ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
މޮރޮކޯގައި އޮންނަ އިންޓަރނޭޝަނަލް ޤުރްއާން މުބާރާތް 1448/2026

މޮރޮކޯގައި އޮންނަ އިންޓަރނޭޝަނަލް ޤުރްއާން މުބާރާތް 1448/2026

(King Mohammed VI International Prize for Memorization, Recitation and Interpretation of the Holy Quran – 20th Edition)

ގައި ބައިވެރިވުމުގެ ފުރުޞަތު

      2026 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 10ވަނަ ދުވަހު މޮރޮކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރނޭޝަނަލް ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ދަޢުވަތު ރާއްޖެއަށް ވަނީ ލިބިފައެވެ. މިގޮތުން މުބާރާތުގެ 2 ކެޓެގަރީގައި، ކޮންމެ ކެޓެގަރީއަކުން 1 ބައިވެރިއަކު ބައިވެރިކުރުމުގެ ފުރުޞަތު ލިބިފައި ވެއެވެ.

ބައިވެރިވުމުގެ ޢާއްމު ޝަރުޠުތައް:

1-      ހިޖުރީ ގޮތުން އުމުރުން 10 އަހަރާއި 40 އަހަރާއި ދެމެދުގެ ފަރާތަކަށްވުން.

2-      ދިވެހި ރައްޔިތަކަށްވުން.

3-      ކުރީގައި މި މުބާރާތުގައި ބައިވެރިވެ 1ވަނަ ލިބިފައިވާ ފަރާތަކަށް ނުވުން.

         ބައިވެރިވެވޭ ކެޓެގަރީތަކާއި ކެޓެގަރީއަށް ޚާއްޞަ ޝަރުޠު:

1-      މުޅި ޤުރްއާން އެއްކޮށް ތަޖުވީދުގެ ހަމަތަކާއެކު ހިތުން ކިޔެވުމާއެކު ޤުރްއާނުގެ 9ވަނަ ފޮތާއި 10ވަނަ ފޮތުން ކަނޑައެޅޭ އާޔަތްތަކެއްގެ ތަފްސީރުކިޔުމުގެ ބައި: މި ކެޓެގަރީގައި ބައިވެރިވެވޭނީ ރަގަޅަށް ޢަރަބި ބަހުން މުޢާމަލާތުކުރަން އެނގޭ، ޤުރްއާން ޙިފްޡުކޮށް ސަނަދު ޙާޞިލުކޮށްފައިވާ ފަރާތްތަކަށެވެ. އަދި ރަގަޅަށް ތަޖުވީދުގެ ޙުކުމްތަކާއެކު ކިޔަވަން އެނގޭ ފަރާތަކަށް ވާންވާނެއެވެ.

މުބާރާތުގައި ސުވާލު ކުރާނެ ތަފްސީރު ލިންކުތައް

2-      ވިދިވިދިގެން ޤުރްއާނުގެ 5 ޙިޒްބު (2 ފޮތާއި ބައި ފޮތް) ތަޖުވީދުގެ ހަމަތަކާއެކު ތަރުތީލުކޮށް ނުބަލައި ކިޔެވުމުގެ ބައި: މި ކެޓެގަރީއަށް ބައިވެރިޔަކު ހޮވުމުގައި ޤުރްއާން ހިތުދަސް ޙާފިޡުންނަށް އިސްކަން ދެވޭނެއެވެ. އަދި ބައިވެރިވާ ފަރާތަށް ޙިޒްބުތައް ވަކިކުރަން އެނގެންވާނެއެވެ.

 

ބައިވެރިވުމަށް އެދި ހުށަހަޅާއިރު ދެނެގަންނަން މުހިންމު ކަންތައްތައް:

1-     މި މުބާރާތަކީ ދެ ޖިންސަށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ މުބާރާތެކެވެ.

2-     މި މުބާރާތަށް، ކޮންމެ ކެޓަގަރީއަކުން އެއް ބައިވެރިއަކު، ހޮވާނީ މިކަމަށް އެދި ހުށަހަޅާ ފަރާތްތައް މި މަރުކަޒުން އިމްތިޙާނު ކުރުމަށްފަހުގައެވެ.

3-     އުމުރުން 18 އަހަރު ނުވާ ބައިވެރިއެއް، ނުވަތަ އަންހެން ބައިވެރިއެއް ނުވަތަ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތެއް މުބާރާތަށް ދިއުމަށް ހޮވިއްޖެނަމަ އެބައިވެރިޔަކާ އެކުގައި އެއް ބެލެނިވެރިޔަކު ގެންދިޔުމަށް ބޭނުންވާ އިންތިޒާމް މުބާރާތް ބާއްވާ ފަރާތުން ހަމަޖައްސަވައިދެއްވާނެއެވެ.

4-     މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ތިރީގައި މިވާ ލިޔެކިޔުންތަކާއި އެކު 5 މޭ 2026 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ގޫގުލް ފޯމުhttps://forms.gle/De9gv49KDNpjtiqo6 ފުރިހަމަކުރެއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުން:

1-      ވަނަވަރު (ސީވީ)

2-      ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ކުލަ ކޮޕީ

3-      ޙާފިޡު ކަމުގެ ސަނަދު ޙާސިލްކޮށްފައިވާ ފަރާތެއްނަމަ ޙާފިޡު ކަމުގެ ސަނަދުގެ ކުލަ ކޮޕީ

4-      ޕާސްޕޯޓުގެ ސާފު ކުލަ ކޮޕީ

21 އޭޕްރިލް 2026
ހޯދާ