ދިވެހިރާއްޖެ
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު އަލިފުށި ގޮފީގައި ހިންގާ ކޯސްތަކާއި، ކުލާސްތަކަށް ކިޔަވައިދެއްވާ ބިދޭސީ މުދައްރިސްގެ ހުރުމާއި އަންނައުނު ދޮވެއިސްތިރިކުރުން އަދި ވަކިން ކެއްކޭނެގޮތް އެއް އިމާރާތެއްގެ ތެރެއިން 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތައް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާން ނަންބަރު (IUL)298/298/2026/16 އާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
ވިމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާރީޚްތަކަށް މައުލޫމާތު ސާފުކުރުމާއި ،އަންދާސީ ހިސާބު ހުށަހެޅުމަށް އެދެމެވެ.
|
މަޢުލޫމާތު ސާފުކުރުން |
2026 އެޕްރީލް 30 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. |
|
ބިޑް ރަޖިސްޓްރީ ކުރުން |
2026 މެއި 07 ވާ ބުރާސްފަތި ދުވަހުގެ 10:30 ގެ ކުރިން ބިޑް ރަޖިސްޓްރީ ކުރުމަށް |
|
އަގު ހުށަހެޅުން |
2026 މެއި 07 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި އަލިފުށި ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައެވެ |
އަންދާސީ ހިސާބު ހުށަހަޅާނީ ފުރިހަމަކޮށްފައިވާ އަގު ހުށަހަޅާ ފޯމުންނެވެ. އަގު ހުށަހަޅާ ފޯމު ރަސްމީ ގަޑީގައި މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެވެ.
މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
10 ޛުލްޤައިދާ 1447
