ދިވެހިރާއްޖެ
އިޢުލާން
|
ބީލަން ހުށަހެޅުމުގެ ދަޢުވަތު |
2026 ވަނަ އަހަރު ފ.ފީއަލީ އިޖުތިމާޢީ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް 06 މަސްދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދުން
މިއިދާރާގެ ނަންބަރު: (IUL)370-ESMS SC/370/2026/1 ( 18 ޖަނަވަރީ 2026 ) އިޢުލާނާއެކު، އެއްކަރުދާސްކުރެވުނު މަޢުލޫމާތު ކަރުދާހުގެ ޕޮއިންޓްދިނުމުގެ އުޞޫލްގައި މައްސަލަހުރުމުގެ ސަބަބުން ދެންނެވުނު އިޢުލާނު ބާޠިލްކޮށް، މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް، އަލުން ފުރުޞަތު ހުޅުވާލަމެވެ.
- ފ.ފީއަލީ އިޖްތިމާޢީ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތައް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- މި މަސައްކަތް ކުރުމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާތަށް މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ. އެގޮތުން މި ބީލަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
- މި ބީލަމާގުޅޭގޮތުން ތައްޔާރުކުރެވިފައިވާ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި، ބީލަމަށް ރަޖިސްޓްރީކުރެވޭ ފަރާތްތަކުގެ އީމެއިލްއަށް ފޮނުވޭނެއެވެ.
- އަނަދާސީ ހިސާބު ހުށައެޅުމަށް މިއިދާރަގައި ރަޖިސްޓްރީ ވާންޖެހޭނެއެވެ. ރަޖިސްޓްރީވުމަށް، މިއިޢުލާނާ އެއްކަރުދާސްކުރެވިފައިވާ ރަޖިސްޓްރޭޝަން ފޯމް ފުރުމަށްފަހު 2026 މާޗް 03 ވަނަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އީމެއިލްއަށް ނުވަތަ ނިލަންދެ އަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލް އިދަރާއަށް ހުށައަޅަންވާނެއެވެ.
- މި މަސައްކަތާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 08 މާޗް 2026 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.
- ބިޑް ހުޅުވުން އޮންނާނީ 09 މާޗް 2026 ވާ ހޯމަ ދުވަހުގެ 10:00 ގައި، މި އިދާރާގެ ކޮންފަރެންސް ހޯލްގައެވެ. ބިޑުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އަދި ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރިޚާއި ވަޤުތު އަދި ބިޑު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑާއިގަންނަވާނެއެވެ.
ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
އަމީނީމަގު، ފ.ފީއަލީ، ދިވެހިރާއްޖެ.
ފޯން: 6740012،7970804
އީމެއިލް: [email protected]
ކޮޕީ: [email protected]
08 ރަމަޟާން 1447
25 ފެބުރުވަރީ 2026
މޫސާ އަހުމަދު
ފީއަލީ ކައުންސިލްގެ ރައީސް