އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ އޮފިސަރ - ބިޒްނަސް ޑިވެލޮޕްމަންޓް

އިޢުލާން ނަންބަރު: ASND-HCM-IUL-2026-08

މަޤާމް: ސީނިއަރ އޮފިސަރ

ވަޒީފާގެ ބާވަތް: ދާއިމީ

ސެކްޝަން: ބިޒްނަސް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ތަން: އާސަންދަ ކޮމްޕެނީ ލިމިޓެޑް / މާލެ

މަސައްކަތުގެ ގަޑި: 8:00 އިން 16:00

 

މަޤާމުގެ ޝަރުތު:

  1. ބިޒްނަސް މެނޭޖްމަންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަސައްކަތުގެ ދާއިރާއިން (ބިޒްނަސް ޑިވެލޮޕްމަންޓް، ސްޓްރެޓެޖިކް ޕްލޭނިންގ، ފައިނޭންޝަލް އެނަލިސިސް ނުވަތަ ކޯޕަރޭޓް ޕްލޭނިންގ)، 2 އަހަރުދުވަހުގެ އަމަލީ ތަޖުރިބާ ލިބިފައިވުން. 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ކުންފުނީގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނާއި އެއާ ގުޅުންހުރި މަސައްކަތްތައް އެކުލަވައިލުމާއި، މުރާޖަޢާކުރުމާއި، އަދި ތަންފީޒުކުރުމުގައި އެހީތެރިވުން.
  2. ކުންފުނީގެ ޕޮލިސީ ތަކާއި، ފްރޭމްވޯކް އަދި ޕްރޮސީޖަރަލް ޑޮކިއުމެންޓްސް، ޑްރާފްޓްކުރުމާއި، ރިވިއު ކުރުމާއި، އަދި އަޕްޑޭޓް ކުރުމަށް އެހީތެރިވުން.
  3. މެނޭޖްމަންޓުން ނިންމާ ނިންމުންތަކަށް ބޭނުންވާ ކޭ.ޕީ.އައި، ޕާފޯމަންސް ޑޭޝްބޯޑް، އަދި އެނަލިޓިކަލް ރިޕޯޓުތައް ތައްޔާރުކުރުމާއި މޮނިޓަރކުރުން.
  4. ކުންފުނީގެ މެންޑޭޓްތަކާއި، އެސް.އޯ.ޕީ ތަކާއި، އަދި ހިންގުމުގެ ހަރަކާތްތައް ހުރީ ފާސްކޮށްފައިވާ ސިޔާސަތުތަކާ އެއްގޮތަށްތޯ ކަށަވަރުކުރުމަށްޓަކައި ޑިޕާޓްމަންޓްތަކާ ގުޅިގެން މަސައްކަތްކުރުން.
  5. ލިޔެކިޔުންތައް ބެލެހެއްޓުމާއި، ގަވާއިދުތަކަށް އަމަލުކުރާ މިންވަރު މޮނިޓަރކުރުމާއި، އަދި އޮޑިޓް ރެކޯޑުތައް ތައްޔާރުކޮށް ބެލެހެއްޓުން.
  6. މެނޭޖްމަންޓަށާއި ބޯޑު ލެވެލްއަށް ހުށަހަޅާ ރިޕޯޓުތަކާއި، ބްރީފްތަކާއި، އަދި ސްޓްރެޓީޖިކް އަދާހަމަތައް ތައްޔާރުކުރުން.

 

އެހެނިހެން ހުނަރު:

  1. މައިކްރޯސޮފްޓް އެޕްލިކޭޝަންތައް ބޭނުންކުރަން އެނގުން.
  2. ދިވެހި ބަހުން ޓައިޕް ކުރަން އެނގުން.
  3. އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.
  4. ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން.

 

މުސާރައާއި އިނާޔަތް :

  • -/15،200 ރުފިޔާ
  • ޚާޒިރީ އެލަވަންސް: މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާ
  • ހަމަޖެހިފައިވާ އުސޫލުން ހެލްތް އިންޝުއަރެންސް

 

ކުރިމަތިލުމުގެ ސުންގަޑި: 22 މާރިޗު 2026 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން

 

މިމަޤާމަށް ޝަރުތުހަމަވާ ފަރާތްތަކުން އާސަންދަ ކުންފުނީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

 

ހުށަހަޅަންޖެހޭ ތަކެތި: 

  1. ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ. 
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 
  3. ތަޢުލީމީ ސެޓްފިކްޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޮޕީއެކެވެ.) 
  4. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން) 

   

ޚާއްޞަ ސަމާލުކަމަށް:

  • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަން ބާޠިލް ކުރުމުގެ އިޚްތިޔާރު އާސަންދަ ކުންފުންޔަށް ލިބިގެންވެއެވެ.  
  • މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.  

 

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

04 މާރިޗު 2026
ހޯދާ