ރޫމް އިމާރާތް އަޅަން ނިންމާފައިވާ ބިމުގައި ހުރި ބާ އިމާރާތް ތަޅާ ބިން ސާފުކޮށް ދިނުމުގެ މަސައްކަތާއި އަލަށް އިމާރާތް ކުރާ ގުދަނުގެ މަސައްކަތައް ބީލަން ހުށައެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް  2026 މެއި 03 ން 2026  މެއި 07 ގެ ނިޔަލަށް   މިއިއުލާނާއެކުގައިވާ "ބިޑް ރަޖިސްޓްރީ ފޯމް"  ފުރިހަމަކޮށް ތިރީގައިވާ މެއިލް އެޑްރެސްއަށް މެއިލް ކުރެއްވުމައް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  4. މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 މެއި 06 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 8 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  5. މިޕްރޮކިއުމަންޓާ ބެހޭގޮތުން ބާއްވާ ޕްރީ ބިޑް އޮންނާނީ 2026 މެއި 010 ވާ އާދިއްތަ ދުވަހުގެ 13:00 ގައިމިސްކޫލުގައެވެ.
  6. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026 މެއި 14 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިސްކޫލުގައެވެ.
  7. މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް، ބިޑް ރަޖިސްޓްރީ ފޯރމް، ސްކޫލް ފުލޯރ ޕުލޭން އަދި ގުދަނުގެ ކުރެހުން މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
  8. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

އުނގޫފާރު ސްކޫލް

ރ.އުނގޫފާރު، ދިވެހިރާއްޖެ.

ފޯން:   6580262

އީ-މެއިލް [email protected]

03 މޭ 2026