އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ އޮފިސަރ - އިންފޮމޭޝަން ޓެކްނޮލޮޖީ

އިޢުލާން ނަންބަރު: ASND-HCM-IUL-2026-12

މަޤާމް: ސީނިއަރ އޮފިސަރ

ވަޒީފާގެ ބާވަތް: ދާއިމީ

ސެކްޝަން: އިންފޮމޭޝަން ޓެކްނޮލޮޖީ

ވަޒީފާ އަދާކުރަންޖެހޭ ތަން: އާސަންދަ ކޮމްޕެނީ ލިމިޓެޑް، މާލެ

މަސައްކަތު ގަޑި: 8:00 އިން 16:00

 

މަޤާމުގެ ޝަރުތު:

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް އޮތުމާއިއެކު މަސައްކަތުގެ ދާއިރާއިން މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  2. މަގާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށް މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. އައި.ޓީ. ސެކްޝަންގެ ދުވަހުން ދުވަހަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ބެލެހެއްޓުން.
  2. ޕްރޮޑަކްޓް ޑޮކިއުމަންޓްތަކާއި، ޔޫޒަރ ފީޑްބެކް، އަދި އެކްސެޕްޓަންސް ކްރައިޓީރިއާ ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް އެހީތެރިވުން.
  3. ޕްރޮޖެކްޓްތައް ރޭވުމާއި، ތާވަލުކުރުމާއި، އަދި މުހިންމު ލަނޑުދަނޑިތައް ހާސިލުވާ މިންވަރު ބެލުމުގައި ޓީމް ލީޑަރުންނަށް އެހީތެރިވުން.
  4. ސްޓޭކްހޯލްޑަރުންނާ މުއާމަލާތްކުރުމުގައި އައި.ޓީ. ސެކްޝަންގެ ފޯކަލް ޕޮއިންޓްގެ ގޮތުގައި މަސައްކަތްކޮށް، ސާފު އަދި އަވަސް މުއާމަލާތްތަކެއް ކުރެވޭކަން ކަށަވަރުކުރުން.
  5. އައި.ޓީ. ސެކްޝަންގެ މުއާމަލާތްތަކާއި، ސަރވިސް ރިކުއެސްޓްތަކާއި، އަދި މައްސަލަތަކުގެ ފުރިހަމަ ރެކޯޑް ބެލެހެއްޓުން.
  6. ކުންފުނީގެ އައި.ޓީ. ސިޔާސަތުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރުމާއި، އަދި ސިއްރު މައުލޫމާތުތަކުގެ ރައްކާތެރިކަން ދެމެހެއްޓުން.
  7. އައި.ޓީ. ސެކްޝަންގެ ހިންގުން ހަރުދަނާކުރުމަށްޓަކައި މަސައްކަތުގެ އުސޫލުތަކަށް ގެންނަންޖެހޭ ބަދަލުތައް ހުށަހަޅައި ތަންފީޒުކުރުން.
  8. އައި.ޓީ. ސެކްޝަންގެ ސްޓްރެޓީޖިކް އަދި އޮޕަރޭޝަނަލް ލަނޑުދަނޑިތައް ހާސިލުކުރުމަށް އެހީތެރިވުމާއި، އަދި ސުޕަވައިޒަރު ހަވާލުކުރާ އިތުރު މަސައްކަތްތައް ކުރުން.

 

އެހެނިހެން ހުނަރު:

  1. މައިކްރޯސޮފްޓް އެޕްލިކޭޝަންތައް ބޭނުންކުރަން އެނގުން.
  2. ދިވެހި ބަހުން ޓައިޕް ކުރަން އެނގުން.
  3. އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.
  4. ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން.

 

މުސާރައާއި އިނާޔަތް:

- -/18،200.00 ރުފިޔާ

- ޚާޒިރީ އެލަވަންސް: މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާ

- ހަމަޖެހިފައިވާ އުސޫލުން ހެލްތް އިންޝުއަރެންސް.

 

ކުރިމަތިލުމުގެ ސުންގަޑި: 19 އޭޕްރިލް 2026 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން.

 

މިމަޤާމަށް ޝަރުތުހަމަވާ ފަރާތްތަކުން އާސަންދަ ކުންފުނީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

 

ހުށަހަޅަންޖެހޭ ތަކެތި: 

  1. ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ. 
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 
  3. ތަޢުލީމީ ސެޓްފިކްޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޮޕީއެކެވެ.) 
  4. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން) 

  

ޚާއްޞަ ސަމާލުކަމަށް: 

  • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަން ބާޠިލް ކުރުމުގެ އިޚްތިޔާރު އާސަންދަ ކުންފުންޔަށް ލިބިގެންވެއެވެ.  
  • މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.  

 

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

12 އޭޕްރިލް 2026
ހޯދާ