ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)286-FNC/286/2026/24
ޕަބްލިޝްކުރި ތާރީޚް: 04 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 16:18
ސުންގަޑި: 15 މާރިޗު 2026 13:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސްޓޭޑިއަމް ލެޑް ލައިޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

 

ކެނދިކުޅުދޫ ކައުންސިލްއަށް ބޭނުންވާ 6 ޕެނަލްގެ 08 (އަށެއް) ސްޓޭޑިއަމް ލެޑް ލައިޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިބީލަމުގެ ދަށުން ސަޕްލައިކުރާތަކެތި ވާންވާނީ ބުރޭންޑް ނިއު އަދި ޖެނިއުން ތަކެއްޗަށެވެ. މި މިންގަނޑަށް ނުފެތޭ އެއްވެސް އެއްޗެއް މިއިދާރާއަށް ބަލައި ނުގަންނާނެވާހަކަ ދަންނަވަމެވެ. އަދި އެފަދަ އެއްޗަކަށް އެއްވެސް ބަދަލެއް އަދި އަގެއްވެސް ނުދެވޭނެއެވެ.

މިއިޢުލާނަށް ބީލަން ހުށަހެޅޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

ސްޕެސިފިކޭޝަން:

Name (Description)

Six Panel Stadium Led Light

No. of Units

8 Nos

Watt

1200W

No of Panels per Light

06 Panels per Light

Color Temperature

600K-6500k

Size

820*480*120mm

Housing material

Die Cast Aluminum

Lamp Surface Material

PC, Impact-Resistance

Rating

IP65 weatherproof Protection

Lumens

180,000Lm

Housing Material

Die Cast Aluminum, Alloy Cast Steel Frame, Corrosion Resistant

Light Up Time (Seconds)

0-100% in 0 seconds

Lifespan

50,000 Hours

 

ނަން ނޯޓް ކުރުން/ ރަޖިސްޓްރޭޝަން

ބީލަން ހުށަހަޅަން ބޭނުންފުޅުވާ ފަރާތްތަކުން، 08 މާރިޗް  2026 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރޭޝަން ފޯރމު ފުރިހަމަކޮށް ފޮނުވަންވާނެއެވެ.

ރަޖިސްޓްރޭޝަން ލިންކް:  https://forms.office.com/r/CyMAwR23LZ

މިއިޢުލާނަށް ބީލަން ހުށަހެޅޭނީ، ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ.

މަޢުލޫމާތު ބައްދަލުވުން

-

ބީލަން ހުށަހެޅުން

ބީލަން ހުށަހެޅުން އޮންނާނީ  15 މާރިޗް  2026 ވާ އާދިއްތަ ދުވަހު 13:00ގައި ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

ބީލަމުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކާއި، ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

ބީލަން ހުށަހަޅާ ފަރާތަށް ހުށަހެޅޭނީ 01 (އެކެއް) ޕްރޮޕޯސަލެވެ. އެއް ޕްރޮޕޯސަލަށްވުރެ ގިނަ ޕްރޮޕޯސަލް، އެއް ފަރާތަކުން ހުށަހަޅައިފިނަމަ، އެފަރާތަކުން ހުށަހަޅާ ހުރިހައި ޕްރޮޕޯސަލެއް ބާތިލް ކުރެވޭނެއެވެ. މީގެ ތެރޭގައި އެހެން ފަރާތަކުން ހުށަހަޅާ ޕްރޮޕޯސަލެއްގައި ބައިވެރިވުންވެސް ހިމެނޭނެއެވެ.

ބީލަމާއެކު ހުށަހަޅަންޖެހޭ ތަކެތި:

  1. އަންދާސީ ހިސާބު ހުށައަޅާ ފޯމް (ޗެކްލިސްޓް ފުރިހަމަ ކުރުމަށްފަހު)
  2. ވިޔަފާރި ރަޖިސްޓްރީ ކޮޕީ (އަމިއްލަ ފަރުދުންގެ ވިޔަފާރިތައް ފިޔަވައި)
  3. ވިޔަފާރި އިންފޮމޭޝަން ޝީޓް (އިކަނަމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލްއިން ޑައުންލޯޑް ކުުުރުމަށްފަހު)
  4. ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާކަމުގެ ލިޔުން (ރަޖިސްޓްރީކޮށްފައިވާނަމަ)
  5. ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ސެޓްފިކެޓް ކޮޕީ (ޖީ.އެސް.ޓީ ރަޖިސްޓްރީކޮށްފައިވާނަމަ)
  6. ސަޕްލައިކުރުމަށް ހުށައަޅާ ތަކެތީގެ ސްޕެސިފިކޭޝަންސްއާއި ކުލަ ފޮޓޯ (މިންތައް އެނގޭނެހެން)
  7. މީގެކުރިން ސަރުކާރުގެ އިދާރާއަކަށް ފޯރުކޮށްދީފައިވާ މިފަދަ ޚިދުމަތެއް ނިންމިކަމުގެ ލިޔުންތައް (ޖަދުވަލު 1 ފުރިހަމަކުރުމަށްފަހު)

- ފަރުދީ ވިޔަފާރި، ޕާޓްނާރޝިޕް އަދި ކޯޕަރޭޓިވް ސޮސައިޓީތަކުން ސޮއިކުރުމުގެ އިޚްތިޔާރުދީފައިވާ ކަމުގެ ޕަވަރ އޮފް އެޓާރނީ ހުށަހަޅަންވާނެއެވެ.

- ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރނޫން އެހެން ފަރާތަކުން ސޮއިކުރިނަމަ ބޯޑު ރިޒޮލިއުޝަން ހުށަހަޅަންވާނެއެވެ.

  1. ބީލަން ހުށަހަޅާ ފަރާތުގެ ޕްރޮފައިލް

ޕްރޮފައިލްގައި ހުށަހަޅަންޖެހޭ މައިގަނޑު މައުލޫމާތުތަކީ:-

ހ) ކުރިމަތިލާ ފަރާތުގެ މަޢުލޫމާތު

ށ) ކުންފުނި، ޕާޓްނަރޝިޕް ނުވަތަ ކޯޕަރޭޓިވްސް ފަދަ ތަނަކުން ހުށަހަޅާނަމަ ބޯޑު މެންބަރުން އަދި މެނޭޖިންގ ޑިރެކްޓަރ / މެނޭޖިން ޕާޓްނާރ ފަދަ އިސްމަގާމުތަކުގައިވާ ފަރާތްތަކުގެ މަޢުލޫމާތު

ނ) ބީލަން ހުށަހަޅާ ފަރާތުން ޢާންމުކޮށް ކުރާ ވިޔަފާރި / މަސައްކަތްތައް

ބީލަން ވަޒަންކުރުން:

ބީލަން ކާމިޔާބުކުރާ ފަރާތެއް ކަނޑައެޅުމަށްޓަކައި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތާއި އިސްކަންދޭނެ ތަރުތީބު

 

80%

އަގު

ހުށަހަޅާފައިވާ ބީލަންތަކަށް ބަލައި، ތަކެތި އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަށް އެންމެ ގިނަ ޕޮއިންޓް ދީ ބެންޗުމާކުގެ ގޮތުގައި ބަލައިގެން އެހެން ބީލަންތަކަށް ޕޮއިންޓް ދެވޭނެއެވެ.

20%

މުއްދަތު

މުއްދަތަށް މާކްސް ދިނުމުގައި ބަލާނީ އެންމެ ކުރުމުއްދަތުގެ ތެރޭގައި ކައުންސިލުން ބުނާ ގުދަނަކަށް ގެނެސް އެތަކެތި ފޯރުކޮށްދޭނެ މުއްދަތަށެވެ. އެގޮތުން އެންމެ ކުރު މުއްދަތު ހުށަހަޅާ ފަރާތަށް އެންމެ ގިނަ ޕޮއިންޓް ދީ ބެންޗުމާކުގެ ގޮތުގައި ބަލައިގެން އެހެން ބީލަންތަކަށް ޕޮއިންޓް ދެވޭނެއެވެ.

100%

ޖުމްލަ:

އިތުރު މަޢުލޫމާތު:

އެކަށީގެންވާ އަދަދަށް ބިޑު ލިބިފައި ނުވާނަމަ  އަދި ހުށަހަޅާފައިވާ ބިޑްތަކުގެ އަގާއި މުއްދަތު އެކަށީގެންނުވާނަމަ މި އިޢުލާނު ބާޠިލްކުރުމުގެ އިޚްތިޔާރު ނ. ކެނދިކުޅުދޫ ކައުންސިލަށް ލިބިގެން ވެއެވެ.

-          ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ

-          ނ. ކެނދިކުޅުދޫ، ދިވެހިރާއްޖެ،

-          ފޯން: 6560013 ނުވަތަ 6563928 (ރަސްމީ ގަޑީގައި)

-  އީމެއިލް: [email protected]

މިތަކެތި ސަޕްލައިކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 08 މާރިޗް  2026 ވާ އާދީއްތަ ދުވަހު 13:00ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވެ، 15 މާރިޗް  2026 ވާ އާދީއްތަ ދުވަހު 13:00 ގައި ކެނދިކުޅުދޫ ކައުންސިލަށް ވަޑައިގެން ބީލަން ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.

15   ރަމަޟާން   1447

04     މާރިޗް   2026

04 މާރިޗު 2026