އިޢުލާން
" ކޯޓޭޝަން ހުށަހެޅުމުގެ ދައުވަތު "
މ.މުލީ ބަނދަރު ބޭރުތޮށީގައި ލައިޓްޖެހުމަށްޓަކައި ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާގޮތަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.
|
ތަން
|
މަސައްކަތު މައުލޫމާތު
|
|
ކޯރުކޮނުމާއި ނަރު އެޅުން
|
- 400 ފޫޓު ދިގު، 1 ފޫޓު ފުން ކޯރެއްކޮނެ ކަރަންޓް ނަރު އެޅުން.
- ނަރު ވަޅުލުމަށް ކޮންކުރިޓް ކެނޑުން ދިގުމިން 18 ފޫޓް، ކެނޑުމަށްފަހު 1.5 އިންޗީގެ ޕީ.ވީ.ސީ ހޮޅިއެއް ވަޅުލައި،އޭގެ މައްޗަށް ކޮންކުރިޓް އެޅުން.
- ބަނދަރުގެ އަށްދަށު ތޮށްޓާއި ބޭރުތޮށި ގުޅޭ ބުރިޖް ދަށުން ނަރު ގެންދިޔުމަށް 1.5 އިންޗީގެ 100 ފޫޓު ދިގު ޕީ.ވީ.ސީ ހޮޅިއެއް އެޅުން، ހޮޅި ބުރިޖްގެ ދަށުގައި ހަރުކުރަން ވާނީ ދަބަރު ނުޖާހާނެ އިސްކުރު އަދި ކްލިޕް ބޭނުންކޮށްގެންނެވެ.
- މަސައްކަތަށް ބޭނުންވާ ކަރަންޓް ނަރު ފޯރުކޮށްދޭނީ ކައުން ސިލުންނެވެ.
- ކަރަންޓްނަގާނީ ބަނދަރުގެ ބްރިޖާއި އެންމެ ކައިރި ލައިޓުންނެވެ.
|
|
12 ލައިޓްޕޯސްޓް ހެދުން
|
- ލައިޓް ސްޓޭންޑްގެ ގޮތުގައި ބޭނުންކުރާނެ ހޮޅި ކައުންސިލުން ފޯރުކޮށްދޭނެއެވެ. މި ތަކެތި ކުރެހުމުގައިވާ މިނަށް ބުރިކުރުމަކީ މަސައްކަތްނަގާ ފަރާތުގެ ޒިންމާއެކެވެ.
- ޕޯސްޓްތައް ހަރުކުރަންވާނީ ޕުލެޓްފޯމް އެޅުމަށް ބޭރުތޮށީގައި ޖަހާފައިވާ ބުޑުތަކުގައެވެ. ބޭނުން ކުރާނީ 3 އިންޗި ދަބަރު ނުޖަހާ ކޮށްޗޭ އިސްކުރާއި މުކޮޅެވެ. ކޮންމެ ޕޯސްޓަކަށް 4 އިސްކުރު ޖަހަންވާނެއެވެ.
- ކޮންމެ ޕޯސްޓެއްގެ ފުލުން 3 އިންޗި އަދި މަތިން 3 އިންޗި އަށް ކޮންކުރިޓް އަޅަންވާނެއެވެ. އަދި މެދަށް ވެލިއަޅައި ނަރު ލެއްވޭނެހެން ހޮޅިއެއްލާންވާނެއެވެ.
- ލައިޓް ޕޯސްޓްތަކުގައި ރެޑް އޮކްސައިޑް އަދި ކަޅު ދަވާދުލާންވާނެއެވެ.
|
|
12 ލައިޓްޕޯސްޓް ހެދުން

|
- ކޮންމެ ޕޯސްޓެއްގައި ގްލޯބެއް ހަރުކުރަންވާނެއެވެ. (ކައުންސިލުން 12 ގްލޯބު ފޯރުކޮށްދެވޭނެއެވެ.)
- ކޮންމެ ޕޯސްޓެއްގައި 20 ވޯޓުގެ ލެޑް ބޮތްކެއް ހަރުކުރަންވާނެއެވެ. (ވާރމް ވައިޓް)
|
|
މުއްދަތު
|
20 (ވިހި) ދުވަސް
|
|
ކޯޓޭޝަން ހުށަހެޅުން
|
ކޯޓޭޝަންތަށް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 26 ފެބުރުވަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މުލަކަތޮޅު މުލީ ކައުންސިލް އިދާރާގެ މީޓިން ހޯލްގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ އެއްވެސް ކޯޓޭޝަންއެއް ބަލައެއް ނުގަނެވޭނެއެވެ.
|
ކޯޓޭޝަން ހުށަހެޅުމަށް ވަޑައިގަނެވެންނެތް ފަރާތްތަކުން ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެކަން އަންގައިދޭ ލިޔުމަކާއި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައިޑީ ކާޑު ކޮޕީ ގެންނަންވާނެއެވެ.