ދިވެހިރާއްޖެ
ގދ ހޯނޑެއްދޫ ކައުންސިލްގެ 04 ވަނަ ޤުރުއާން މުބާރާތް 2026 އިންސާފުކޮށް ފަނޑިޔާރުކޮށްދޭނެ 03 ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ ވެއްޖެއެވެ.
ފަނޑިޔާރުކަމަށް ކުރިމަތިލެވޭނެ ފަރާތްތަކުގެ ޝަރުތު:
- ދިވެހި ރައްޔިތެއްކަމުގައިވުން.
- ޤުރުއާނުން ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާސިލްކޮށްފައިވާ ފަރާތްތައް ކަމުގައިވުން.
- ފަނޑިޔާރުންގެ ގޮތުގައި ހިމެނޭ ފަރާތްތަކަކީ މުބާރާތަށް ކިޔަވާ އެއްވެސް ދަރިވަރަކަށް ތަމްރީންކޮށްދެއްވާ ފަރާތެއްކަމުގައި ނުވުން.
- މުބާރާތުގެ ބައިވެރިއަކާއި ޢާއިލީގޮތުން ގުޅުމެއް އޮތް ފަރާތެއްކަމުގައި ނުވުން
- ގދ ހޯނޑެއްދޫ ރަށްވެއްސެއްކަމުގައި ނުވުން.
ޕޮއިންޓް ދެވޭނޭގޮތް:
- މަސައްކަތްކުރުމަށް ހުށަހަޅާ އަގު: %80 (އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށް 50 މާކްސް ލިބޭގޮތަށް)
- ތަޖުރިބާއަށް %20 (މަސައްކަތު ދާއިރާގެ ތަޖުރިބާ 5 ލިޔުމަށް، ހުށަހަޅާ ލިޔުމަކަށް 1 މާކްސް ލިބޭގޮތަށް)
ފަނޑިޔާރުކަންކޮށްދެއްވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 17 ފެބްރުވަރީ 2026 ވަނަ ދުވަހުގެ 11:00 މިކައުންސިލަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. ކޯޓޭޝަން ހުށަހަޅުއްވާނީ 03 ބޭފުޅުން ހިމެނޭ ޓީމެއްގޮތަށެވެ. އޮންލައިންކޮށް ކޯޓޭޝަން ހުށަހަޅާ ފަރާތްތަކުން ކޯޓޭޝަން ފޮނުއްވަންވާނީ ފައިލްގައި ޕާސްވޯޑް އެއް ޖެއްސެވުމަށްފަހު https://message.gov.mv މެދުވެރިކޮށް ވަގުތު ހަމަވުމުގެ ކުރިންނެވެ. މިގޮތަށް ފޮނުއްވާ މެސެޖްގައި ގުޅޭނޭ ފޯނު ނަންބަރު ޖައްސަވަންވާނެއެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.