ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގައްދޫގެ ރައްޔިތުންނާއި ބައްދަލުކުރުން

 

                ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު '' ޤާނޫނު ނަންބަރު: 07/2010 ގެ 107 ވަނަ މާއްދާގައިވާ ގޮތުގެ މަތިން'' 2025 ވަނަ އަހަރު ގައްދޫ ކައުންސިލް ހިނގައިދިޔަ ގޮތާއިބެހޭ ގޮތުން ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށް ބާއްވާ ޢާންމު ޖަލްސާ، 26 މާރޗް 2026 ވާ ބުރާސްފަތި ދުވަހުގެ ރޭ 21:00ގައި ގައްދޫ މަރުކަޒުލް އީސާރުގައި އޮންނާނެއެވެ. މި ބައްދަލުވުމުގައި ތިރީގައި މިދަންނަވާ ކަންކަމަށް އަލިއަޅުވާލެވިގެންދާނެއެވެ.

  1. 2025 ވަނަ އަހަރުގެ އަހަރު ރިޕޯޓް، މާލީ ރިޕޯޓް އަދި އޮޑިޓް ރިޕޯޓް ރައްޔިތުންނަށް ހުށަހެޅުން.
  2. 2026 ވަނަ އަހަރުގެ ބަޖެޓާއި، މަސައްކަތު ތާވަލް ޙިއްސާކުރުން.

                ވީމާ، މި ބައްދަލުވުމަށް ގައްދޫގެ ވީހާ ވެސް ގިނަ ރައްޔިތުން ވަޑައިގެން ދެއްވުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.

                މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

08 މާރިޗު 2026
ހޯދާ