ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)301/301/2026/14
ޕަބްލިޝްކުރި ތާރީޚް: 11 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 14:12
ސުންގަޑި: 12 ފެބުރުވަރީ 2026 08:45
މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2026 ވަނަ އަހަރުގެ ފުރަތަމަ ރައްޔިތުންނާއި ބައްދަލުކުރުން

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 7/2010) ގެ 107 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތުގެމަތިން ފެބުރުއަރީ މަހުގައި ބާއްވަންޖެހޭ ބައްދަލުވުން، ފެބުރުއަރީ މަހުގެ 12 ވާ ބުރާސްފަތި ދުވަހުގެ ރޭ 8:45 ގައި އަނގޮޅިތީމު ކައުންސިލް މާނާބާރުނަ މާލަމްގައި ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ތިރީގައި މިދަންނަވާ ކަންކަން ރައްޔިތުންނާއި ހިއްސާކުރެވޭނެއެވެ. އެއްމެބޭފުޅުން ބައްދަލްވުމަށް ވަޑައިގަތުން އެދި ދައުވަތު އަރުވަމެވެ.

                                                            1.      ފާއިތުވި އަހަރު ( 2025 ވަނަ އަހަރުގެ ) އަހަރީ ރިޕޯޓް

                                                            2.      މިއަހަރު ( 2026 ވަނަ އަހަރުގެ ) ބަޖެޓް ރިޕޯޓް އަދި މަސައްކަތު ތާވަލް

 

                ވީމާ، މިކަން  އާއްމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ.              

11 ފެބުރުވަރީ 2026