ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މި ކޯޕަރޭޝަނަށް ޖެނެރަލް ހެލްތް އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮއްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ (ދެވަނަ އިއުލާން)

 މި ކޯޕަރޭޝަނަށް ޖެނެރަލް ހެލްތް އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮއްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ (ދެވަނަ އިއުލާން)

މި ކޯޕަރޭޝަނަށް ޖެނެރަލް ހެލްތް އިންޝުއަރެންސްގެ ހިދުމަތް 1 (އެއް) އަހަރު ދުވަހުގެ މުއްދަތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު(IUL)FDC-P/1/2026/7  ގެ ބީލަން ބާތިލްކޮށް، މި ކޯޕަރޭޝަނަށް ޖެނެރަލް ހެލްތް އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮއްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިޢުލާން ކުރީމެވެ.

ވީމާ، ޝައުގުވެރިވެލައްވާ ފަރާތްތަކުން، 11 ފެބުރުއަރީ 2026 ވާ ބުދަ ދުވަހު، 10:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް މި ބީލަމަށް ރަޖިސްޓަރީ ކުރެއްވުން އެދެމެވެ. އަދި ތިރީގައި މި ދަންނަވާ ތާރީޚުގައި މިކޯޕަރޭޝަނުށް ހިއްސާ ކުރާ މައުލޫމާތު ސާފުކުރެއްވުމަށްފަހު، ބީލަން ހުށައެޅުއްވުން އެދެމެވެ.

ތަފްސީލް

ތަން

ސުންގަޑި

ބީލަން ޙުށައެޅުމަށް ރަޖިސްޓަރީ ކުރުން

Provision of General Health Insurance - (IUL)FDC-P/1/2026/13 – Fill out form

ލިންކް މެދުވެރިކޮށް ރެޖިސްޓަރީ ނުކުރެވޭނަމަ، ރެޖިސްޓަރީ ކުރުމަށް ކަނޑައެޅިފައިވާ ވަގުތު ހަމަވުމުގެ 1 ގަޑިއިރު ކުރިން މިކޯޕަރޭޝަނަށް އެންގެވުން އެދެމެވެ.

11 ފެބުރުއަރީ 2026 / 10:00 ގެ ކުރިން

މަޢުލޫމާތު ދިނުމާއި މަޢުލޫމާތު ކަރުދާސް ދިނުމުގެ ބައްދަލުވުން

ފަހި ދިރިއުޅުން ކޯޕަރޭޝަން، 2 ވަނަ ފަންގިފިލާ، ހ ފަތަނގުމާގެ، މާލެ

11 ފެބުރުއަރީ 2026 / 14:30

ބީލަން ހުށަހެޅުން

ފަހި ދިރިއުޅުން ކޯޕަރޭޝަން، 2 ވަނަ ފަންގިފިލާ، ހ ފަތަނގުމާގެ، މާލެ

16 ފެބްރުއަރީ 2026 / 10:00

 

ބީލަން ހުށަހެޅުއްވުމާ ގުޅޭ:

  • މި ބީލަމުގެ މައުލޫމާތު ކަރުދާސް ހިއްސާ ކޮއްލެވޭނީ ހަމައެކަނި އިންފޮމޭޝަން ސެޝަންއަށް ދުރުވާ ބޭފުޅުންނަށެވެ.
  • ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެކެވެ. ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ.
  • މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މިކޯޕަރޭޝަނަށް ލިބިގެންވެއެވެ.

 

މި އިއުލާނާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، ރަސްމީ ދުވަސްދުތަކުގެ 09:00 – 14:00 ދެމެދު މި ކޯޕަރޭޝަނަށް 3341946 އަށް ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

09 ފެބުރުވަރީ 2026
ހޯދާ