ދިވެހިރާއްޖެ
ކެނދިކުޅުދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކެނދި ތާޖު ޤުރްއާން އަދި މަދަހަ މުބާރާތުގެ ބައެއް ކަންކަން އިންތިޒާމްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މިބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކަށެވެ.
- ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު)ގެ ދަށުން، ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓުރީ ކުރެވިފައިވާ ވިޔަފާރިތައް؛
- ޤާނޫނު ނަންބަރު 2011/13 (ޕާޓްނަރޝިޕް ޤާނޫނު)ގެ ދަށުން، ޕާޓްނާޝިޕެއްގެ ގޮތުގައި ރަޖިސްޓުރީ ކުރެވިފައިވާ ވިޔަފާރިތައް؛
- ޤާނޫނު ނަންބަރު 2007/3 (ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނު)ގެ ދަށުން، ކޯޕަރޭޓިވް ސޮސައިޓީއެއްގެ ގޮތުގައި ރަޖިސްޓުރީ ކުރެވިފައިވާ ވިޔަފާރިތައް؛ އަދި
- ޤާނޫނު ނަންބަރު 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު)ގެ ދަށުން، ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓުރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.
ކުރަންޖެހޭ މަސައްކަތްތައް:
1. މުބާރާތް ކުރިއަށް ދާ ހޯލް ޑެކަރޭޓްކުރުމާއި މުބާރާތް ހިންގާ ކޮމިޓީއިން ދޭ މައުލޫމާތާއި އެއްގޮތަށް ކެންވަސްތައް ޑިޒައިންކުރުމާއި ހަރުކުރުން
2. ޤުރްއާން އަދި މަދަހަ މުބާރާތުގެ ސައުންޑްގެ އެންމެހާ އިންތިޒާމްތައް ހަމަޖެއްސުން
3. ޤުރްއާން އަދި މަދަހަ މުބާރާތުގެ ވީޑިއޯ ރިކޯޑިންގ އަދި ލައިވްކުރުމުގެ އެންމެހާ މަސައްކަތްތައް ކުރުން
4. ދެ މުބާރާތަށް ބޭނުންވާ ޑިޖިޓަލް ބޯޑު/ޓީވީ ތައް ހަރުކުރުން
5. ދެ މުބާރާތަށް ބޭނުންވާ ޖަޖު ޕެނަލް، ހުށަހަޅާ ޕޯޑިއަމް އަދި އިދާރީ ޕެނަލް ހެދުމާއި ބެހެއްޓުން
6. ދެ މުބާރާތުގެ ފޮޓޯގްރަފީގެ އެންމެހާ މަސައްކަތްތައް ކުރުން
7. މުބާރާތް އޮންނަ މުއްދަތުގައި ދޭންޖެހޭ އެންމެހާ އައިޓީ ސަޕޯޓް ދިނުން
8. މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގެ އިންތިޒާމްތައް ކުރިއަށް ގެންދިއުން
ބީލަމާއި ބެހޭ މަޢުލޫމާތު
|
ނަން ނޯޓް ކުރުން/ ރަޖިސްޓްރޭޝަން |
ބީލަން ހުށަހަޅަން ބޭނުންފުޅުވާ ފަރާތްތަކުން، 19 މާރިޗް 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރޭޝަން ފޯރމު ފުރިހަމަކޮށް ފޮނުވަންވާނެއެވެ. ރަޖިސްޓްރޭޝަން ލިންކް: https://forms.office.com/r/SrhEC3QWNd މިއިޢުލާނަށް ބީލަން ހުށަހެޅޭނީ، ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. |
||||||
|
މަޢުލޫމާތު ބައްދަލުވުން |
- |
||||||
|
ބީލަން ހުށަހެޅުން |
ބީލަން ހުށަހެޅުން އޮންނާނީ 26 މާރިޗް 2026 ވާ ބުރާސްފަތި ދުވަހު 13:00ގައި ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބީލަމުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކާއި، ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. ބީލަން ހުށަހަޅާ ފަރާތަށް ހުށަހެޅޭނީ 01 (އެކެއް) ޕްރޮޕޯސަލެވެ. އެއް ޕްރޮޕޯސަލަށްވުރެ ގިނަ ޕްރޮޕޯސަލް، އެއް ފަރާތަކުން ހުށަހަޅައިފިނަމަ، އެފަރާތަކުން ހުށަހަޅާ ހުރިހައި ޕްރޮޕޯސަލެއް ބާތިލް ކުރެވޭނެއެވެ. މީގެ ތެރޭގައި އެހެން ފަރާތަކުން ހުށަހަޅާ ޕްރޮޕޯސަލެއްގައި ބައިވެރިވުންވެސް ހިމެނޭނެއެވެ. |
||||||
|
ބީލަމާއެކު ހުށަހަޅަންޖެހޭ ތަކެތި: |
- ފަރުދީ ވިޔަފާރި، ޕާޓްނާރޝިޕް އަދި ކޯޕަރޭޓިވް ސޮސައިޓީތަކުން ސޮއިކުރުމުގެ އިޚްތިޔާރުދީފައިވާ ކަމުގެ ޕަވަރ އޮފް އެޓާރނީ ހުށަހަޅަންވާނެއެވެ. - ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރނޫން އެހެން ފަރާތަކުން ސޮއިކުރިނަމަ ބޯޑު ރިޒޮލިއުޝަން ހުށަހަޅަންވާނެއެވެ.
7. މީގެކުރިން ސަރުކާރުގެ އިދާރާއަކަށް ފޯރުކޮށްދީފައިވާ މިފަދަ ޚިދުމަތެއް ނިންމިކަމުގެ ލިޔުންތައް (ޖަދުވަލު 1 ފުރިހަމަކުރުމަށްފަހު) 8. ބީލަން ހުށަހަޅާ ފަރާތުގެ ޕްރޮފައިލް ޕްރޮފައިލްގައި ހުށަހަޅަންޖެހޭ މައިގަނޑު މައުލޫމާތުތަކީ:- ހ) ކުރިމަތިލާ ފަރާތުގެ މަޢުލޫމާތު ށ) ކުންފުނި، ޕާޓްނަރޝިޕް ނުވަތަ ކޯޕަރޭޓިވްސް ފަދަ ތަނަކުން ހުށަހަޅާނަމަ ބޯޑު މެންބަރުން އަދި މެނޭޖިންގ ޑިރެކްޓަރ / މެނޭޖިން ޕާޓްނާރ ފަދަ އިސްމަގާމުތަކުގައިވާ ފަރާތްތަކުގެ މަޢުލޫމާތު ނ) ބީލަން ހުށަހަޅާ ފަރާތުން ޢާންމުކޮށް ކުރާ ވިޔަފާރި / މަސައްކަތްތައް |
||||||
|
ބީލަން ވަޒަންކުރުން: |
ބީލަން ކާމިޔާބުކުރާ ފަރާތެއް ކަނޑައެޅުމަށްޓަކައި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތާއި އިސްކަންދޭނެ ތަރުތީބު
|
||||||
|
އިތުރު މަޢުލޫމާތު: |
އެކަށީގެންވާ އަދަދަށް ބިޑު ލިބިފައި ނުވާނަމަ އަދި ހުށަހަޅާފައިވާ ބިޑްތަކުގެ އަގާއި މުއްދަތު އެކަށީގެންނުވާނަމަ މި އިޢުލާނު ބާޠިލްކުރުމުގެ އިޚްތިޔާރު ނ. ކެނދިކުޅުދޫ ކައުންސިލަށް ލިބިގެން ވެއެވެ. - ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ - ނ. ކެނދިކުޅުދޫ، ދިވެހިރާއްޖެ، - ފޯން: 6560013 ނުވަތަ 6560674 /6560668 (ރަސްމީ ގަޑީގައި) - އީމެއިލް: [email protected] |
ވީމާ، މިބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 19 މާރިޗް 2026 ވާ ބުރާސްފަތި ދުވަހު 13:00ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވެ، 26 މާރިޗް 2026 ވާ ބުރާސްފަތި ދުވަހު 13:00 ގައި ކެނދިކުޅުދޫ ކައުންސިލަށް ވަޑައިގެން ބީލަން ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.
މިއިޢުލާނާއެކު، ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް އަދި ބީލަން ހުށައަޅާ ފޯމް ގެޒެޓްކުރެވިފައިވާނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.
27 ރަމަޟާން 1447
16 މާރިޗް 2026
