ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ސީނިއަރ ޑިޖިޓަލް މީޑިއާ ބްރޭންޑިންގ އެގްޒެކްޓިވް

މަޤާމް

ސީނިއަރ ޑިޖިޓަލް މީޑިއާ ބްރޭންޑިންގ އެގްޒެކްޓިވް

މަޤާމުގެ ރޭންކް

L7 - D4 (T)

ބޭނުންވާ ޢަދަދު:

01

ވަޒީފާ އަދާ ކުރަންޖެހޭ ތަން

ޕަބްލިކް ސަރވިސް މީޑިއާ، މާލެ

ޑިޕާޓްމަންޓް

ޕްރޮޖެކްޓްސް، ލޭންޑް އެންޑް ބިޒްނަސް ޑިވެލޮޕްމަންޓް

ވަޒީފާގެ ބާވަތް

01 އަހަރު ދުވަހުގެ ކޮންޓްރެކްޓް (މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އެއްބަސްވުން އާ ކުރެވޭނެއެވެ. 2 އަހަރު ދުވަހުގެ ކޮންޓްރެކްޓް ފުރިހަމަކުރުމުން ދާއިމީ ކުރެވޭނެއެވެ.)

ރަސްމީ މަސައްކަތު ގަޑި

ހަފްތާއަކު 5 ދުވަހު - ދުވާލަކު 8 ގަޑިއިރު

އަސާސީ މުސާރަ

-/9,000 ރުފިޔާ

ސަރވިސް އެލަވަންސް

-/3,500 ރުފިޔާ

އެހެނިހެން އެލަވަންސްތައް:

  • އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
  • ޓެކްނިކަލްކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.

(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައިކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ).

  • ޝިފްޓް އެލަވަންސް.: ޝިފްޓް އުސޫލުން މަސައްކަތްކުރަންޖެހޭނަމަ، އެޝިފްޓަކަށް ފައިސާ ދެވޭނެއެވެ.
  • އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
  • ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
  • ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.

މަޤާމުގެ ޝަރުތު:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ގެ ސެޓްފިކެޓެއް ޙާސިލްކޮށްފައިވުމާއެކު މަސައްކަތާ  ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  •  މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 5 އަހަރުދުވަހު  މަސައްކަތްކޮށްފައިވުން؛ ނުވަތަ
  •  މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 8 އަހަރުދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން

ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ޕީއެސްއެމްގެ މީސްމީޑިއާ އާއި ޑިޖިޓަލް ޕްލެޓްފޯމުތަކުން އާމުދަނީ ލިބޭނޭ ގޮތްތައް ދެނެގަނެ، ކުންފުނީގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނާއި އެއްގޮތްވާ ގޮތުގެ މަތީން މީސްމީޑިޔާ އެސެޓްތައް ތައްޔާރުކޮށް ބެލެހެއްޓުމަށްޓަކައި ބޭނުންވާ ފަންނީ މަސައްކަތްތައް ކުރުން؛
  • ކުންފުނުންފުނީގެ މަޝްރޫޢުތައް ފީސިބިލިޓީ އިން ފެށިގެން ނިމުމާ ހަމައަށް، ފާސްކުރެވިފައިވާ ބަޖެޓާއި މުއްދަތާ އެއްގޮތަށް ރާވައި، ފަރުމާކޮށް އަދި ތަންފީޒުކުރުން؛
  • ޕަބްލިކް ސާރވިސް މީޑިޔާގެ މީސްމީޑިޔާ އެސެޓްތައް މެދުވެރިކޮށް، އެނެލިޓިކް ޑާޓާ ކަލެކްޓްކުރުމާއި، އެކި މުއްދަތުތަކަށް ތައްޔާރުކޮށް ހުށަހަޅަންޖެހޭ ރިޕޯޓުތައް ސުޕަވައިޒަރުގެ ލަފާގެ މަތިން ތައްޔާރުކުރުން؛
  • މަޝްރޫޢުތަކާ ގުޅުންހުރި ހުރިހާ ހަރަކާތްތަކެއް އެދެވޭ ގޮތެއްގައި ތަންފީޒުކޮށް، މޮނިޓަރކޮށް އަދި ރިޕޯޓުކުރުމަށްޓަކައި ކަމާގުޅޭ ޑިޕާޓްމަންޓުތަކާ ގުޅިގެން މަސައްކަތްކުރުން؛
  • ކުންފުނިން އުފައްދާ އުފެއްދުންތައް އިޝްތިހާރުކުރުމަށާއި، އެ އުފެއްދުންތަކުން އާމުދަނީ ހޯދުމަށާއި، ހާޞިލްވީ މިންވަރު ދެނެގަތުން ފަދަ ބޭނުންތަކަށް  ރިޕޯޓް، ޕްރެސެންޓޭޝަން، ޕްރޮޕޯސަލް ފަދަ ތަކެތި ތައްޔާރުކުރުމާއި، މިގޮތަށް ތައްޔާރުކުރާ ލިޔެކިޔުންތަކަށް ފަހިވާނޭހެން އެނެލިޓިކް ޑާޓާގެ ބޭނުން ހިފުން؛
  • ރޭޑިޔޯ އާއި ޓީވީ ކޮންޓެންޓާއި ކުންފުނީގެ އެކި އުފެއްދުންތަކާއި ޚިދުމަތްތައް ޕްރޮމޯޓްކޮށް މާކެޓްކުރުމަށްޓަކައި ބޭނުންވާ، ޕްލޭން، ތައްޔާރުކުރުން؛
  • މަޝްރޫޢުތަކުގެ ހިރާސްތައް ދެނެގަނެ، ހިރާސްތައް ކުޑަކުރުމުގެ ސިޔާސަތުތައް އެކުލަވާލައި، އަދި އަމަލުކުރަންކުރަންޖެހޭ ގަވާއިދުތަކާއި ޤާނޫނުތަކާއި އެއްގޮތްވާގޮތުގެ މަތިން މަޝްރޫޢުތަކުގެ މަސައްކަތްތައް ކުރިއަށްދާކަން ކަށަވަރުކުރުން؛
  • ކުންފުނީގެ އެސެޓްތައް ވިޔަފާރީގެ ބޭނުމަށް ނުވަތަ ކުއްޔަށް ދިނުމުގެ ތެރެއިން އާމްދަނީ ހޯދޭނެ  މަގު ތަނަވަސްކުރުން. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ކުންފުނީގެ އިމާރާތްތަކާއި ބިންތައް މާލީ ނަފާ ލިބޭނެފަދަ ގޮތަކަށް ތަރައްޤީ ކުރުމަށް ޕްރޮޖެކްޓްތައް ރާވާހިންގުން؛
  • ވިޔަފާރީގެ މަސައްކަތްތައް ފުޅާކުރުމަށާއި، އިންވެސްޓްމަންޓްތައް އިތުރުކުރުމަށާއި، އަދި އާމްދަނީގެ އައު ވަސީލަތްތައް އުފެއްދުމަށް ސްޓްރެޓެޖީތައް އެކުލަވާލުން  އަދި އާމްދަނީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެހީތެރިވުމަށްޓަކައި މާރކެޓިންގ އެންޑް ޕްރޮމޯޝަނަލް ކެމްޕޭންތަކާއި، އިވެންޓްތައް ހިންގުން؛
  • މުޖުތަމަޢުގެ ދުޅަހެޔޮކަމާއި ވަށައިގެންވާ މާހައުލުގެ ފައިދާއަށްޓަކާ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު)ގެ މަސައްކަތްތައް ރާވައި ހިންގުން.
  • މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމްއޯޔޫ) ތަކާއި އެހެނިހެން ޕާޓްނަރޝިޕް އެއްބަސްވުންތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ޑްރާފްޓްކޮށް އަދި ބެލެހެއްޓުން.
  • ކުންފުނީގެ ބްރޭންޑް އައިޑެންޓިޓީ ހުރިހާ މަންޞަތަކެއްގައި ވަރުގަދަކޮށް ބެލެހެއްޓުމަށްޓަކައި، ޢާންމުންނަށް ފެންނަ މިންވަރާއި ކުންފުނީގެ ބްރޭންޑްތަކުގެ މަޝްހޫރުކަން އިތުރުކުރުން
  • މުޖުތަމަޢުގެ ދުޅަހެޔޮކަމާއި ވަށައިގެންވާ މާހައުލުގެ ފައިދާއަށްޓަކާ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު)ގެ މަސައްކަތްތައް ރާވައި ހިންގުން.
  • މަޝްރޫޢުތަކާއި ޕާޓްނަރޝިޕްތަކުގެ ސައްޙަ ރެކޯޑުތައް ބެލެހެއްޓުމާއި، ގަވާއިދުން ލިބެމުންދާ ކުރިއެރުންތަކުގެ އެންމެ އަދާހަމަ މަޢުލޫމާތުތައް މެނޭޖްމަންޓާއި ހިއްސާކުރަމުން ގެންދިއުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

-  އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛

-  އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ

-  ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ

  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ޕޮލިސް ރިޕޯޓް (4 މަސްނުވާ).

ޝޯޓްލިސްޓް ކުރުމާއި އިންޓަވިއު ކުރުން:

  • މަޤާމުގެ ޝަރުތުތަކާ އެއްގޮތަށް، ތަޢުލީމާއި ތަޖުރިބާއަށް (ހުށަހަޅާފައިވާ ލިޔެކިއުންތައް) ބަލާ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އެފަރާތްތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ.
  • މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލާ (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނިގެން)، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.

(އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެކަން އިންޓަރވިޔުއަށް ދައުވަތުދޭއިރު އެންގޭނެއެވެ.)

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 14 ފެބްރުއަރީ 2026 ވަނަ ދުވަހުގެ ހަވީރު 16:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careersއަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000368 / 3000207 އަށް ގުޅުއްވުން އެދެމެވެ.

04 ފެބުރުވަރީ 2026
ހޯދާ