ޢާންމު މަޢުލޫމާތު
ނަންބަރު: SOM/IUL/2026/004
ޕަބްލިޝްކުރި ތާރީޚް: 07 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 12:50
ސުންގަޑި: 16 އޭޕްރިލް 2026 19:00
ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް
ދިވެހިރާއްޖެ
ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ އަހަރީ ޢާއްމު ޖަލްސާ 2026ގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުން

2026 މާރިޗު 23 ވީ ހޯމަ ދުވަހު ބޭއްވުނު ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސް-އޯ މޯލްޑިވްސް)ގެ ހިންގާ ކޮމިޓީގެ 2026 ވަނަ އަހަރުގެ 4 ވަނަ ބައްދަލުވުމުގައި،

އެސް-އޯ މޯލްޑިވްސްގެ 2026 ވަނަ އަހަރުގެ އަހަރީ ޢާއްމު ޖަލްސާ، 2026 އެޕްރީލް 16 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށްވަނީ ނިންމަވާފައެވެ.

ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚް، ތަން އަދި ގަޑި ތިރީގައި އެވަނީ އެވެ.

ތާރީޚް: 16 އެޕްރީލް 2026

ތަން: މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް ( ބޯޅަގެ 3 ވަނަ ފަންގިފިލާ)

ގަޑި: 20:30 އިން 22:00 އަށް

ވީމާ މިޖަލްސާގައި ބައިވެރިވުމަށް އެދޭ އެސް-އޯ މޯލްޑިވްސްގެ މެންބަރުން 2026 އެޕްރީލް 15 ވާ ބުދަދުވަހުގެ 14:00 ގެ ކުރިން 

އެސް-އޯ މޯލްޑިވްސް އަހަރީ ޢާންމު ޖަލްސާގައި ބައިވެރިވުމަށް އެދި ރަޖިސްޓްރީ ކުރެއްވުމަށް ދަންނަވަމެވެ.

އެސް-އޯ މޯލްޑިވްސްގެ އަހަރީ ޢާންމު ޖަލްސާގައި ބައިވެރިވުމަށް މި ލިންކު މެދުވެރިކޮށް ރެޖިސްޓްރީ ކުރައްވާ!

މިކަމާ ގުޅިގެން އިތުރު މަޢުލޫމާތެއް ބޭނުންފުޅުވާނަމަ އެސް–އޯ މޯލްޑިވްސްގެ ރަސްމީ ނަންބަރު 7939944 އަށް ގުޅުއްވުން އެދެމެވެ.

19 ޝައްވާލް 1447 

07 އޭޕްރިލް 2026