ދިވެހިރާއްޖެ
މި ކޯޕަރޭޝަނަށް ޖެނެރަލް ހެލްތް އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮއްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ (ދެވަނަ އިއުލާން)
މި ކޯޕަރޭޝަނަށް ޖެނެރަލް ހެލްތް އިންޝުއަރެންސްގެ ހިދުމަތް 1 (އެއް) އަހަރު ދުވަހުގެ މުއްދަތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު(IUL)FDC-P/1/2026/7 ގެ ބީލަން ބާތިލްކޮށް، މި ކޯޕަރޭޝަނަށް ޖެނެރަލް ހެލްތް އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮއްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިޢުލާން ކުރީމެވެ.
ވީމާ، ޝައުގުވެރިވެލައްވާ ފަރާތްތަކުން، 11 ފެބުރުއަރީ 2026 ވާ ބުދަ ދުވަހު، 10:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް މި ބީލަމަށް ރަޖިސްޓަރީ ކުރެއްވުން އެދެމެވެ. އަދި ތިރީގައި މި ދަންނަވާ ތާރީޚުގައި މިކޯޕަރޭޝަނުށް ހިއްސާ ކުރާ މައުލޫމާތު ސާފުކުރެއްވުމަށްފަހު، ބީލަން ހުށައެޅުއްވުން އެދެމެވެ.
|
ތަފްސީލް |
ތަން |
ސުންގަޑި |
|
ބީލަން ޙުށައެޅުމަށް ރަޖިސްޓަރީ ކުރުން |
Provision of General Health Insurance - (IUL)FDC-P/1/2026/13 – Fill out form ލިންކް މެދުވެރިކޮށް ރެޖިސްޓަރީ ނުކުރެވޭނަމަ، ރެޖިސްޓަރީ ކުރުމަށް ކަނޑައެޅިފައިވާ ވަގުތު ހަމަވުމުގެ 1 ގަޑިއިރު ކުރިން މިކޯޕަރޭޝަނަށް އެންގެވުން އެދެމެވެ. |
11 ފެބުރުއަރީ 2026 / 10:00 ގެ ކުރިން |
|
މަޢުލޫމާތު ދިނުމާއި މަޢުލޫމާތު ކަރުދާސް ދިނުމުގެ ބައްދަލުވުން |
ފަހި ދިރިއުޅުން ކޯޕަރޭޝަން، 2 ވަނަ ފަންގިފިލާ، ހ ފަތަނގުމާގެ، މާލެ |
11 ފެބުރުއަރީ 2026 / 14:30 |
|
ބީލަން ހުށަހެޅުން |
ފަހި ދިރިއުޅުން ކޯޕަރޭޝަން، 2 ވަނަ ފަންގިފިލާ، ހ ފަތަނގުމާގެ، މާލެ |
16 ފެބްރުއަރީ 2026 / 10:00 |
ބީލަން ހުށަހެޅުއްވުމާ ގުޅޭ:
- މި ބީލަމުގެ މައުލޫމާތު ކަރުދާސް ހިއްސާ ކޮއްލެވޭނީ ހަމައެކަނި އިންފޮމޭޝަން ސެޝަންއަށް ދުރުވާ ބޭފުޅުންނަށެވެ.
- ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެކެވެ. ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ.
- މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މިކޯޕަރޭޝަނަށް ލިބިގެންވެއެވެ.
މި އިއުލާނާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، ރަސްމީ ދުވަސްދުތަކުގެ 09:00 – 14:00 ދެމެދު މި ކޯޕަރޭޝަނަށް 3341946 އަށް ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.