ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
ނ.އަތޮޅު ޕޮލިސް ސްޓޭޝަންތަކުގައި ބޭނުންކުރި 1 ސައިކަލު، 1 ކާރު އަދި 1 ޖިޕް ނީލަމުގައި ވިއްކާލުމަށް

ނީލަން ކިއުން.

  1. ނ.އަތޮޅު ޕޮލިސް ސްޓޭޝަންތަކުގައި ބޭނުންކުރި (މިހާރު ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ އަދި ރަޖިސްޓްރީ ބާތިލްކުރެވިފައި) 1 ސައިކަލު، 1 ކާރު އަދި 1 ޖިޕް މި ޚިދުމަތުގެ ނަންބަރު 171-Y(FBM3)/IUL/2025/35 ގައި ކުރެވުނު އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ ދެންނެވުނު އިޢުލާން ބާތިލްކޮށް މި ތަކެތި ނީލަމުގައި ވިއްކާލުމަށް ހުޅުވާލަމެވެ.
  2. ނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މި ޢިއުލާނާއެކު އެއްހީރަސް ކޮށްފައިވާ "ނީލަމުގައި ރަޖިސްޓަރީވާ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު މިޚިދުމަތުގެ މެއިލް އެޑްރެސް [email protected] އަދި  [email protected]އަށް ފޮނުވުމަށް އެދެމެވެ. މިޚިދުމަތަށް މެއިލް ލިބުމުން މެއިލް ކުރިފަރާތަށް ނީލަމުގައި ރަޖިސްޓްރީވިކަމުގެ މެއިލްކުރެވޭނެއެވެ.
  3. ނީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ، 2026 މާރިޗު 03 ވަނަ ދުވަހުގެ 11:00 (ހެނދުނު) އެވެ. ނީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ ނީލަންވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
  4. ނީލަންކިޔާ ތަކެތި ދައްކާލުން އަދި ނީލަން ކިއުން އޮންނާނީ، 2026 މާރިޗު 04 ވަނަ ދުވަހު 11:00 (ހެނދުނުު) އެ ވެހިކަލެއް އޮތް ޕޮލިސް ސްޓޭޝަންގައެވެ.
  5. ނީލަން ކިޔާނީ ހާޒިރީންގެ ހާޒިރުގައި އަނގަބަހުންނެވެ. އަދި ނީލަމަށް އަގު އިތުރުކުރަން ހުށަހަޅާނީވެސް ހާޒިރީންނަށް އަޑުއިވޭވަރަށް އަނގަބަހުންނެވެ. ގަޑި ޖެހުމަށްފަހު ހާޒިރުވާ ފަރާތްތަކަށް ނީލަމުގައި ބައިވެރިނުވެވޭނެ ވާހަކަ ދަންނަވަމެވެ.
  6.  ނީލަން ކިއުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ ގޮތުގެމަތިން ނީލަމުގައި ރަޖިސްޓަރީވުމަށް އފޯމް ހުށަހަޅާފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
24 ފެބުރުވަރީ 2026
ހޯދާ