ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2026 ވަނަ އަހަރު ފ.ފީއަލީ އިޖުތިމާޢީ ސަރަހައްދު 06 މަސްދުވަހުގެ މުއްދަތަށް ސާފުކޮށްދޭނެ ބަޔަކު ހޯދުން

އިޢުލާން

 

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

2026 ވަނަ އަހަރު ފ.ފީއަލީ އިޖުތިމާޢީ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް 06 މަސްދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދުން

 

މިއިދާރާގެ ނަންބަރު: (IUL)370-ESMS SC/370/2026/1 ( 18 ޖަނަވަރީ 2026 ) އިޢުލާނާއެކު، އެއްކަރުދާސްކުރެވުނު މަޢުލޫމާތު ކަރުދާހުގެ ޕޮއިންޓްދިނުމުގެ އުޞޫލްގައި މައްސަލަހުރުމުގެ ސަބަބުން ދެންނެވުނު އިޢުލާނު ބާޠިލްކޮށް، މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް، އަލުން ފުރުޞަތު ހުޅުވާލަމެވެ.

 

  1. ފ.ފީއަލީ އިޖްތިމާޢީ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތައް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
  2. މި މަސައްކަތް ކުރުމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާތަށް މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ. އެގޮތުން މި ބީލަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
  4. މި ބީލަމާގުޅޭގޮތުން ތައްޔާރުކުރެވިފައިވާ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި، ބީލަމަށް ރަޖިސްޓްރީކުރެވޭ ފަރާތްތަކުގެ އީމެއިލްއަށް ފޮނުވޭނެއެވެ.
  5. އަނަދާސީ ހިސާބު ހުށައެޅުމަށް މިއިދާރަގައި ރަޖިސްޓްރީ ވާންޖެހޭނެއެވެ. ރަޖިސްޓްރީވުމަށް، މިއިޢުލާނާ އެއްކަރުދާސްކުރެވިފައިވާ ރަޖިސްޓްރޭޝަން ފޯމް ފުރުމަށްފަހު 2026 މާޗް 03 ވަނަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އީމެއިލްއަށް ނުވަތަ ނިލަންދެ އަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލް އިދަރާއަށް ހުށައަޅަންވާނެއެވެ.  
  6. މި މަސައްކަތާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 08 މާޗް 2026 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.
  7. ބިޑް ހުޅުވުން އޮންނާނީ 09 މާޗް 2026 ވާ ހޯމަ ދުވަހުގެ 10:00 ގައި، މި އިދާރާގެ ކޮންފަރެންސް ހޯލްގައެވެ. ބިޑުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އަދި ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރިޚާއި ވަޤުތު އަދި ބިޑު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  8. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑާއިގަންނަވާނެއެވެ.

      ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ

      އަމީނީމަގު، ފ.ފީއަލީ، ދިވެހިރާއްޖެ.

      ފޯން: 6740012،7970804

      އީމެއިލް: [email protected]

      ކޮޕީ: [email protected]

08  ރަމަޟާން 1447

25 ފެބުރުވަރީ 2026

                                    

 

 

                                                     މޫސާ އަހުމަދު

                                                     ފީއަލީ ކައުންސިލްގެ ރައީސް

25 ފެބުރުވަރީ 2026
ހޯދާ