މަސައްކަތް
ނަންބަރު: (IUL)365-ESD/365/2026/13
ޕަބްލިޝްކުރި ތާރީޚް: 22 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 13:34
ސުންގަޑި: 26 ފެބުރުވަރީ 2026 11:00
މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
" ކޯޓޭޝަން ހުށަހެޅުމުގެ ދައުވަތު "

އިޢުލާން

" ކޯޓޭޝަން ހުށަހެޅުމުގެ ދައުވަތު "

މ.މުލީ ބަނދަރު ބޭރުތޮށީގައި ލައިޓްޖެހުމަށްޓަކައި ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާގޮތަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.

ތަން

މަސައްކަތު މައުލޫމާތު

ކޯރުކޮނުމާއި ނަރު އެޅުން

  1. 400 ފޫޓު ދިގު، 1 ފޫޓު ފުން ކޯރެއްކޮނެ ކަރަންޓް ނަރު އެޅުން.
  2. ނަރު ވަޅުލުމަށް ކޮންކުރިޓް ކެނޑުން ދިގުމިން 18 ފޫޓް، ކެނޑުމަށްފަހު 1.5 އިންޗީގެ ޕީ.ވީ.ސީ ހޮޅިއެއް ވަޅުލައި،އޭގެ މައްޗަށް ކޮންކުރިޓް އެޅުން.
  3. ބަނދަރުގެ އަށްދަށު ތޮށްޓާއި ބޭރުތޮށި ގުޅޭ ބުރިޖް ދަށުން ނަރު ގެންދިޔުމަށް 1.5 އިންޗީގެ 100  ފޫޓު ދިގު ޕީ.ވީ.ސީ ހޮޅިއެއް އެޅުން، ހޮޅި ބުރިޖްގެ ދަށުގައި ހަރުކުރަން ވާނީ ދަބަރު ނުޖާހާނެ އިސްކުރު އަދި ކްލިޕް ބޭނުންކޮށްގެންނެވެ.
  4. މަސައްކަތަށް ބޭނުންވާ ކަރަންޓް ނަރު ފޯރުކޮށްދޭނީ ކައުން ސިލުންނެވެ.
  5. ކަރަންޓްނަގާނީ ބަނދަރުގެ ބްރިޖާއި އެންމެ ކައިރި ލައިޓުންނެވެ.

 

12 ލައިޓްޕޯސްޓް ހެދުން

  1. ލައިޓް ސްޓޭންޑްގެ ގޮތުގައި ބޭނުންކުރާނެ ހޮޅި ކައުންސިލުން ފޯރުކޮށްދޭނެއެވެ. މި ތަކެތި ކުރެހުމުގައިވާ މިނަށް ބުރިކުރުމަކީ މަސައްކަތްނަގާ ފަރާތުގެ ޒިންމާއެކެވެ.
  2. ޕޯސްޓްތައް ހަރުކުރަންވާނީ ޕުލެޓްފޯމް އެޅުމަށް ބޭރުތޮށީގައި ޖަހާފައިވާ ބުޑުތަކުގައެވެ. ބޭނުން ކުރާނީ 3 އިންޗި ދަބަރު ނުޖަހާ ކޮށްޗޭ އިސްކުރާއި މުކޮޅެވެ. ކޮންމެ ޕޯސްޓަކަށް 4 އިސްކުރު ޖަހަންވާނެއެވެ.
  3. ކޮންމެ ޕޯސްޓެއްގެ ފުލުން 3 އިންޗި އަދި މަތިން 3 އިންޗި އަށް ކޮންކުރިޓް އަޅަންވާނެއެވެ. އަދި މެދަށް ވެލިއަޅައި ނަރު ލެއްވޭނެހެން ހޮޅިއެއްލާންވާނެއެވެ.
  4. ލައިޓް ޕޯސްޓްތަކުގައި ރެޑް އޮކްސައިޑް އަދި ކަޅު ދަވާދުލާންވާނެއެވެ.

 

12 ލައިޓްޕޯސްޓް ހެދުން

  1. ކޮންމެ ޕޯސްޓެއްގައި ގްލޯބެއް ހަރުކުރަންވާނެއެވެ. (ކައުންސިލުން 12 ގްލޯބު ފޯރުކޮށްދެވޭނެއެވެ.)
  2. ކޮންމެ ޕޯސްޓެއްގައި 20 ވޯޓުގެ ލެޑް ބޮތްކެއް ހަރުކުރަންވާނެއެވެ. (ވާރމް ވައިޓް)

 

މުއްދަތު

20 (ވިހި) ދުވަސް

ކޯޓޭޝަން ހުށަހެޅުން

ކޯޓޭޝަންތަށް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 26 ފެބުރުވަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މުލަކަތޮޅު މުލީ ކައުންސިލް އިދާރާގެ މީޓިން ހޯލްގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ އެއްވެސް ކޯޓޭޝަންއެއް ބަލައެއް ނުގަނެވޭނެއެވެ.

ކޯޓޭޝަން ހުށަހެޅުމަށް ވަޑައިގަނެވެންނެތް ފަރާތްތަކުން ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެކަން އަންގައިދޭ ލިޔުމަކާއި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައިޑީ ކާޑު ކޮޕީ ގެންނަންވާނެއެވެ.

22 ފެބުރުވަރީ 2026