ދިވެހިރާއްޖެ
"އަނގޮޅިތީމު" އެވޯޑަކީ ތަފާތު ދާއިރާތަކުން ރ. އަނގޮޅިތީމަށް ދިގުމުއްދަތަކަށް ފާހަގަކުރެވޭފަދަ ޝަރަފްވެރި ޚިދުމަތްތައް ކޮށްދީފައިވާ ފަރާތްތަކާއި، މިނޫންވެސް ރަށަށް އަގުހުރި، ފާހަގަކޮށްލެވޭފަދަ ޚިދުމަތްތައް ތަފާތު އެކި ދާއިރާތަކުން ކޮށްދީފައިވާ ފަރާތްތަކާއި، ރަށަށް ފަޚްރުވެރި ވަނަތައް ހޯދާދީފައިވާ ފަރާތްތަކާއި، އެންމެ ހިންގުންތެރި ކްލަބް ޖަމިއްޔާ ޖަމާޢަތްތަށް ފާހަގަކޮށް އެފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ރ. އަނގޮޅިތީމު ކައުންސިލުގެ ފަރާތުން އެރުވޭ އެވޯޑެކެވެ. އެހެންކަމުން، ތިރީގައިވާ ދާއިރާތަކުން އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ރ. އަނގޮޅިތީމު އެންމެހާ ރައްޔިތުންނަށް އާއްމުކޮށް ހުޅުވާލަމެވެ. މި އެވޯޑަށް އަމިއްލަފުޅަށް އަދި އެހެންފަރާތެއް ނޮމިނޭޓް ކޮށްގެންވެސް ކުރިމަތިލެވޭނެއެވެ. އެވޯޑްދެވޭ ދާއިރާތައް މި ޢިއުލާނާއެކު އާންމުކުރެވިފައިވާ "އަނގޮޅިތީމު އެވޯޑް ދިނުމުގެ ސިޔާސަތު 2026" ހިމެނިފައިވާނެއެވެ.
މި އެވޯޑަށް ކުރިމަތިލުމަށް ތިރީގައިވާ ލިންކު ބޭނުންކުރެއްވުން އެދެމެވެ.
|
|
އެވޯޑް ދާއިރާ |
އެވޯޑް ނަން |
އަނގޮޅިތީމު އެވޯޑް ދާއިރާތަކުގެ ލިންކް |
|
|
ޝަރަފްވެރިކަމުގެ އެވޯޑް |
ފުރަސިތުރަ ފިލާ |
|||
|
ހިތްވަރުދިނުމުގެ އެވޯޑް |
އެކަތަ އެވޯޑް |
|||
|
ކައުންސިލުންދޭ ޚާއްސަ އެވޯޑް |
ހިރިހަމައިދި ފިލާ |
- |
||
|
މަތީ ދަރަޖަ ހޯދާފަރާތްތަކަށް ކައުންސިލުންދޭ ޚާއްޞަ އެވޯޑް |
އަސަންނަވަރަންނަ ފިލާ |
|||
|
ޚިދުމަތުގެ އެވޯޑް |
ވިނަވި އެވޯޑު |
|||
|
ޙާފިޡުންގެ އެވޯޑް |
މުގުރިކަމުގެ ޝަރަފުވެރި ފިލާ |
|||
މި އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 2026 މާރޗު 30 ވާ ހޯމަ ދުވަހުގެ 14:00 އެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
