ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)301/301/2026/22
ޕަބްލިޝްކުރި ތާރީޚް: 08 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 12:24
ސުންގަޑި: 30 މާރިޗު 2026 14:00
މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"އަނގޮޅިތީމު" އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

          "އަނގޮޅިތީމު" އެވޯޑަކީ ތަފާތު ދާއިރާތަކުން ރ. އަނގޮޅިތީމަށް ދިގުމުއްދަތަކަށް ފާހަގަކުރެވޭފަދަ ޝަރަފްވެރި ޚިދުމަތްތައް ކޮށްދީފައިވާ ފަރާތްތަކާއި، މިނޫންވެސް ރަށަށް އަގުހުރި، ފާހަގަކޮށްލެވޭފަދަ ޚިދުމަތްތައް ތަފާތު އެކި ދާއިރާތަކުން ކޮށްދީފައިވާ ފަރާތްތަކާއި، ރަށަށް ފަޚްރުވެރި ވަނަތައް ހޯދާދީފައިވާ ފަރާތްތަކާއި، އެންމެ ހިންގުންތެރި ކްލަބް ޖަމިއްޔާ ޖަމާޢަތްތަށް ފާހަގަކޮށް އެފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ރ. އަނގޮޅިތީމު ކައުންސިލުގެ ފަރާތުން އެރުވޭ އެވޯޑެކެވެ. އެހެންކަމުން، ތިރީގައިވާ ދާއިރާތަކުން އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ރ. އަނގޮޅިތީމު އެންމެހާ ރައްޔިތުންނަށް އާއްމުކޮށް ހުޅުވާލަމެވެ. މި އެވޯޑަށް އަމިއްލަފުޅަށް އަދި އެހެންފަރާތެއް ނޮމިނޭޓް ކޮށްގެންވެސް ކުރިމަތިލެވޭނެއެވެ. އެވޯޑްދެވޭ ދާއިރާތައް މި ޢިއުލާނާއެކު އާންމުކުރެވިފައިވާ "އަނގޮޅިތީމު އެވޯޑް ދިނުމުގެ ސިޔާސަތު 2026" ހިމެނިފައިވާނެއެވެ.

       މި އެވޯޑަށް ކުރިމަތިލުމަށް ތިރީގައިވާ ލިންކު ބޭނުންކުރެއްވުން އެދެމެވެ.  

 

އެވޯޑް  ދާއިރާ

އެވޯޑް  ނަން

އަނގޮޅިތީމު އެވޯޑް ދާއިރާތަކުގެ ލިންކް

ޝަރަފްވެރިކަމުގެ އެވޯޑް

ފުރަސިތުރަ ފިލާ

https://forms.gle/gdocUojHoYAHsiEX6

ހިތްވަރުދިނުމުގެ އެވޯޑް

އެކަތަ އެވޯޑް

https://forms.gle/s9hun9fotJAGAT6LA

ކައުންސިލުންދޭ ޚާއްސަ އެވޯޑް

ހިރިހަމައިދި ފިލާ

-

މަތީ ދަރަޖަ ހޯދާފަރާތްތަކަށް ކައުންސިލުންދޭ ޚާއްޞަ އެވޯޑް

އަސަންނަވަރަންނަ ފިލާ

https://forms.gle/1u2PtkAMq4prrNeB7

ޚިދުމަތުގެ އެވޯޑް

ވިނަވި އެވޯޑު

https://forms.gle/AWwD9fgJUjv2dKKV7

ޙާފިޡުންގެ އެވޯޑް

މުގުރިކަމުގެ ޝަރަފުވެރި ފިލާ

https://forms.gle/cN4dvrKPPx8tu9W48

މި އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 2026 މާރޗު 30 ވާ ހޯމަ ދުވަހުގެ 14:00 އެވެ.

ވީމާ، މިކަން  އާއްމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ.              

08 މާރިޗު 2026