ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)257-ESM/257/2026/33
ޕަބްލިޝްކުރި ތާރީޚް: 01 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 12:53
ސުންގަޑި: 30 އޭޕްރިލް 2026 18:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގައި ދުއްވާ އެއްގަމު އުޅަނދު ފަހަރުގެ ރަޖިސްޓްރީ ބީ ޒޯނަށް ބަދަލު ކުރުމާއި ގުޅޭ

ހއ.ބާރަށުގައި މިވަގުތު ބޭނުންކުރަމުންދާ އެއްގަމު އުޅަނދުތަކުގެ ތެރެއިން ހއ.ބާރަށް ހިމެނޭ ޒޯން (B) އަށް ރަޖިސްޓްރީ ނުކޮށް ރަށުގައި ދުއްވާ އެންމެހައި އުޅަނދުތައް (B) ޒޯނަށް ރަޖިސްޓްރީ ކުރުމުގެ މުއްދަތު 01  މާރިޗް 2026  ފެށިގެން 02 މަސް ދުވަސް ދިނުމަށް މި ކައުންސިލްގެ254  ވަނަ އާންމު ބައްދަލުވުމުން ނިންމާފައިވާތީ، މި މުއްދަތު ނިމުމުގެ ކުރިން ރަށުގައި ދުއްވާ އެއްގަމު އުޅަނދު ފަހަރު ބީ ޒޯނަށް ރަޖިސްޓްރީ ބަދަލުކޮށް ނިންމުމަށް ދަންނަވަމެވެ.

ވީމާ، ދެންނެވުނު މުއްދަތުގައި މިޒޯނަށް ރަޖިސްޓްރީ ބަދަލު ކުރުމަކާ ނުލާ މިރަށުގައި ދުއްވާ އުޅަނދުތަކުގެ ވެރިފަރާތްތަކާއިމެދު "އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ޤަވާއިދު" ގެ 13 ވަނަ މާއްދާގައި ބަޔާންކުރައްވާފައިވާ ގޮތުގެ މަތިން އަމަލު ކުރެވޭނެއެވެ.

            މިހެންވެ، މިކަން އާންމުކޮށް އަންގުމަށްޓަކާއި އިޢުލާން ކުރީމެވެ.

             12 ރަމަޟާން 1447

01 މާރިޗު 2026