ވަޒީފާގެ ފުރުޞަތު
ނަންބަރު: ASND-HCM-IUL-2026-08
ޕަބްލިޝްކުރި ތާރީޚް: 04 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 11:56
ސުންގަޑި:
22 މާރިޗު 2026 14:00
އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސީނިއަރ އޮފިސަރ - ބިޒްނަސް ޑިވެލޮޕްމަންޓް
އިޢުލާން ނަންބަރު: ASND-HCM-IUL-2026-08
މަޤާމް: ސީނިއަރ އޮފިސަރ
ވަޒީފާގެ ބާވަތް: ދާއިމީ
ސެކްޝަން: ބިޒްނަސް ޑިވެލޮޕްމަންޓް
ވަޒީފާ އަދާކުރަންޖެހޭ ތަން: އާސަންދަ ކޮމްޕެނީ ލިމިޓެޑް / މާލެ
މަސައްކަތުގެ ގަޑި: 8:00 އިން 16:00
މަޤާމުގެ ޝަރުތު:
- ބިޒްނަސް މެނޭޖްމަންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަސައްކަތުގެ ދާއިރާއިން (ބިޒްނަސް ޑިވެލޮޕްމަންޓް، ސްޓްރެޓެޖިކް ޕްލޭނިންގ، ފައިނޭންޝަލް އެނަލިސިސް ނުވަތަ ކޯޕަރޭޓް ޕްލޭނިންގ)، 2 އަހަރުދުވަހުގެ އަމަލީ ތަޖުރިބާ ލިބިފައިވުން.
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ކުންފުނީގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނާއި އެއާ ގުޅުންހުރި މަސައްކަތްތައް އެކުލަވައިލުމާއި، މުރާޖަޢާކުރުމާއި، އަދި ތަންފީޒުކުރުމުގައި އެހީތެރިވުން.
- ކުންފުނީގެ ޕޮލިސީ ތަކާއި، ފްރޭމްވޯކް އަދި ޕްރޮސީޖަރަލް ޑޮކިއުމެންޓްސް، ޑްރާފްޓްކުރުމާއި، ރިވިއު ކުރުމާއި، އަދި އަޕްޑޭޓް ކުރުމަށް އެހީތެރިވުން.
- މެނޭޖްމަންޓުން ނިންމާ ނިންމުންތަކަށް ބޭނުންވާ ކޭ.ޕީ.އައި، ޕާފޯމަންސް ޑޭޝްބޯޑް، އަދި އެނަލިޓިކަލް ރިޕޯޓުތައް ތައްޔާރުކުރުމާއި މޮނިޓަރކުރުން.
- ކުންފުނީގެ މެންޑޭޓްތަކާއި، އެސް.އޯ.ޕީ ތަކާއި، އަދި ހިންގުމުގެ ހަރަކާތްތައް ހުރީ ފާސްކޮށްފައިވާ ސިޔާސަތުތަކާ އެއްގޮތަށްތޯ ކަށަވަރުކުރުމަށްޓަކައި ޑިޕާޓްމަންޓްތަކާ ގުޅިގެން މަސައްކަތްކުރުން.
- ލިޔެކިޔުންތައް ބެލެހެއްޓުމާއި، ގަވާއިދުތަކަށް އަމަލުކުރާ މިންވަރު މޮނިޓަރކުރުމާއި، އަދި އޮޑިޓް ރެކޯޑުތައް ތައްޔާރުކޮށް ބެލެހެއްޓުން.
- މެނޭޖްމަންޓަށާއި ބޯޑު ލެވެލްއަށް ހުށަހަޅާ ރިޕޯޓުތަކާއި، ބްރީފްތަކާއި، އަދި ސްޓްރެޓީޖިކް އަދާހަމަތައް ތައްޔާރުކުރުން.
އެހެނިހެން ހުނަރު:
- މައިކްރޯސޮފްޓް އެޕްލިކޭޝަންތައް ބޭނުންކުރަން އެނގުން.
- ދިވެހި ބަހުން ޓައިޕް ކުރަން އެނގުން.
- އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.
- ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން.
މުސާރައާއި އިނާޔަތް :
- -/15،200 ރުފިޔާ
- ޚާޒިރީ އެލަވަންސް: މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާ
- ހަމަޖެހިފައިވާ އުސޫލުން ހެލްތް އިންޝުއަރެންސް
ކުރިމަތިލުމުގެ ސުންގަޑި: 22 މާރިޗު 2026 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން
މިމަޤާމަށް ޝަރުތުހަމަވާ ފަރާތްތަކުން އާސަންދަ ކުންފުނީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.
- ޖޮބް އެޕްލިކޭޝަން ޕޯޓަލް ލިންކް: https://my.aasandha.mv/jobs/apply
ހުށަހަޅަންޖެހޭ ތަކެތި:
- ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ތަޢުލީމީ ސެޓްފިކްޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޮޕީއެކެވެ.)
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން)
ޚާއްޞަ ސަމާލުކަމަށް:
- ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަން ބާޠިލް ކުރުމުގެ އިޚްތިޔާރު އާސަންދަ ކުންފުންޔަށް ލިބިގެންވެއެވެ.
- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
04 މާރިޗު 2026