ދިވެހިރާއްޖެ
ކެނދިކުޅުދޫ ކައުންސިލްއަށް ބޭނުންވާ 6 ޕެނަލްގެ 08 (އަށެއް) ސްޓޭޑިއަމް ލެޑް ލައިޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިބީލަމުގެ ދަށުން ސަޕްލައިކުރާތަކެތި ވާންވާނީ ބުރޭންޑް ނިއު އަދި ޖެނިއުން ތަކެއްޗަށެވެ. މި މިންގަނޑަށް ނުފެތޭ އެއްވެސް އެއްޗެއް މިއިދާރާއަށް ބަލައި ނުގަންނާނެވާހަކަ ދަންނަވަމެވެ. އަދި އެފަދަ އެއްޗަކަށް އެއްވެސް ބަދަލެއް އަދި އަގެއްވެސް ނުދެވޭނެއެވެ.
މިއިޢުލާނަށް ބީލަން ހުށަހެޅޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
ސްޕެސިފިކޭޝަން:
|
Name (Description) |
Six Panel Stadium Led Light |
|
No. of Units |
8 Nos |
|
Watt |
1200W |
|
No of Panels per Light |
06 Panels per Light |
|
Color Temperature |
600K-6500k |
|
Size |
820*480*120mm |
|
Housing material |
Die Cast Aluminum |
|
Lamp Surface Material |
PC, Impact-Resistance |
|
Rating |
IP65 weatherproof Protection |
|
Lumens |
180,000Lm |
|
Housing Material |
Die Cast Aluminum, Alloy Cast Steel Frame, Corrosion Resistant |
|
Light Up Time (Seconds) |
0-100% in 0 seconds |
|
Lifespan |
50,000 Hours |
|
ނަން ނޯޓް ކުރުން/ ރަޖިސްޓްރޭޝަން |
ބީލަން ހުށަހަޅަން ބޭނުންފުޅުވާ ފަރާތްތަކުން، 08 މާރިޗް 2026 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރޭޝަން ފޯރމު ފުރިހަމަކޮށް ފޮނުވަންވާނެއެވެ. ރަޖިސްޓްރޭޝަން ލިންކް: https://forms.office.com/r/CyMAwR23LZ މިއިޢުލާނަށް ބީލަން ހުށަހެޅޭނީ، ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. |
||||||
|
މަޢުލޫމާތު ބައްދަލުވުން |
- |
||||||
|
ބީލަން ހުށަހެޅުން |
ބީލަން ހުށަހެޅުން އޮންނާނީ 15 މާރިޗް 2026 ވާ އާދިއްތަ ދުވަހު 13:00ގައި ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބީލަމުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކާއި، ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. ބީލަން ހުށަހަޅާ ފަރާތަށް ހުށަހެޅޭނީ 01 (އެކެއް) ޕްރޮޕޯސަލެވެ. އެއް ޕްރޮޕޯސަލަށްވުރެ ގިނަ ޕްރޮޕޯސަލް، އެއް ފަރާތަކުން ހުށަހަޅައިފިނަމަ، އެފަރާތަކުން ހުށަހަޅާ ހުރިހައި ޕްރޮޕޯސަލެއް ބާތިލް ކުރެވޭނެއެވެ. މީގެ ތެރޭގައި އެހެން ފަރާތަކުން ހުށަހަޅާ ޕްރޮޕޯސަލެއްގައި ބައިވެރިވުންވެސް ހިމެނޭނެއެވެ. |
||||||
|
ބީލަމާއެކު ހުށަހަޅަންޖެހޭ ތަކެތި: |
- ފަރުދީ ވިޔަފާރި، ޕާޓްނާރޝިޕް އަދި ކޯޕަރޭޓިވް ސޮސައިޓީތަކުން ސޮއިކުރުމުގެ އިޚްތިޔާރުދީފައިވާ ކަމުގެ ޕަވަރ އޮފް އެޓާރނީ ހުށަހަޅަންވާނެއެވެ. - ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރނޫން އެހެން ފަރާތަކުން ސޮއިކުރިނަމަ ބޯޑު ރިޒޮލިއުޝަން ހުށަހަޅަންވާނެއެވެ.
ޕްރޮފައިލްގައި ހުށަހަޅަންޖެހޭ މައިގަނޑު މައުލޫމާތުތަކީ:- ހ) ކުރިމަތިލާ ފަރާތުގެ މަޢުލޫމާތު ށ) ކުންފުނި، ޕާޓްނަރޝިޕް ނުވަތަ ކޯޕަރޭޓިވްސް ފަދަ ތަނަކުން ހުށަހަޅާނަމަ ބޯޑު މެންބަރުން އަދި މެނޭޖިންގ ޑިރެކްޓަރ / މެނޭޖިން ޕާޓްނާރ ފަދަ އިސްމަގާމުތަކުގައިވާ ފަރާތްތަކުގެ މަޢުލޫމާތު ނ) ބީލަން ހުށަހަޅާ ފަރާތުން ޢާންމުކޮށް ކުރާ ވިޔަފާރި / މަސައްކަތްތައް |
||||||
|
ބީލަން ވަޒަންކުރުން: |
ބީލަން ކާމިޔާބުކުރާ ފަރާތެއް ކަނޑައެޅުމަށްޓަކައި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތާއި އިސްކަންދޭނެ ތަރުތީބު
|
||||||
|
އިތުރު މަޢުލޫމާތު: |
އެކަށީގެންވާ އަދަދަށް ބިޑު ލިބިފައި ނުވާނަމަ އަދި ހުށަހަޅާފައިވާ ބިޑްތަކުގެ އަގާއި މުއްދަތު އެކަށީގެންނުވާނަމަ މި އިޢުލާނު ބާޠިލްކުރުމުގެ އިޚްތިޔާރު ނ. ކެނދިކުޅުދޫ ކައުންސިލަށް ލިބިގެން ވެއެވެ. - ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ - ނ. ކެނދިކުޅުދޫ، ދިވެހިރާއްޖެ، - ފޯން: 6560013 ނުވަތަ 6563928 (ރަސްމީ ގަޑީގައި) - އީމެއިލް: [email protected] |
މިތަކެތި ސަޕްލައިކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 08 މާރިޗް 2026 ވާ އާދީއްތަ ދުވަހު 13:00ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވެ، 15 މާރިޗް 2026 ވާ އާދީއްތަ ދުވަހު 13:00 ގައި ކެނދިކުޅުދޫ ކައުންސިލަށް ވަޑައިގެން ބީލަން ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.
15 ރަމަޟާން 1447
04 މާރިޗް 2026
