ތަމްރީނު
ނަންބަރު: (IUL)22-PS/22/2026/73
ޕަބްލިޝްކުރި ތާރީޚް: 20 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 15:40
ސުންގަޑި: 30 އޭޕްރިލް 2026 13:30
މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
Heydar Aliyev International Education Grant Programme 2026-2027

Heydar Aliyev International Education Grant Programme 2026-2027  

ޤައުމު: އާޒަރުބައިޖާން

1 ބެޗުލާސް ޑްގްރީ (އެމް.ބީ.ބީއެސް ހިމެނޭހެން)

1 މާސްޓަރސް ޑިގްރީ

1 ޕީ.އެޗް.ޑީ

ކޯހުގެ ލެވެލް އަދި ޢަދަދު:

ބެޗްލަރސް ޑިގްރީ

1. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ / އެސް.އެސް.ސީ އިމްތިޙާނުގެ 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް، 2021ގައި ނުވަތަ އޭގެ ފަހުން ހާސިލުކުރައްވާފައިވުން.  (އެމް.ބީ.ބީ.އެސްއަށް އެޕްލައި ކުރާ ފަރާތްތެއް ނަމަ މި މާއްދާ ތަކުގެ ތެރޭގައި ކެމިސްޓްރީ، ބައިއޮލޮޖީ، އަދި ފިޒިކްސް ހިމެނެންވާނެއެވެ.)

2. ޖީ.ސީ.އީ އޭ ލެވެލް 03 މާއްދާއިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް، 2023/2024 ގައި ހާސިލުކުރައްވާފައިވުން.

3. ނަންބަރު 1 ގައި ބުނާ 5 މާއްދާގެ ތެރޭގައި އިނގިރޭސި ނުހިމެނޭނަމަ، އިނގިރޭސި ފާހެއް ހާސިލުކުރައްވާފައިވުން. އިނގިރޭސި ފާހެއްކަމުގައި ބަލާނީ ތިރީގައިވާ ފާސްތަކުގެ ތެރެއިން ފާހެކެވެ. 

ހ.CAE/CPE އިން "ސީ" އިން ފެށިގެން މަތީގްރޭޑެއް.

ށ.IELTS އިން އޯވަރރޯލް ސްކޯރ 6.5 އިން ފެށިގެން މަތި.

ނ.TOEFL އިން 550 އިން ފެށިގެން މަތި.

ރ.ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ އާއި އެއްފެންވަރުގެ އެހެން އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީގްރޭޑް

4. 15 ސެޕްޓެމްބަރ 2026 ގެ ނިޔަލަށް އުމުރުން 35 އަހަރުވެފައި ނުވުން.

މާސްޓަރސް ޑިގްރީ

  1. ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުން.
  2. 2.    TOEFL އިން 570 އިން މަތި ލިބިފައިވުން ނުވަތަ IELTS އިން އޯވަރރޯލް ސްކޯރ މަދުވެގެން 6.0 ލިބިފައިވުން. ނުވަތަ ކޯހާއި ގުޅޭގޮތުން އަޕްލޯޑްކުރެވިފައިވާ ޔުނިވަރސިޓީގެ އިންފޮމޭޝަން ޝީޓްގައި ބަޔާންކޮށްފައިވާ އިނގިރޭސި ރިކުއަރމަންޓް ހަމަވުން. (IELTS/ TOEFLސެޓްފިކެޓް ލިބިފައިނުވާ ފަރާތްތަކުންނާއި، ސެޓްފިކެޓްގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކުން، ކުރިމަތިލާ ކޯހަށް  IELTS/ TOEFLސެޓްފިކެޓް ބޭނުންވާނަމަ، އެކޯހެއް ހިންގާ ޔުނިވަރސިޓީއަށް އީމެއިލްކުރައްވާ އެކަމުގައި އެބޭފުޅުން ދެކިލައްވާ ގޮތެއްސާފުކުރުމަށް ކަމާބެހޭ ފަރާތުން ވަނީ އަންގަފާވައެވެ.
  3. 15 ސެޕްޓެމްބަރ 2026 ގެ ނިޔަލަށް އުމުރުން 40 އަހަރުވެފައި ނުވުން.
  4. އަޕްލޯޑު ކުރެވިފައިވާ ޔުނިވަރސިޓީގެ އިންފޮމޭޝަން ޝީޓްގައި ކޯހާއި ގުޅިގެން އިތުރު ޝަރުތެއްވާނަމަ އެޝަރުތު ފުރިހަމަވެފައިވުން.

ޕީ.އެޗް.ޑީ

  1. ހުށަހަޅާ ކޯހާއި ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުން.
  2. TOEFLއިން 570 އިން މަތި ލިބިފައިވުން ނުވަތަ IELTS އިން އޯވަރރޯލް ސްކޯރ މަދުވެގެން 6.0 ލިބިފައިވުން. ނުވަތަ ކޯހާއި ގުޅޭގޮތުން އަޕްލޯޑްކުރެވިފައިވާ ޔުނިވަރސިޓީގެ އިންފޮމޭޝަން ޝީޓްގައި ބަޔާންކޮށްފައިވާ އިނގިރޭސި ރިކުއަރމަންޓް ހަމަވުން. ( IELTS / TOEFL ސެޓްފިކެޓް ލިބިފައިނުވާ ފަރާތްތަކުންނާއި، ސެޓްފިކެޓްގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކުން، ކުރިމަތިލާ ކޯހަށް  IELTS/ TOEFL ސެޓްފިކެޓް ބޭނުންވާނަމަ، އެކޯހެއް ހިންގާ ޔުނިވަރސިޓީއަށް އީމެއިލްކުރައްވާ  އެކަމުގައި އެބޭފުޅުން ދެކިލައްވާ ގޮތެއް ސާފުކުރެއްވުމަށް ކަމާބެހޭ ފަރާތުން ވަނީ އަންގަފާވައެވެ.)
  3. 15 ސެޕްޓެމްބަރ 2026 ގެ ނިޔަލަށް އުމުރުން 45 އަހަރުވެފައި ނުވުން.
  4. އަޕްލޯޑުކުރެވިފައިވާ ޔުނިވަރސިޓީގެ އިންފޮމޭޝަން ޝީޓްގައި ކޯހާއި ގުޅިގެން އިތުރު ޝަރުތެއްވާނަމަ އެޝަރުތު ފުރިހަމަވެފައިވުން.

އެދޭ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް:

  1. މި މިނިސްޓްރީއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން.
  2. އެދޭ ކޯހަކީ މިހާރު ފުރިހަމަކުރައްވާފައިވާ އެންމެ މަތީ ފާހަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ނުވުން.

ކޯހުގެ ޝަރުތު:

ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި.

  1.  ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ރާއްޖޭން ބޭރުގެ ސެޓްފިކެޓެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން (އެމް.ކިއު.އޭ) އިން ވެލިޑޭޓްކޮށްފައި).
  1. ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް)
  2. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ.
  3. މުއްދަތު ހަމަނުވާ ޕާސްޕޯޓްގެ ޑޭޓާ ޕޭޖްގެ ސާފު ސްކޭން ކޮޕީ.
  4. އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ސީވީ. (އިނގިރޭސި ބަހުން)
  5. ތިންމަސް ހަމަނުވާ މެޑިކަލް ރިޕޯޓް. (އެޗް.އައި.ވީ /އެއިޑްސް، ހެޕެޓައިޓަސް ބީ/ސީ ޓެސްޓް ހިމެނޭހެން)
  6. އިނގިރޭސި ރިކުއަމަންޓާއި ގުޅޭގޮތުން ޔުނިވަރސިޓީގެ ސިޓީ/އީމެއިލް. ( IELTS / TOEFLސެޓްފިކެޓް ހުށަހަޅަންޖެހޭ ފަރާތްތަކުގެ ތެރެއިން މިލިޔުން ނެތް ފަރާތްތަކުން)
  7. މޯޓިވޭޝަން ލެޓަރ
  8. ކޯހާއި ގުޅޭގޮތުން އަޕްލޯޑުކުރެވިފައިވާ ޔުނިވަރސިޓީގެ އިންފޮމޭޝަން ޝީޓް ނުވަތަ ވެބްސަޓުގައި އިތުރު ޝަރުތެއް ވާނަމަ އެޝަރުތު ހަމަވާކަން ސާބިތުކޮށް ދިނުމަށްޓަކައި، އެއާގުޅޭ ލިޔުން.
  9. ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން.
  10. މިހާރު ހާސިލް ކުރައްވާފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލް ކުރެއްވިފަހުން ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް، ރަސްމީ ލިޔުމެއް ނުލިބިއްޖެނަމަ ސަބަބާއި މުއްދަތު އެނގޭނެ، ކެންޑިޑޭޓްގެ ލިޔުމެއް.

ހުށަހަޅަންޖެހޭ ތަކެތި:

-            

-      މިސްކޮލަރޝިޕަށް އިޢުލާން ކޮށްފައިވާ އެއްވެސް ލެވެލްއަކަށް ކަނޑައެޅިފައިވާ ޢަދަދަށް ކެންޑިޑޭޓުން އެޕްލިކޭޝަން ހުށަހަޅާފައި ނުވާނަމަ، އެޖާގަ ހަމަކުރުމަށް ކެންޑިޑޭޓުން ނޮމިނޭޓް ކުރާނީ ދެން ހުށަހަޅާފައިވާ ލެވެލްތަކުން މެރިޓް އުސޫލުން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކެވެ.

-      މި ސްކޮލަރޝިޕްގެ ފައިނަލް ސެލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ، ސްކޮލަރޝިޕް ދެއްވާ ފަރާތުންނެވެ.

-      މި ސްކޮލަރޝިޕްގެ ދަށުން ޓިއުޝަން ފީ، ދެކޮޅު ޓިކެޓް، މަންޓްލީ އެލެވެންސް، މެޑިކަލް އިންޝުއަރެންސް ވިސާ އަދި ރަޖިސްޓްރޭޝަން ފީ ކޯސް އިންތިޒާމް ކުރައްވާ ފަރާތުން ހަމަޖައްސައިދޭނެއެވެ. (ލިބޭ އެލަވަންސްތަކުގެ ތަފްސީލް ވެބްސައިޓްގައި އަޕްލޯޑުކުރެވިފައިވާ ކޯހާއިބެހޭ އިތުރު މަޢުލޫމާތު ޝީޓްގައި ހިމެނިފައިވާނެއެވެ.)

-      މި ސްކޮލަރޝިޕާ ގުޅޭ އިތުރު މަޢުލޫމާތު މިމިނިސްޓްރީގެ ވެބްސައިޓުންނާއި، ތިރީގައިވާ ލިންކްއިން ލިބެން ހުންނާނެއެވެ. https://studyinazerbaijan.edu.az/heydar-aliyev-international-education-grant-program

-   ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓުން ލޯނު އެގްރީމެންޓްގައި ސޮއިނުކުރާނަމަ މި ސްކޮލަރޝިޕް ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި ސްކޮލަރޝިޕްއަށް ނޮމިނޭޓްވުމުން ލޯނުގެ ފުރުޞަތު ދޫކޮށްލަންޖެހޭނެއެވެ.

-   އެހެން ސްކޮލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެއެވެ.

-   މި ސްކޮލަރޝިޕާއި ގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާ "އެނެކްސް 1" އިން ލިބޭނެއެވެ.

 

އިތުރު މަޢުލޫމާތު:

30 އޭޕްރިލް 2026 ވާ ބުރާސްފަތި ދުވަހުގެ 13.30 ގެ ކުރިން

ސުންގަޑި:  

އެޕްލިކޭޝަން ހުށަހަޅާނީ https://kuri.gov.mv  ޕޯޓަލް މެދުވެރިކޮށެވެ.

އިތުރު މަޢުލޫމާތު ސާފުކުރުމަށް 1474 ނަންބަރު ފޯނުން ލިބޭނެއެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.

20 އޭޕްރިލް 2026