ދިވެހިރާއްޖެ
މަޤާމް: އެސިސްޓަންޓް ހިއުމަންރިސޯސް އޮފިސަރ (ގްރޭޑް 1)
ބޭނުންވާ ޢަދަދު: 01 (އެކެއް)
މުސާރަ: -/6,185 ރުފިޔާ
ލިވިންގ އެލަވަންސް: -/3,000 ރުފިޔާ
ރިސްކް އެލަވަންސް: -/1,000 ރުފިޔާ
މަސައްކަތް ކުރަންޖެހޭ ތަން: މާލެ
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
- ވަޒީފާއަށް އަލަށްވަންނަ އަދި ވަޒީފާއިން ވަކިވާ މުވައްޒަފުންގެ ޗިޓް ތައްޔާރުކުމާއި، ހުސްވާ މަޤާމުތަކަށް މުވައްޒަފުން ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އަލަށް އުފައްދާ މަޤާމުތައް އުފެއްދުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުން.
- މިއޮފީހުގެ މުވައްޒިފުންގެ ހާޟިރީގެ މައުލޫމާތު ދުވަހުން ދުވަހަށް ބެލެހެއްޓުން.
- މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުން ތައްޔާރުކުރުމާއި މުވައްޒަފުން ބޭނުންވެގެން ހުށަހަޅާ ލިޔުންތައް ތައްޔާރުކުރުން.
- މަޤާމްތަކަށް ކުރިމަތިލާ މީހުންގެ އެޕްލިކޭޝަންތަށް އެންޓަރ ކުރުމާއި އިންޓަރވިއު ކުރުމުގެ އިންތިޒާމް ހަމަޖެއްސުން.
- މުވައްޒަފުންގެ ރަޖިސްޓްރީ އާއި މަޤާމުތަކުގެ ރަޖިސްޓްރީ ބެލެހެއްޓުން.
- މުވައްޒަފުންގެ ޕަރސަނަލް ފައިލްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
- މުވައްޒަފުންގެ ޗުއްޓީއާގުޅޭ ރެކޯޑުތައް އެޗްއާރު ސިސްޓަމްގެ ތެރެއިން ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން.
- މަޤާމުތަކުގެ އަންނަ އަހަރުގެ އަންދާޒާ ބަޖެޓް ތައްޔާރުކޮށް ފޮނުވަންޖެހޭ މުއްދަތަށް ބަޖެޓް އެންޑް ފައިނޭންސް ސެކްޝަނަށް ފޮނުވުމުގައި އެހީތެރިވުން.
- މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމާގުޅޭގޮތުން ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތް ކުރުމާއި ރިޕޯޓް ތައްޔާރުކުރުން.
- މުވައްޒަފުންނަށް މުސާރަ ދިނުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
- އަހަރު ނިމުމުން އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު އެޑްމިނިސްޓްރޭޓިވް ސެކްޝަނަށް ދިނުން.
- މީގެ އިތުރުންވެސް އޮފީހުގެ މަސައްކަތާއި ގުޅިގެން ޙަވާލުކުރާ އެހެނިހެން މަސައްކަތްކުރުން.
ފެންވަރު ނުވަތަ ޝަރުޠު:
1. ޖީ.ސީ.އީ. އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، އެސް.އެސް.ސީ އިމްތިޙާނުން "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ
2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
އިތުރު އެލަވަންސް: މި މަޤާމަށް ލީގަލް ސަޕޯޓް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 35 އިންސައްތަ އާއި، ޙާޟިރީ އެލަވަންސްގެ ގޮތުގައި އޮފީހަށް ޙާޟިރުވާ ކޮންމެ ދުވަހަކަށް -/120 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 20 އޭޕްރިލް 2026 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3003289 ފޯނާ ގުޅުއްވުން އެދެމެވެ.
ލިންކް: https://online.pgo.mv/applications/jobs
ނޯޓް: 1. މަޢުލޫމާތު ފުރިހަމަނުވާ ފޯމްތަކާއި މަޤާމުގެ ޝަރުޠު ފުރިހަމަނުވާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
2. މި މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 21 އޭޕްރިލް 2026 – 20 މެއި 2026 ވަނަ ދުވަހު މާލޭގައެވެ.
ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:
1- ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުންނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކުރެވިފައިވާ ކޮޕީ) ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
2- މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
3- ވަނަވަރު
4- ދރއ. ކާޑުގެ ކޮޕީ
5- ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުން
24 ޝައްވާލް 1447
12 އޭޕްރިލް 2026
