ނީލަން
ނަންބަރު: 171-Y(FBM3)/IUL/2026/32
ޕަބްލިޝްކުރި ތާރީޚް: 24 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 12:00
ސުންގަޑި:
03 މާރިޗު 2026 11:00
ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ނ.އަތޮޅު ޕޮލިސް ސްޓޭޝަންތަކުގައި ބޭނުންކުރި 1 ސައިކަލު، 1 ކާރު އަދި 1 ޖިޕް ނީލަމުގައި ވިއްކާލުމަށް
ނީލަން ކިއުން.
- ނ.އަތޮޅު ޕޮލިސް ސްޓޭޝަންތަކުގައި ބޭނުންކުރި (މިހާރު ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ އަދި ރަޖިސްޓްރީ ބާތިލްކުރެވިފައި) 1 ސައިކަލު، 1 ކާރު އަދި 1 ޖިޕް މި ޚިދުމަތުގެ ނަންބަރު 171-Y(FBM3)/IUL/2025/35 ގައި ކުރެވުނު އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ ދެންނެވުނު އިޢުލާން ބާތިލްކޮށް މި ތަކެތި ނީލަމުގައި ވިއްކާލުމަށް ހުޅުވާލަމެވެ.
- ނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މި ޢިއުލާނާއެކު އެއްހީރަސް ކޮށްފައިވާ "ނީލަމުގައި ރަޖިސްޓަރީވާ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު މިޚިދުމަތުގެ މެއިލް އެޑްރެސް [email protected] އަދި [email protected]އަށް ފޮނުވުމަށް އެދެމެވެ. މިޚިދުމަތަށް މެއިލް ލިބުމުން މެއިލް ކުރިފަރާތަށް ނީލަމުގައި ރަޖިސްޓްރީވިކަމުގެ މެއިލްކުރެވޭނެއެވެ.
- ނީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ، 2026 މާރިޗު 03 ވަނަ ދުވަހުގެ 11:00 (ހެނދުނު) އެވެ. ނީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ ނީލަންވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
- ނީލަންކިޔާ ތަކެތި ދައްކާލުން އަދި ނީލަން ކިއުން އޮންނާނީ، 2026 މާރިޗު 04 ވަނަ ދުވަހު 11:00 (ހެނދުނުު) އެ ވެހިކަލެއް އޮތް ޕޮލިސް ސްޓޭޝަންގައެވެ.
- ނީލަން ކިޔާނީ ހާޒިރީންގެ ހާޒިރުގައި އަނގަބަހުންނެވެ. އަދި ނީލަމަށް އަގު އިތުރުކުރަން ހުށަހަޅާނީވެސް ހާޒިރީންނަށް އަޑުއިވޭވަރަށް އަނގަބަހުންނެވެ. ގަޑި ޖެހުމަށްފަހު ހާޒިރުވާ ފަރާތްތަކަށް ނީލަމުގައި ބައިވެރިނުވެވޭނެ ވާހަކަ ދަންނަވަމެވެ.
- ނީލަން ކިއުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ ގޮތުގެމަތިން ނީލަމުގައި ރަޖިސްޓަރީވުމަށް އފޯމް ހުށަހަޅާފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
24 ފެބުރުވަރީ 2026