ދިވެހިރާއްޖެ
އިޢުލާން ނަންބަރު: ASND-HCM-IUL-2026-12
މަޤާމް: ސީނިއަރ އޮފިސަރ
ވަޒީފާގެ ބާވަތް: ދާއިމީ
ސެކްޝަން: އިންފޮމޭޝަން ޓެކްނޮލޮޖީ
ވަޒީފާ އަދާކުރަންޖެހޭ ތަން: އާސަންދަ ކޮމްޕެނީ ލިމިޓެޑް، މާލެ
މަސައްކަތު ގަޑި: 8:00 އިން 16:00
މަޤާމުގެ ޝަރުތު:
- ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް އޮތުމާއިއެކު މަސައްކަތުގެ ދާއިރާއިން މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
- މަގާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށް މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- އައި.ޓީ. ސެކްޝަންގެ ދުވަހުން ދުވަހަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ބެލެހެއްޓުން.
- ޕްރޮޑަކްޓް ޑޮކިއުމަންޓްތަކާއި، ޔޫޒަރ ފީޑްބެކް، އަދި އެކްސެޕްޓަންސް ކްރައިޓީރިއާ ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް އެހީތެރިވުން.
- ޕްރޮޖެކްޓްތައް ރޭވުމާއި، ތާވަލުކުރުމާއި، އަދި މުހިންމު ލަނޑުދަނޑިތައް ހާސިލުވާ މިންވަރު ބެލުމުގައި ޓީމް ލީޑަރުންނަށް އެހީތެރިވުން.
- ސްޓޭކްހޯލްޑަރުންނާ މުއާމަލާތްކުރުމުގައި އައި.ޓީ. ސެކްޝަންގެ ފޯކަލް ޕޮއިންޓްގެ ގޮތުގައި މަސައްކަތްކޮށް، ސާފު އަދި އަވަސް މުއާމަލާތްތަކެއް ކުރެވޭކަން ކަށަވަރުކުރުން.
- އައި.ޓީ. ސެކްޝަންގެ މުއާމަލާތްތަކާއި، ސަރވިސް ރިކުއެސްޓްތަކާއި، އަދި މައްސަލަތަކުގެ ފުރިހަމަ ރެކޯޑް ބެލެހެއްޓުން.
- ކުންފުނީގެ އައި.ޓީ. ސިޔާސަތުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރުމާއި، އަދި ސިއްރު މައުލޫމާތުތަކުގެ ރައްކާތެރިކަން ދެމެހެއްޓުން.
- އައި.ޓީ. ސެކްޝަންގެ ހިންގުން ހަރުދަނާކުރުމަށްޓަކައި މަސައްކަތުގެ އުސޫލުތަކަށް ގެންނަންޖެހޭ ބަދަލުތައް ހުށަހަޅައި ތަންފީޒުކުރުން.
- އައި.ޓީ. ސެކްޝަންގެ ސްޓްރެޓީޖިކް އަދި އޮޕަރޭޝަނަލް ލަނޑުދަނޑިތައް ހާސިލުކުރުމަށް އެހީތެރިވުމާއި، އަދި ސުޕަވައިޒަރު ހަވާލުކުރާ އިތުރު މަސައްކަތްތައް ކުރުން.
އެހެނިހެން ހުނަރު:
- މައިކްރޯސޮފްޓް އެޕްލިކޭޝަންތައް ބޭނުންކުރަން އެނގުން.
- ދިވެހި ބަހުން ޓައިޕް ކުރަން އެނގުން.
- އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.
- ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން.
މުސާރައާއި އިނާޔަތް:
- -/18،200.00 ރުފިޔާ
- ޚާޒިރީ އެލަވަންސް: މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާ
- ހަމަޖެހިފައިވާ އުސޫލުން ހެލްތް އިންޝުއަރެންސް.
ކުރިމަތިލުމުގެ ސުންގަޑި: 19 އޭޕްރިލް 2026 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން.
މިމަޤާމަށް ޝަރުތުހަމަވާ ފަރާތްތަކުން އާސަންދަ ކުންފުނީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.
- ޖޮބް އެޕްލިކޭޝަން ޕޯޓަލް ލިންކް: https://my.aasandha.mv/jobs/apply
ހުށަހަޅަންޖެހޭ ތަކެތި:
- ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ތަޢުލީމީ ސެޓްފިކްޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޮޕީއެކެވެ.)
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން)
ޚާއްޞަ ސަމާލުކަމަށް:
- ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަން ބާޠިލް ކުރުމުގެ އިޚްތިޔާރު އާސަންދަ ކުންފުންޔަށް ލިބިގެންވެއެވެ.
- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.