މަސައްކަތް
ނަންބަރު: (IUL)286-CB/286/2026/28
ޕަބްލިޝްކުރި ތާރީޚް: 16 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 16:08
ސުންގަޑި: 26 މާރިޗު 2026 13:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެނދި ތާޖު ޤުރްޢާން އަދި މަދަޙަ މުބާރާތުގެ ބައެއް އިންތިޒާމްތައް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ކެނދިކުޅުދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކެނދި ތާޖު ޤުރްއާން އަދި މަދަހަ މުބާރާތުގެ ބައެއް ކަންކަން އިންތިޒާމްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މިބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކަށެވެ.

 

  • ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު)ގެ ދަށުން، ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓުރީ ކުރެވިފައިވާ ވިޔަފާރިތައް؛
  • ޤާނޫނު ނަންބަރު 2011/13 (ޕާޓްނަރޝިޕް ޤާނޫނު)ގެ ދަށުން، ޕާޓްނާޝިޕެއްގެ ގޮތުގައި ރަޖިސްޓުރީ ކުރެވިފައިވާ ވިޔަފާރިތައް؛
  • ޤާނޫނު ނަންބަރު 2007/3 (ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނު)ގެ ދަށުން، ކޯޕަރޭޓިވް ސޮސައިޓީއެއްގެ ގޮތުގައި ރަޖިސްޓުރީ ކުރެވިފައިވާ ވިޔަފާރިތައް؛ އަދި
  • ޤާނޫނު ނަންބަރު 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު)ގެ ދަށުން، ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓުރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.

 

ކުރަންޖެހޭ މަސައްކަތްތައް:
1. މުބާރާތް ކުރިއަށް ދާ ހޯލް ޑެކަރޭޓްކުރުމާއި މުބާރާތް ހިންގާ ކޮމިޓީއިން ދޭ މައުލޫމާތާއި އެއްގޮތަށް ކެންވަސްތައް ޑިޒައިންކުރުމާއި ހަރުކުރުން

2. ޤުރްއާން އަދި މަދަހަ މުބާރާތުގެ ސައުންޑްގެ އެންމެހާ އިންތިޒާމްތައް ހަމަޖެއްސުން

3. ޤުރްއާން އަދި މަދަހަ މުބާރާތުގެ ވީޑިއޯ ރިކޯޑިންގ އަދި ލައިވްކުރުމުގެ އެންމެހާ މަސައްކަތްތައް ކުރުން

4. ދެ މުބާރާތަށް ބޭނުންވާ ޑިޖިޓަލް ބޯޑު/ޓީވީ ތައް ހަރުކުރުން

5. ދެ މުބާރާތަށް ބޭނުންވާ ޖަޖު ޕެނަލް، ހުށަހަޅާ ޕޯޑިއަމް އަދި އިދާރީ ޕެނަލް ހެދުމާއި ބެހެއްޓުން

6. ދެ މުބާރާތުގެ ފޮޓޯގްރަފީގެ އެންމެހާ މަސައްކަތްތައް ކުރުން

7. މުބާރާތް އޮންނަ މުއްދަތުގައި ދޭންޖެހޭ އެންމެހާ އައިޓީ ސަޕޯޓް ދިނުން

8. މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގެ އިންތިޒާމްތައް ކުރިއަށް ގެންދިއުން

 

ބީލަމާއި ބެހޭ މަޢުލޫމާތު

ނަން ނޯޓް ކުރުން/ ރަޖިސްޓްރޭޝަން

ބީލަން ހުށަހަޅަން ބޭނުންފުޅުވާ ފަރާތްތަކުން، 19 މާރިޗް  2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރޭޝަން ފޯރމު ފުރިހަމަކޮށް ފޮނުވަންވާނެއެވެ.

ރަޖިސްޓްރޭޝަން ލިންކް:  https://forms.office.com/r/SrhEC3QWNd

މިއިޢުލާނަށް ބީލަން ހުށަހެޅޭނީ، ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ.

މަޢުލޫމާތު ބައްދަލުވުން

-

ބީލަން ހުށަހެޅުން

ބީލަން ހުށަހެޅުން އޮންނާނީ  26 މާރިޗް  2026 ވާ ބުރާސްފަތި ދުވަހު 13:00ގައި ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

ބީލަމުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކާއި، ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

ބީލަން ހުށަހަޅާ ފަރާތަށް ހުށަހެޅޭނީ 01 (އެކެއް) ޕްރޮޕޯސަލެވެ. އެއް ޕްރޮޕޯސަލަށްވުރެ ގިނަ ޕްރޮޕޯސަލް، އެއް ފަރާތަކުން ހުށަހަޅައިފިނަމަ، އެފަރާތަކުން ހުށަހަޅާ ހުރިހައި ޕްރޮޕޯސަލެއް ބާތިލް ކުރެވޭނެއެވެ. މީގެ ތެރޭގައި އެހެން ފަރާތަކުން ހުށަހަޅާ ޕްރޮޕޯސަލެއްގައި ބައިވެރިވުންވެސް ހިމެނޭނެއެވެ.

ބީލަމާއެކު ހުށަހަޅަންޖެހޭ ތަކެތި:

  1. އަންދާސީ ހިސާބު ހުށައަޅާ ފޯމް (ޗެކްލިސްޓް ފުރިހަމަ ކުރުމަށްފަހު)
  2. ވިޔަފާރި ރަޖިސްޓްރީ ކޮޕީ (އަމިއްލަ ފަރުދުންގެ ވިޔަފާރިތައް ފިޔަވައި)
  3. ވިޔަފާރި އިންފޮމޭޝަން ޝީޓް (އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލްއިން ޑައުންލޯޑް ކުރުމަށްފަހު)
  4. ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާކަމުގެ ލިޔުން (ރަޖިސްޓްރީކޮށްފައިވާނަމަ)
  5. ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ސެޓްފިކެޓް ކޮޕީ (ޖީ.އެސް.ޓީ ރަޖިސްޓްރީކޮށްފައިވާނަމަ)
  6. ބީލަން ހުށައަޅާ ފަރާތުން ދިނުމަށް ނިންމާފައިވާ ޚިދުމަތްތައް އެނގޭނެހެން ތައްޔާރުކޮށްފައިވާ ޕްރޮޕޯސަލް / ފޯރުކޮށްދޭ ތަކެތީގެ ތަޕްސީލީ ސްޕެސިފިކޭޝަން އަދި ކުލަ އަންގައިދޭ ލިޔުންތައް

- ފަރުދީ ވިޔަފާރި، ޕާޓްނާރޝިޕް އަދި ކޯޕަރޭޓިވް ސޮސައިޓީތަކުން ސޮއިކުރުމުގެ އިޚްތިޔާރުދީފައިވާ ކަމުގެ ޕަވަރ އޮފް އެޓާރނީ ހުށަހަޅަންވާނެއެވެ.

- ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރނޫން އެހެން ފަރާތަކުން ސޮއިކުރިނަމަ ބޯޑު ރިޒޮލިއުޝަން ހުށަހަޅަންވާނެއެވެ.

 

7. މީގެކުރިން ސަރުކާރުގެ އިދާރާއަކަށް ފޯރުކޮށްދީފައިވާ މިފަދަ ޚިދުމަތެއް ނިންމިކަމުގެ ލިޔުންތައް (ޖަދުވަލު 1 ފުރިހަމަކުރުމަށްފަހު)

8. ބީލަން ހުށަހަޅާ ފަރާތުގެ ޕްރޮފައިލް

ޕްރޮފައިލްގައި ހުށަހަޅަންޖެހޭ މައިގަނޑު މައުލޫމާތުތަކީ:-

ހ) ކުރިމަތިލާ ފަރާތުގެ މަޢުލޫމާތު

ށ) ކުންފުނި، ޕާޓްނަރޝިޕް ނުވަތަ ކޯޕަރޭޓިވްސް ފަދަ ތަނަކުން ހުށަހަޅާނަމަ ބޯޑު މެންބަރުން އަދި މެނޭޖިންގ ޑިރެކްޓަރ / މެނޭޖިން ޕާޓްނާރ ފަދަ އިސްމަގާމުތަކުގައިވާ ފަރާތްތަކުގެ މަޢުލޫމާތު

ނ) ބީލަން ހުށަހަޅާ ފަރާތުން ޢާންމުކޮށް ކުރާ ވިޔަފާރި / މަސައްކަތްތައް

ބީލަން ވަޒަންކުރުން:

ބީލަން ކާމިޔާބުކުރާ ފަރާތެއް ކަނޑައެޅުމަށްޓަކައި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތާއި އިސްކަންދޭނެ ތަރުތީބު

 

90%

އަގު

އެންމެ ކުޑައަގެއް ހުށަހަޅާ ފަރާތަށް އަގުގެ ގޮތުން އެންމެ ގިނަ ޕޮއިންޓް ލިބޭގޮތަށް ފްރެކްޝަން އުޞޫލުން؛

އެންމެ ހެޔޮ އަގު / ހުށައެޅި އަގު * 90

10%

ތަޖުރިބާ

މިބަޔަށް ޕޮއިންޓް ދެވޭނީ ވޭތުވެ ދިޔަ 5(ފަހެއް) އަހަރު ދުވަހުގެ ތެރޭގައި ސަރުކުރާގެ އިދާރާއަކަށް ކޮށްދީފައިވާ މިފަދަ (އިވެންޓް ހިންގުމުގެ މަސައްކަތް) ޕްރޮޖެކްތައް ނިންމިކަމުގެ ލިޔުމަށް ބަލައި، މި ބީލަމުގައިވާ މަސައްކަތާއި ގުޅުންހުރި ކޮންމެ މަސައްކަތަކަށް 01 ޕޮއިންޓް އަދި ފަސް  ލިޔުން ނުވަތަ އެޔަށްވުރެ އިތުރަށް ލިޔުން ހުށައަޅާ ފަރާތްތަކަށް މިބަޔަށް ފުލްކޮށް ޕޮއިންޓް ދެވޭނެއެވެ. ޖޫރިމަނާވެފައިވާ ނުވަތަ ޕްރޮޖެކްޓް ނިންމުމުގައި ފަރުވާކުޑަކޮށްފައިވާކަމަށް ފާހަގަކޮށްފައިވާ ލިޔުންތަކަށާއި، އަމިއްލަ ފަރާތްތަކަށް ކޮށްދީފައިވާ މަސައްކަތްތަކުގެ ލިޔުންތަކަށް ޕޮއިންޓެއް ނުދެވޭނެއެވެ. ތަޖުރިބާއަށް ލިޔުން ހުށަނާޅުއްވާ ފަރާތްތަކަށް މިބަޔަށް ޕޮއިންޓްއެއް ނުދެވޭނެއެވެ. އަދި މަސައްކަތުގެ އަގު 20,000 (ވިހި ހާސް) ރުފިޔާއިން ދަށުގެ ޕްރޮޖެކްޓްތަކަށްވެސް ޕޮއިންޓްއެއް ނުދެވޭނެއެވެ.

100%

ޖުމްލަ:

އިތުރު މަޢުލޫމާތު:

އެކަށީގެންވާ އަދަދަށް ބިޑު ލިބިފައި ނުވާނަމަ  އަދި ހުށަހަޅާފައިވާ ބިޑްތަކުގެ އަގާއި މުއްދަތު އެކަށީގެންނުވާނަމަ މި އިޢުލާނު ބާޠިލްކުރުމުގެ އިޚްތިޔާރު ނ. ކެނދިކުޅުދޫ ކައުންސިލަށް ލިބިގެން ވެއެވެ.

-          ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ

-          ނ. ކެނދިކުޅުދޫ، ދިވެހިރާއްޖެ،

-          ފޯން: 6560013 ނުވަތަ 6560674 /6560668 (ރަސްމީ ގަޑީގައި)

-  އީމެއިލް: [email protected]

ވީމާ، މިބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 19 މާރިޗް  2026 ވާ ބުރާސްފަތި ދުވަހު 13:00ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވެ، 26 މާރިޗް  2026 ވާ ބުރާސްފަތި ދުވަހު 13:00 ގައި ކެނދިކުޅުދޫ ކައުންސިލަށް ވަޑައިގެން ބީލަން ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.

މިއިޢުލާނާއެކު، ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް އަދި ބީލަން ހުށައަޅާ ފޯމް ގެޒެޓްކުރެވިފައިވާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.

27   ރަމަޟާން   1447

16     މާރިޗް   2026

16 މާރިޗު 2026