ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)120-A/120/2026/8
ޕަބްލިޝްކުރި ތާރީޚް: 21 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 09:55
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2026 ވަނަ އަހަރު މެއި/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އޭ.އެސް/އޭލެވެލް އިމްތިޙާނުގައި މިޑިޕާޓްމަންޓްގެ ފަރާތުން ބައިވެރިވި ޕްރައިވެޓް ކެންޑިޑޭޓުންނަށް ސްޓޭޓްމެންޓް އޮފް އެންޓްރީ ދޫކުރުމާ އެމެންޑްމެންޓުގެ މުއްދަތު އިތުރުކުރުން.

2026 ވަނަ އަހަރު މެއި/ޖޫންގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އޭ.އެސް/އޭލެވެލް އިމްތިހާނުގެ ސްޓޭޓްމެންޓް އޮފް އެންޓްރީ މި ޑިޕާޓްމަންޓުގެ ކައުންޓަރުން މިހާރު ދޫކުރަމުން ގެންދާ ވާހަކަ ދަންނަވަމެވެ.

ކެންޑިޑޭޓަކު ނަގާފައިވާ މާއްދާއެއް ދޫކުރުމަށް ބޭނުންވާ ނަމަ މިއަދު (2026 އެޕްރީލް 21) މެންދުރު 3:00 ގެ ކުރިން ސަރވިސް ރިކުއެސްޓް ފޯމު ފުރިހަމަ ކުރުމަށްފަހު މި ޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ.

 ސްޓޭޓްމެންޓް އޮފް އެންޓްރީ ގެ ނަން، އުފަންތާރީޚު ފަދަ މަޢުލޫމާތުގެ މައްސަލައެއް އުޅޭނަމަ، 2026 އެޕްރީލް 23 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ސަރވިސް ރިކުއެސްޓް ފޯމު ފުރިހަމަ ކުރުމަށްފަހު ކެންޑިޑޭޓުގެ އައި.ޑީ ކާޑާއި ސްޓޭޓްމެންޓް އޮފް އެންޓްރީގެ ކޮޕީއާއެކު މި ޑިޕާޓްމަންޓުގެ ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. ކައުންޓަރު ހުޅުވިފައި ހުންނާނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 0830 އިން 1330 އަށެވެ.

21 އޭޕްރިލް 2026