ކުއްޔަށް ހިފުން
ނަންބަރު: (IUL)298/298/2026/18
ޕަބްލިޝްކުރި ތާރީޚް: 27 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 14:36
ސުންގަޑި: 07 މޭ 2026 11:00
މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު އަލިފުށީ ގޮފީގައި ކުލާސްތައްކަށް ކިޔަވައިދެއްވާ މުދައްރިސްގެ ހުރުމާއި ދޮވެއިސްތިރިކުރުން އަދި ވަކިން ކެއްކޭނެ އިންތިޒާމްތައް އެއް އިމާރާތަކުން ހަމަޖައްސައިދޭނެ ފަރާތެއް ބޭނުންވެއްޖެ

       ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު އަލިފުށި ގޮފީގައި ހިންގާ ކޯސްތަކާއި، ކުލާސްތަކަށް ކިޔަވައިދެއްވާ ބިދޭސީ މުދައްރިސްގެ ހުރުމާއި އަންނައުނު ދޮވެއިސްތިރިކުރުން އަދި ވަކިން ކެއްކޭނެގޮތް އެއް އިމާރާތެއްގެ ތެރެއިން 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތައް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާން ނަންބަރު (IUL)298/298/2026/16 އާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

        ވިމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާރީޚްތަކަށް މައުލޫމާތު ސާފުކުރުމާއި ،އަންދާސީ ހިސާބު ހުށަހެޅުމަށް އެދެމެވެ.

މަޢުލޫމާތު ސާފުކުރުން

2026 އެޕްރީލް 30 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

ބިޑް ރަޖިސްޓްރީ ކުރުން

2026 މެއި 07 ވާ ބުރާސްފަތި ދުވަހުގެ 10:30 ގެ ކުރިން ބިޑް ރަޖިސްޓްރީ ކުރުމަށް

https://forms.office.com/r/TeYy9wHcRw

އަގު ހުށަހެޅުން

2026 މެއި 07 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި އަލިފުށި ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައެވެ

 

    އަންދާސީ ހިސާބު ހުށަހަޅާނީ ފުރިހަމަކޮށްފައިވާ އަގު ހުށަހަޅާ ފޯމުންނެވެ. އަގު ހުށަހަޅާ ފޯމު ރަސްމީ ގަޑީގައި މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެވެ.

        މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

        10 ޛުލްޤައިދާ 1447

27 އޭޕްރިލް 2026