ދިވެހިރާއްޖެ
|
Heydar Aliyev International Education Grant Programme 2026-2027 |
||
|
ޤައުމު: އާޒަރުބައިޖާން |
1 ބެޗުލާސް ޑްގްރީ (އެމް.ބީ.ބީއެސް ހިމެނޭހެން) 1 މާސްޓަރސް ޑިގްރީ 1 ޕީ.އެޗް.ޑީ |
ކޯހުގެ ލެވެލް އަދި ޢަދަދު: |
|
ބެޗްލަރސް ޑިގްރީ 1. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ / އެސް.އެސް.ސީ އިމްތިޙާނުގެ 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް، 2021ގައި ނުވަތަ އޭގެ ފަހުން ހާސިލުކުރައްވާފައިވުން. (އެމް.ބީ.ބީ.އެސްއަށް އެޕްލައި ކުރާ ފަރާތްތެއް ނަމަ މި މާއްދާ ތަކުގެ ތެރޭގައި ކެމިސްޓްރީ، ބައިއޮލޮޖީ، އަދި ފިޒިކްސް ހިމެނެންވާނެއެވެ.) 2. ޖީ.ސީ.އީ އޭ ލެވެލް 03 މާއްދާއިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް، 2023/2024 ގައި ހާސިލުކުރައްވާފައިވުން. 3. ނަންބަރު 1 ގައި ބުނާ 5 މާއްދާގެ ތެރޭގައި އިނގިރޭސި ނުހިމެނޭނަމަ، އިނގިރޭސި ފާހެއް ހާސިލުކުރައްވާފައިވުން. އިނގިރޭސި ފާހެއްކަމުގައި ބަލާނީ ތިރީގައިވާ ފާސްތަކުގެ ތެރެއިން ފާހެކެވެ. ހ.CAE/CPE އިން "ސީ" އިން ފެށިގެން މަތީގްރޭޑެއް. ށ.IELTS އިން އޯވަރރޯލް ސްކޯރ 6.5 އިން ފެށިގެން މަތި. ނ.TOEFL އިން 550 އިން ފެށިގެން މަތި. ރ.ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ އާއި އެއްފެންވަރުގެ އެހެން އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީގްރޭޑް 4. 15 ސެޕްޓެމްބަރ 2026 ގެ ނިޔަލަށް އުމުރުން 35 އަހަރުވެފައި ނުވުން. މާސްޓަރސް ޑިގްރީ
ޕީ.އެޗް.ޑީ
އެދޭ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް:
|
ކޯހުގެ ޝަރުތު: |
|
|
ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި.
|
ހުށަހަޅަންޖެހޭ ތަކެތި: |
|
|
- - މިސްކޮލަރޝިޕަށް އިޢުލާން ކޮށްފައިވާ އެއްވެސް ލެވެލްއަކަށް ކަނޑައެޅިފައިވާ ޢަދަދަށް ކެންޑިޑޭޓުން އެޕްލިކޭޝަން ހުށަހަޅާފައި ނުވާނަމަ، އެޖާގަ ހަމަކުރުމަށް ކެންޑިޑޭޓުން ނޮމިނޭޓް ކުރާނީ ދެން ހުށަހަޅާފައިވާ ލެވެލްތަކުން މެރިޓް އުސޫލުން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކެވެ. - މި ސްކޮލަރޝިޕްގެ ފައިނަލް ސެލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ، ސްކޮލަރޝިޕް ދެއްވާ ފަރާތުންނެވެ. - މި ސްކޮލަރޝިޕްގެ ދަށުން ޓިއުޝަން ފީ، ދެކޮޅު ޓިކެޓް، މަންޓްލީ އެލެވެންސް، މެޑިކަލް އިންޝުއަރެންސް ވިސާ އަދި ރަޖިސްޓްރޭޝަން ފީ ކޯސް އިންތިޒާމް ކުރައްވާ ފަރާތުން ހަމަޖައްސައިދޭނެއެވެ. (ލިބޭ އެލަވަންސްތަކުގެ ތަފްސީލް ވެބްސައިޓްގައި އަޕްލޯޑުކުރެވިފައިވާ ކޯހާއިބެހޭ އިތުރު މަޢުލޫމާތު ޝީޓްގައި ހިމެނިފައިވާނެއެވެ.) - މި ސްކޮލަރޝިޕާ ގުޅޭ އިތުރު މަޢުލޫމާތު މިމިނިސްޓްރީގެ ވެބްސައިޓުންނާއި، ތިރީގައިވާ ލިންކްއިން ލިބެން ހުންނާނެއެވެ. https://studyinazerbaijan.edu.az/heydar-aliyev-international-education-grant-program - ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓުން ލޯނު އެގްރީމެންޓްގައި ސޮއިނުކުރާނަމަ މި ސްކޮލަރޝިޕް ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި ސްކޮލަރޝިޕްއަށް ނޮމިނޭޓްވުމުން ލޯނުގެ ފުރުޞަތު ދޫކޮށްލަންޖެހޭނެއެވެ. - އެހެން ސްކޮލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެއެވެ. - މި ސްކޮލަރޝިޕާއި ގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާ "އެނެކްސް 1" އިން ލިބޭނެއެވެ. |
އިތުރު މަޢުލޫމާތު: |
|
|
30 އޭޕްރިލް 2026 ވާ ބުރާސްފަތި ދުވަހުގެ 13.30 ގެ ކުރިން |
ސުންގަޑި: |
|
|
އެޕްލިކޭޝަން ހުށަހަޅާނީ https://kuri.gov.mv ޕޯޓަލް މެދުވެރިކޮށެވެ. |
||
|
އިތުރު މަޢުލޫމާތު ސާފުކުރުމަށް 1474 ނަންބަރު ފޯނުން ލިބޭނެއެވެ. އީމެއިލް ކުރާނީ [email protected] އަށެވެ. |
||
