ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)419-CAA/419/2026/28
ޕަބްލިޝްކުރި ތާރީޚް: 08 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 12:58
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގައްދޫގެ ރައްޔިތުންނާއި ބައްދަލުކުރުން
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު '' ޤާނޫނު ނަންބަރު: 07/2010 ގެ 107 ވަނަ މާއްދާގައިވާ ގޮތުގެ މަތިން'' 2025 ވަނަ އަހަރު ގައްދޫ ކައުންސިލް ހިނގައިދިޔަ ގޮތާއިބެހޭ ގޮތުން ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށް ބާއްވާ ޢާންމު ޖަލްސާ، 26 މާރޗް 2026 ވާ ބުރާސްފަތި ދުވަހުގެ ރޭ 21:00ގައި ގައްދޫ މަރުކަޒުލް އީސާރުގައި އޮންނާނެއެވެ. މި ބައްދަލުވުމުގައި ތިރީގައި މިދަންނަވާ ކަންކަމަށް އަލިއަޅުވާލެވިގެންދާނެއެވެ.
- 2025 ވަނަ އަހަރުގެ އަހަރު ރިޕޯޓް، މާލީ ރިޕޯޓް އަދި އޮޑިޓް ރިޕޯޓް ރައްޔިތުންނަށް ހުށަހެޅުން.
- 2026 ވަނަ އަހަރުގެ ބަޖެޓާއި، މަސައްކަތު ތާވަލް ޙިއްސާކުރުން.
ވީމާ، މި ބައްދަލުވުމަށް ގައްދޫގެ ވީހާ ވެސް ގިނަ ރައްޔިތުން ވަޑައިގެން ދެއްވުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.
08 މާރިޗު 2026