|
މަޤާމް
|
ސީނިއަރ ޑިޖިޓަލް މީޑިއާ ބްރޭންޑިންގ އެގްޒެކްޓިވް
|
|
މަޤާމުގެ ރޭންކް
|
L7 - D4 (T)
|
ބޭނުންވާ ޢަދަދު:
|
01
|
|
ވަޒީފާ އަދާ ކުރަންޖެހޭ ތަން
|
ޕަބްލިކް ސަރވިސް މީޑިއާ، މާލެ
|
ޑިޕާޓްމަންޓް
|
ޕްރޮޖެކްޓްސް، ލޭންޑް އެންޑް ބިޒްނަސް ޑިވެލޮޕްމަންޓް
|
|
ވަޒީފާގެ ބާވަތް
|
01 އަހަރު ދުވަހުގެ ކޮންޓްރެކްޓް (މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އެއްބަސްވުން އާ ކުރެވޭނެއެވެ. 2 އަހަރު ދުވަހުގެ ކޮންޓްރެކްޓް ފުރިހަމަކުރުމުން ދާއިމީ ކުރެވޭނެއެވެ.)
|
|
ރަސްމީ މަސައްކަތު ގަޑި
|
ހަފްތާއަކު 5 ދުވަހު - ދުވާލަކު 8 ގަޑިއިރު
|
|
އަސާސީ މުސާރަ
|
-/9,000 ރުފިޔާ
|
ސަރވިސް އެލަވަންސް
|
-/3,500 ރުފިޔާ
|
|
އެހެނިހެން އެލަވަންސްތައް:
|
- އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
- ޓެކްނިކަލްކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.
(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައިކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ).
- ޝިފްޓް އެލަވަންސް.: ޝިފްޓް އުސޫލުން މަސައްކަތްކުރަންޖެހޭނަމަ، އެޝިފްޓަކަށް ފައިސާ ދެވޭނެއެވެ.
- އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
- ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
- ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.
|
|
މަޤާމުގެ ޝަރުތު:
|
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ގެ ސެޓްފިކެޓެއް ޙާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
- މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 5 އަހަރުދުވަހު މަސައްކަތްކޮށްފައިވުން؛ ނުވަތަ
- މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 8 އަހަރުދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން
|
|
ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
- ޕީއެސްއެމްގެ މީސްމީޑިއާ އާއި ޑިޖިޓަލް ޕްލެޓްފޯމުތަކުން އާމުދަނީ ލިބޭނޭ ގޮތްތައް ދެނެގަނެ، ކުންފުނީގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނާއި އެއްގޮތްވާ ގޮތުގެ މަތީން މީސްމީޑިޔާ އެސެޓްތައް ތައްޔާރުކޮށް ބެލެހެއްޓުމަށްޓަކައި ބޭނުންވާ ފަންނީ މަސައްކަތްތައް ކުރުން؛
- ކުންފުނުންފުނީގެ މަޝްރޫޢުތައް ފީސިބިލިޓީ އިން ފެށިގެން ނިމުމާ ހަމައަށް، ފާސްކުރެވިފައިވާ ބަޖެޓާއި މުއްދަތާ އެއްގޮތަށް ރާވައި، ފަރުމާކޮށް އަދި ތަންފީޒުކުރުން؛
- ޕަބްލިކް ސާރވިސް މީޑިޔާގެ މީސްމީޑިޔާ އެސެޓްތައް މެދުވެރިކޮށް، އެނެލިޓިކް ޑާޓާ ކަލެކްޓްކުރުމާއި، އެކި މުއްދަތުތަކަށް ތައްޔާރުކޮށް ހުށަހަޅަންޖެހޭ ރިޕޯޓުތައް ސުޕަވައިޒަރުގެ ލަފާގެ މަތިން ތައްޔާރުކުރުން؛
- މަޝްރޫޢުތަކާ ގުޅުންހުރި ހުރިހާ ހަރަކާތްތަކެއް އެދެވޭ ގޮތެއްގައި ތަންފީޒުކޮށް، މޮނިޓަރކޮށް އަދި ރިޕޯޓުކުރުމަށްޓަކައި ކަމާގުޅޭ ޑިޕާޓްމަންޓުތަކާ ގުޅިގެން މަސައްކަތްކުރުން؛
- ކުންފުނިން އުފައްދާ އުފެއްދުންތައް އިޝްތިހާރުކުރުމަށާއި، އެ އުފެއްދުންތަކުން އާމުދަނީ ހޯދުމަށާއި، ހާޞިލްވީ މިންވަރު ދެނެގަތުން ފަދަ ބޭނުންތަކަށް ރިޕޯޓް، ޕްރެސެންޓޭޝަން، ޕްރޮޕޯސަލް ފަދަ ތަކެތި ތައްޔާރުކުރުމާއި، މިގޮތަށް ތައްޔާރުކުރާ ލިޔެކިޔުންތަކަށް ފަހިވާނޭހެން އެނެލިޓިކް ޑާޓާގެ ބޭނުން ހިފުން؛
- ރޭޑިޔޯ އާއި ޓީވީ ކޮންޓެންޓާއި ކުންފުނީގެ އެކި އުފެއްދުންތަކާއި ޚިދުމަތްތައް ޕްރޮމޯޓްކޮށް މާކެޓްކުރުމަށްޓަކައި ބޭނުންވާ، ޕްލޭން، ތައްޔާރުކުރުން؛
- މަޝްރޫޢުތަކުގެ ހިރާސްތައް ދެނެގަނެ، ހިރާސްތައް ކުޑަކުރުމުގެ ސިޔާސަތުތައް އެކުލަވާލައި، އަދި އަމަލުކުރަންކުރަންޖެހޭ ގަވާއިދުތަކާއި ޤާނޫނުތަކާއި އެއްގޮތްވާގޮތުގެ މަތިން މަޝްރޫޢުތަކުގެ މަސައްކަތްތައް ކުރިއަށްދާކަން ކަށަވަރުކުރުން؛
- ކުންފުނީގެ އެސެޓްތައް ވިޔަފާރީގެ ބޭނުމަށް ނުވަތަ ކުއްޔަށް ދިނުމުގެ ތެރެއިން އާމްދަނީ ހޯދޭނެ މަގު ތަނަވަސްކުރުން. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ކުންފުނީގެ އިމާރާތްތަކާއި ބިންތައް މާލީ ނަފާ ލިބޭނެފަދަ ގޮތަކަށް ތަރައްޤީ ކުރުމަށް ޕްރޮޖެކްޓްތައް ރާވާހިންގުން؛
- ވިޔަފާރީގެ މަސައްކަތްތައް ފުޅާކުރުމަށާއި، އިންވެސްޓްމަންޓްތައް އިތުރުކުރުމަށާއި، އަދި އާމްދަނީގެ އައު ވަސީލަތްތައް އުފެއްދުމަށް ސްޓްރެޓެޖީތައް އެކުލަވާލުން އަދި އާމްދަނީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެހީތެރިވުމަށްޓަކައި މާރކެޓިންގ އެންޑް ޕްރޮމޯޝަނަލް ކެމްޕޭންތަކާއި، އިވެންޓްތައް ހިންގުން؛
- މުޖުތަމަޢުގެ ދުޅަހެޔޮކަމާއި ވަށައިގެންވާ މާހައުލުގެ ފައިދާއަށްޓަކާ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު)ގެ މަސައްކަތްތައް ރާވައި ހިންގުން.
- މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމްއޯޔޫ) ތަކާއި އެހެނިހެން ޕާޓްނަރޝިޕް އެއްބަސްވުންތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ޑްރާފްޓްކޮށް އަދި ބެލެހެއްޓުން.
- ކުންފުނީގެ ބްރޭންޑް އައިޑެންޓިޓީ ހުރިހާ މަންޞަތަކެއްގައި ވަރުގަދަކޮށް ބެލެހެއްޓުމަށްޓަކައި، ޢާންމުންނަށް ފެންނަ މިންވަރާއި ކުންފުނީގެ ބްރޭންޑްތަކުގެ މަޝްހޫރުކަން އިތުރުކުރުން
- މުޖުތަމަޢުގެ ދުޅަހެޔޮކަމާއި ވަށައިގެންވާ މާހައުލުގެ ފައިދާއަށްޓަކާ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު)ގެ މަސައްކަތްތައް ރާވައި ހިންގުން.
- މަޝްރޫޢުތަކާއި ޕާޓްނަރޝިޕްތަކުގެ ސައްޙަ ރެކޯޑުތައް ބެލެހެއްޓުމާއި، ގަވާއިދުން ލިބެމުންދާ ކުރިއެރުންތަކުގެ އެންމެ އަދާހަމަ މަޢުލޫމާތުތައް މެނޭޖްމަންޓާއި ހިއްސާކުރަމުން ގެންދިއުން.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛
- އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ
- ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ޕޮލިސް ރިޕޯޓް (4 މަސްނުވާ).
|
|
ޝޯޓްލިސްޓް ކުރުމާއި އިންޓަވިއު ކުރުން:
|
- މަޤާމުގެ ޝަރުތުތަކާ އެއްގޮތަށް، ތަޢުލީމާއި ތަޖުރިބާއަށް (ހުށަހަޅާފައިވާ ލިޔެކިއުންތައް) ބަލާ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އެފަރާތްތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ.
- މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލާ (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނިގެން)، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
(އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެކަން އިންޓަރވިޔުއަށް ދައުވަތުދޭއިރު އެންގޭނެއެވެ.)
|
|
ސުންގަޑި
|
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 14 ފެބްރުއަރީ 2026 ވަނަ ދުވަހުގެ ހަވީރު 16:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careersއަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.
|
|
އިތުރު މަޢްލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް 3000368 / 3000207 އަށް ގުޅުއްވުން އެދެމެވެ.
|