ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

 

FSM-ADV/2026/048

 

 

 

މުވައްޒަފުން ބޭނުންވެއްޖެ

 

ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

 

މަޤާމް:

މެނޭޖަރ، ސޭލްސް

ޑިޕާޓްމަންޓް/ސެކްސަން:

ސޭލްސް އެންޑް މާކެޓިންގ

ބޭނުންވާ އަދަދު:

01

މަސައްކަތުގެ ބާވަތް:

-          ސޭލްސް ޑިޕާރޓްމަންޓްގެ އެންމެހައި ކަންތައްތައް މޮނިޓަރކުރުމާއި ސޭލްސް ސްޓްރެޓެޖީތައް އެކުލަވާލައި ތަންފީޒުކުރުން

-          ރީޖަނަލް ޑިސްޓްރިބިއުޝަން އޮޕަރޭޝަންތައް ބެލެހެއްޓުން

-          ކަސްޓަމަރުންނަށް ދޭ ހިދުމަތްތައް އޭގެ އެންމެ އެކަށޭނެގޮތެއްގައި ދިނުމުގެ އިންތިޒާމްތައް ހަމަޖެއްސުން

-          ކަސްޓަމަރުންގެ ބިލިންގ ކަންތައްތައް ބަލަހައްޓައި، އޭގެޞައްޙަކަން ޔަޤީންކުރުން

-          ސީ2ސީ ޕްރޮސެސްތައް ބެލެހެއްޓުން

-          ކްރެޑިޓް ކަސްޓަމަރުންގެ ކަންކަން ބެލެހެއްޓުން

-          ބައުޒަރާއި ގުޅުންހުރި ޕީ.އައި.ޑީ ޓްރެކިންގ އަދި ރިޒޮލިއުޝަން ހިމެނޭ ގޮތަށް ރިޕޯޓްތައް މޮނިޓަރކުރުން

-          އޮޑިޓްގެ ހޯދުންތައް ރިވިއުކޮށް، އޮޑިޓްގެ ލަފާތައް ތަންފީޒުކުރުން

-          ސޭލްސް ޑިޕާޓްމަންޓްގެ އޮޓޮމޭޝަން އަދި ޑިޖިޓަލައިޒޭޝަންއާ ގުޅުންހުރި ކަންކަން ކުރުން

-          މުވައްޒަފުންގެ މަސައްކަތްތައް މޮނިޓަރކުރުން

-          ސްޓެޓިސްޓިކްސް ރިޕޯޓް ތައްޔާރުކުރުން

ޝަރުތުތައް:

-          މަސައްކަތާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުން އަދި 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން  

މަހު މުސާރަ:

28,400ރ އާއި 27,400ރ އާއި ދެމެދު

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

އެފް.އެސް.އެމް ހެޑް އޮފީސް

 

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 13  އޭޕްރީލް 2026 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ.

 

އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421/3032536 ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

  08 އޭޕްރިލް 2026

 

08 އޭޕްރިލް 2026
ހޯދާ