ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)196-HR/1/2026/50
ޕަބްލިޝްކުރި ތާރީޚް: 12 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 15:08
ސުންގަޑި: 20 އޭޕްރިލް 2026 12:00
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އެސިސްޓަންޓް ހިއުމަންރިސޯސް އޮފިސަރ (ގްރޭޑް 1)

މަޤާމް:                 އެސިސްޓަންޓް ހިއުމަންރިސޯސް އޮފިސަރ (ގްރޭޑް 1)

ބޭނުންވާ ޢަދަދު:             01 (އެކެއް)

މުސާރަ:                   -/6,185 ރުފިޔާ

ލިވިންގ އެލަވަންސް:          -/3,000 ރުފިޔާ

ރިސްކް އެލަވަންސް:           -/1,000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:     މާލެ

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: 

  1. ވަޒީފާއަށް އަލަށްވަންނަ އަދި ވަޒީފާއިން ވަކިވާ މުވައްޒަފުންގެ ޗިޓް ތައްޔާރުކުމާއި، ހުސްވާ މަޤާމުތަކަށް މުވައްޒަފުން ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އަލަށް އުފައްދާ މަޤާމުތައް އުފެއްދުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުން.
  2. މިއޮފީހުގެ މުވައްޒިފުންގެ ހާޟިރީގެ މައުލޫމާތު ދުވަހުން ދުވަހަށް ބެލެހެއްޓުން.
  3. މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުން ތައްޔާރުކުރުމާއި މުވައްޒަފުން ބޭނުންވެގެން ހުށަހަޅާ ލިޔުންތައް ތައްޔާރުކުރުން.
  4. މަޤާމްތަކަށް ކުރިމަތިލާ މީހުންގެ އެޕްލިކޭޝަންތަށް އެންޓަރ ކުރުމާއި އިންޓަރވިއު ކުރުމުގެ އިންތިޒާމް ހަމަޖެއްސުން.
  5. މުވައްޒަފުންގެ ރަޖިސްޓްރީ އާއި މަޤާމުތަކުގެ ރަޖިސްޓްރީ ބެލެހެއްޓުން.
  6. މުވައްޒަފުންގެ ޕަރސަނަލް ފައިލްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  7. މުވައްޒަފުންގެ ޗުއްޓީއާގުޅޭ ރެކޯޑުތައް އެޗްއާރު ސިސްޓަމްގެ ތެރެއިން ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  8. މަޤާމުތަކުގެ އަންނަ އަހަރުގެ އަންދާޒާ ބަޖެޓް ތައްޔާރުކޮށް ފޮނުވަންޖެހޭ މުއްދަތަށް ބަޖެޓް އެންޑް ފައިނޭންސް ސެކްޝަނަށް ފޮނުވުމުގައި އެހީތެރިވުން.
  9. މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމާގުޅޭގޮތުން ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތް ކުރުމާއި ރިޕޯޓް ތައްޔާރުކުރުން. 
  10. މުވައްޒަފުންނަށް މުސާރަ ދިނުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  11. އަހަރު ނިމުމުން އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު އެޑްމިނިސްޓްރޭޓިވް ސެކްޝަނަށް ދިނުން.
  12. މީގެ އިތުރުންވެސް އޮފީހުގެ މަސައްކަތާއި ގުޅިގެން ޙަވާލުކުރާ އެހެނިހެން މަސައްކަތްކުރުން.

 

 

 

 

ފެންވަރު ނުވަތަ ޝަރުޠު:

1. ޖީ.ސީ.އީ. އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، އެސް.އެސް.ސީ އިމްތިޙާނުން "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

އިތުރު އެލަވަންސް: މި މަޤާމަށް ލީގަލް ސަޕޯޓް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 35 އިންސައްތަ އާއި، ޙާޟިރީ އެލަވަންސްގެ ގޮތުގައި އޮފީހަށް ޙާޟިރުވާ ކޮންމެ ދުވަހަކަށް -/120 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ  ލިބޭނެއެވެ.

 

ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން  20 އޭޕްރިލް 2026 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3003289 ފޯނާ ގުޅުއްވުން އެދެމެވެ.

ލިންކް: https://online.pgo.mv/applications/jobs

ނޯޓް: 1. މަޢުލޫމާތު ފުރިހަމަނުވާ ފޯމްތަކާއި މަޤާމުގެ ޝަރުޠު ފުރިހަމަނުވާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

2. މި މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 21 އޭޕްރިލް 2026 – 20 މެއި 2026 ވަނަ ދުވަހު މާލޭގައެވެ.

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

1-       ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުންނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކުރެވިފައިވާ ކޮޕީ) ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

2-       މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

3-       ވަނަވަރު

4-       ދރއ. ކާޑުގެ ކޮޕީ

5-       ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުން

 

24 ޝައްވާލް 1447

12 އޭޕްރިލް 2026

12 އޭޕްރިލް 2026