ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ ހޯނޑެއްދޫ ކައުންސިލްގެ 04 ވަނަ ޤުރްއާން މުބާރާތް 2026 - އިންސާފުކޮށްދޭން ފަނޑިޔާރުން ހޯދުމާއި ގުޅޭ؛

ގދ ހޯނޑެއްދޫ ކައުންސިލްގެ 04 ވަނަ ޤުރުއާން މުބާރާތް 2026 އިންސާފުކޮށް ފަނޑިޔާރުކޮށްދޭނެ 03 ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ ވެއްޖެއެވެ.

ފަނޑިޔާރުކަމަށް ކުރިމަތިލެވޭނެ ފަރާތްތަކުގެ ޝަރުތު:

-         ދިވެހި ރައްޔިތެއްކަމުގައިވުން.

-         ޤުރުއާނުން ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާސިލްކޮށްފައިވާ ފަރާތްތައް ކަމުގައިވުން.

-         ފަނޑިޔާރުންގެ ގޮތުގައި ހިމެނޭ ފަރާތްތަކަކީ މުބާރާތަށް ކިޔަވާ އެއްވެސް ދަރިވަރަކަށް ތަމްރީންކޮށްދެއްވާ ފަރާތެއްކަމުގައި ނުވުން.

-         މުބާރާތުގެ ބައިވެރިއަކާއި ޢާއިލީގޮތުން ގުޅުމެއް އޮތް ފަރާތެއްކަމުގައި ނުވުން

-         ގދ ހޯނޑެއްދޫ ރަށްވެއްސެއްކަމުގައި ނުވުން.

ޕޮއިންޓް ދެވޭނޭގޮތް:

-         މަސައްކަތްކުރުމަށް ހުށަހަޅާ އަގު: %80 (އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށް 50 މާކްސް ލިބޭގޮތަށް)

-         ތަޖުރިބާއަށް %20 (މަސައްކަތު ދާއިރާގެ ތަޖުރިބާ 5 ލިޔުމަށް، ހުށަހަޅާ ލިޔުމަކަށް 1 މާކްސް ލިބޭގޮތަށް)

               ފަނޑިޔާރުކަންކޮށްދެއްވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 17 ފެބްރުވަރީ 2026 ވަނަ ދުވަހުގެ 11:00 މިކައުންސިލަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. ކޯޓޭޝަން ހުށަހަޅުއްވާނީ 03 ބޭފުޅުން ހިމެނޭ ޓީމެއްގޮތަށެވެ. އޮންލައިންކޮށް ކޯޓޭޝަން ހުށަހަޅާ ފަރާތްތަކުން ކޯޓޭޝަން ފޮނުއްވަންވާނީ ފައިލްގައި ޕާސްވޯޑް އެއް ޖެއްސެވުމަށްފަހު https://message.gov.mv  މެދުވެރިކޮށް ވަގުތު ހަމަވުމުގެ ކުރިންނެވެ. މިގޮތަށް ފޮނުއްވާ މެސެޖްގައި ގުޅޭނޭ ފޯނު ނަންބަރު ޖައްސަވަންވާނެއެވެ.

                  މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

11 ފެބުރުވަރީ 2026
ހޯދާ