ދިވެހިރާއްޖެ
2026 މާރިޗު 23 ވީ ހޯމަ ދުވަހު ބޭއްވުނު ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސް-އޯ މޯލްޑިވްސް)ގެ ހިންގާ ކޮމިޓީގެ 2026 ވަނަ އަހަރުގެ 4 ވަނަ ބައްދަލުވުމުގައި،
އެސް-އޯ މޯލްޑިވްސްގެ 2026 ވަނަ އަހަރުގެ އަހަރީ ޢާއްމު ޖަލްސާ، 2026 އެޕްރީލް 16 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށްވަނީ ނިންމަވާފައެވެ.
ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚް، ތަން އަދި ގަޑި ތިރީގައި އެވަނީ އެވެ.
ތާރީޚް: 16 އެޕްރީލް 2026
ތަން: މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް ( ބޯޅަގެ 3 ވަނަ ފަންގިފިލާ)
ގަޑި: 20:30 އިން 22:00 އަށް
ވީމާ މިޖަލްސާގައި ބައިވެރިވުމަށް އެދޭ އެސް-އޯ މޯލްޑިވްސްގެ މެންބަރުން 2026 އެޕްރީލް 15 ވާ ބުދަދުވަހުގެ 14:00 ގެ ކުރިން
އެސް-އޯ މޯލްޑިވްސް އަހަރީ ޢާންމު ޖަލްސާގައި ބައިވެރިވުމަށް އެދި ރަޖިސްޓްރީ ކުރެއްވުމަށް ދަންނަވަމެވެ.
އެސް-އޯ މޯލްޑިވްސްގެ އަހަރީ ޢާންމު ޖަލްސާގައި ބައިވެރިވުމަށް މި ލިންކު މެދުވެރިކޮށް ރެޖިސްޓްރީ ކުރައްވާ!
މިކަމާ ގުޅިގެން އިތުރު މަޢުލޫމާތެއް ބޭނުންފުޅުވާނަމަ އެސް–އޯ މޯލްޑިވްސްގެ ރަސްމީ ނަންބަރު 7939944 އަށް ގުޅުއްވުން އެދެމެވެ.
19 ޝައްވާލް 1447
