ދިވެހިރާއްޖެ
FSM-ADV/2026/048
މުވައްޒަފުން ބޭނުންވެއްޖެ
ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
|
މަޤާމް: |
މެނޭޖަރ، ސޭލްސް |
|
ޑިޕާޓްމަންޓް/ސެކްސަން: |
ސޭލްސް އެންޑް މާކެޓިންގ |
|
ބޭނުންވާ އަދަދު: |
01 |
|
މަސައްކަތުގެ ބާވަތް: |
- ސޭލްސް ޑިޕާރޓްމަންޓްގެ އެންމެހައި ކަންތައްތައް މޮނިޓަރކުރުމާއި ސޭލްސް ސްޓްރެޓެޖީތައް އެކުލަވާލައި ތަންފީޒުކުރުން - ރީޖަނަލް ޑިސްޓްރިބިއުޝަން އޮޕަރޭޝަންތައް ބެލެހެއްޓުން - ކަސްޓަމަރުންނަށް ދޭ ހިދުމަތްތައް އޭގެ އެންމެ އެކަށޭނެގޮތެއްގައި ދިނުމުގެ އިންތިޒާމްތައް ހަމަޖެއްސުން - ކަސްޓަމަރުންގެ ބިލިންގ ކަންތައްތައް ބަލަހައްޓައި، އޭގެޞައްޙަކަން ޔަޤީންކުރުން - ސީ2ސީ ޕްރޮސެސްތައް ބެލެހެއްޓުން - ކްރެޑިޓް ކަސްޓަމަރުންގެ ކަންކަން ބެލެހެއްޓުން - ބައުޒަރާއި ގުޅުންހުރި ޕީ.އައި.ޑީ ޓްރެކިންގ އަދި ރިޒޮލިއުޝަން ހިމެނޭ ގޮތަށް ރިޕޯޓްތައް މޮނިޓަރކުރުން - އޮޑިޓްގެ ހޯދުންތައް ރިވިއުކޮށް، އޮޑިޓްގެ ލަފާތައް ތަންފީޒުކުރުން - ސޭލްސް ޑިޕާޓްމަންޓްގެ އޮޓޮމޭޝަން އަދި ޑިޖިޓަލައިޒޭޝަންއާ ގުޅުންހުރި ކަންކަން ކުރުން - މުވައްޒަފުންގެ މަސައްކަތްތައް މޮނިޓަރކުރުން - ސްޓެޓިސްޓިކްސް ރިޕޯޓް ތައްޔާރުކުރުން |
|
ޝަރުތުތައް: |
- މަސައްކަތާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުން އަދި 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން |
|
މަހު މުސާރަ: |
28,400ރ އާއި 27,400ރ އާއި ދެމެދު |
|
މަސައްކަތަށް ނިކުންނަން ޖެހޭ ތަން: |
އެފް.އެސް.އެމް ހެޑް އޮފީސް |
ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 13 އޭޕްރީލް 2026 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ.
އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421/3032536 ނަންބަރަށް ގުޅުއްވުން އެދެމެވެ.
08 އޭޕްރިލް 2026