ދިވެހިރާއްޖެ
2026 ވަނަ އަހަރު މެއި/ޖޫންގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އޭ.އެސް/އޭލެވެލް އިމްތިހާނުގެ ސްޓޭޓްމެންޓް އޮފް އެންޓްރީ މި ޑިޕާޓްމަންޓުގެ ކައުންޓަރުން މިހާރު ދޫކުރަމުން ގެންދާ ވާހަކަ ދަންނަވަމެވެ.
ކެންޑިޑޭޓަކު ނަގާފައިވާ މާއްދާއެއް ދޫކުރުމަށް ބޭނުންވާ ނަމަ މިއަދު (2026 އެޕްރީލް 21) މެންދުރު 3:00 ގެ ކުރިން ސަރވިސް ރިކުއެސްޓް ފޯމު ފުރިހަމަ ކުރުމަށްފަހު މި ޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ.
ސްޓޭޓްމެންޓް އޮފް އެންޓްރީ ގެ ނަން، އުފަންތާރީޚު ފަދަ މަޢުލޫމާތުގެ މައްސަލައެއް އުޅޭނަމަ، 2026 އެޕްރީލް 23 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ސަރވިސް ރިކުއެސްޓް ފޯމު ފުރިހަމަ ކުރުމަށްފަހު ކެންޑިޑޭޓުގެ އައި.ޑީ ކާޑާއި ސްޓޭޓްމެންޓް އޮފް އެންޓްރީގެ ކޮޕީއާއެކު މި ޑިޕާޓްމަންޓުގެ ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. ކައުންޓަރު ހުޅުވިފައި ހުންނާނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 0830 އިން 1330 އަށެވެ.
