ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 7/2010) ގެ 107 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތުގެމަތިން ފެބުރުއަރީ މަހުގައި ބާއްވަންޖެހޭ ބައްދަލުވުން، ފެބުރުއަރީ މަހުގެ 12 ވާ ބުރާސްފަތި ދުވަހުގެ ރޭ 8:45 ގައި އަނގޮޅިތީމު ކައުންސިލް މާނާބާރުނަ މާލަމްގައި ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ތިރީގައި މިދަންނަވާ ކަންކަން ރައްޔިތުންނާއި ހިއްސާކުރެވޭނެއެވެ. އެއްމެބޭފުޅުން ބައްދަލްވުމަށް ވަޑައިގަތުން އެދި ދައުވަތު އަރުވަމެވެ.
1. ފާއިތުވި އަހަރު ( 2025 ވަނަ އަހަރުގެ ) އަހަރީ ރިޕޯޓް
2. މިއަހަރު ( 2026 ވަނަ އަހަރުގެ ) ބަޖެޓް ރިޕޯޓް އަދި މަސައްކަތު ތާވަލް
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
