ދިވެހިރާއްޖެ
ހއ.ބާރަށުގައި މިވަގުތު ބޭނުންކުރަމުންދާ އެއްގަމު އުޅަނދުތަކުގެ ތެރެއިން ހއ.ބާރަށް ހިމެނޭ ޒޯން (B) އަށް ރަޖިސްޓްރީ ނުކޮށް ރަށުގައި ދުއްވާ އެންމެހައި އުޅަނދުތައް (B) ޒޯނަށް ރަޖިސްޓްރީ ކުރުމުގެ މުއްދަތު 01 މާރިޗް 2026 ފެށިގެން 02 މަސް ދުވަސް ދިނުމަށް މި ކައުންސިލްގެ254 ވަނަ އާންމު ބައްދަލުވުމުން ނިންމާފައިވާތީ، މި މުއްދަތު ނިމުމުގެ ކުރިން ރަށުގައި ދުއްވާ އެއްގަމު އުޅަނދު ފަހަރު ބީ ޒޯނަށް ރަޖިސްޓްރީ ބަދަލުކޮށް ނިންމުމަށް ދަންނަވަމެވެ.
ވީމާ، ދެންނެވުނު މުއްދަތުގައި މިޒޯނަށް ރަޖިސްޓްރީ ބަދަލު ކުރުމަކާ ނުލާ މިރަށުގައި ދުއްވާ އުޅަނދުތަކުގެ ވެރިފަރާތްތަކާއިމެދު "އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ޤަވާއިދު" ގެ 13 ވަނަ މާއްދާގައި ބަޔާންކުރައްވާފައިވާ ގޮތުގެ މަތިން އަމަލު ކުރެވޭނެއެވެ.
މިހެންވެ، މިކަން އާންމުކޮށް އަންގުމަށްޓަކާއި އިޢުލާން ކުރީމެވެ.
12 ރަމަޟާން 1447
