ދިވެހިރާއްޖެ
އިޢުލާން
" ކޯޓޭޝަން ހުށަހެޅުމުގެ ދައުވަތު "
މ.މުލީ އައު ވޮލީކޯޓުގައި ހަދާފައިވާ ސްޓޭޖު، ކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް ހިޔާކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާގޮތަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.
|
ތަން |
މަސައްކަތު މައުލޫމާތު |
|
އައު ވޮލީ ކޯޓުގައި ރާނާފައިވާ ސްޓޭޖު |
ސްޓޭޖުގެ ދިގުމިނަކީ 19 ފޫޓެވެ. އަދި ފުޅާމިނަކީ 10 ފޫޓެވެ. (މަސައްކަތްކުރާނީ ވެލްޑިން ކޮށްގެންނެވެ.) |
|
ކުރިމަތީ 2 ހޮޅި |
ސްޓޭޖުގެ ކުރިމަތީ އިންނަ 2 ހޮޅި (9 ނުވަތަ 10 ފޫޓު ދިގު 3 އިންޗި ވަށް ބޯހޮޅި) |
|
2.1 |
ކުރިމައްޗަށް ޖަހާ ހޮޅީގެ މަތީކައިރިން ފެށިގެން 4 އިންޗި 2 އިންޗީގެ 2 ހޮލޯޕައިޕް އެޅުން ( މި 2 ހޮޅި ދޭތެރޭގެ ދުރުމިން ބޭރުން ބޭރަށް 2 ފޫޓު) ފައިދޮށްތަކުގެ ކޮޅު ވެލްޑިންއިން ގުޅާލާނީ މި ހޮޅިއަށެވެ. އަދި ތިރިން އަޅާ ހޮޅިއާއި މަތީގައި އަޅާ ހޮޅި ސަޕޯޓުވާގޮތަށް ކޮންމެ ފައިދޮށަކާއި ދިމާލުން ގުޅާލަންވާނެއެވެ. |
|
2.2 |
2.1 ގައި އެބުނާ ފްރޭމް ހެދުމަށްފަހު ސިމެންތި ފިލާ ކަފާފައި މިފްރޭމުގައި ޖެހުން.
(ކައުންސިލުން ފިލާ ދިނުމުން) |
|
ޓްރަސް |
ސްޓޭޖުގެ ދެކޮޅު ފާރުގެ މަތިން އަޅާ ޓްރަސް – މަތީ ހޮޅި 21 ފޫޓު ދިގު ތިރީހޮޅި 19 ފޫޓު ދިގު ދޮޅުއިންޗި ފަލަ (ޓްރަސްގެ ފުޅާމިނަކީ – ބޭރުންބޭރަށް 8 އިންޗި)، (ޓްރަސްގެ އެތެރެއިން އަޅާ ދަގަނޑުކޮޅުތައް 16 އެމްއެމްގެ ކޮންކްރީޓު ދަގަނޑު ނުވަތަ 1 އިންޗި ހޮޅި) ޓްރަސް ހަރުކުރާނީ ޓްރަސްގެ މަތީ ކުރިމަތީ ހޮޅިއާއި ފަހަތް ބެލުމަށްފަހު އެ އިންނަ ކަތިމިނަށް ހަމަވާގޮތަށް ފާރުގެތެރެއަށް ފައްތާއިގެންނެވެ. |
|
ފައިދޮށް |
ޖުމްލަ 7 ފައިދޮށް – 11 ފޫޓު ދިގު (4 އިންޗި 2 އިންޗީގެ ހޮލޯޕައިޕް) |
|
ޓިނުޖަހަން އަޅާފަތި |
ޓިނުޖަހަން ދިގަށް އަޅާ 5 ދަގަނޑު ފަތި، 21 ފޫޓު ދިގު 2 އިންޗީގެ ހޮލޯޕައިޕުން އެޅުން |
|
އިތުރު ތަފުސީލު |
* ފްރޭމު ހެދުމަށްފަހު ޓިނުޖެހުމުގެ ކުރިން (ހުރިހާ ހޮޅިއެއްގެ ކޮޅު ވެލްޑިންކޮށްގެން ބައްދަންވާނެ) އަދި ސިމެންތިން ބައްދަން އެއްވެސް ތަނެއް ހުރިނަމަ އެކަން ކުރަންވާނެއެވެ. |
|
6.1 |
* މުޅި ފުރާޅު ސްޓޭޖު ފަހަތަށް 1 ފޫޓު ނެރުން / ކޮންމެ ކޮޅަކަށް 6 އިންޗި ބޭރަށް ނެރުން ޓިނު ޖަހާއިރު ކުރިމައްޗަށް ނެރޭނީ ކުރިމަތީ ހަދާފައިވާ ފްރޭމުގައި ޖަހާ ފިލާގެ މަތީ ކައިރި އާއި ހަމައަށެވެ. ޓިނުޖަހާނީ ލައިސާޓު މަގުފުޅާ ޓިނެވެ. ޓިނުޖެހުމުގެ ކުރިން ބަރާބަރަށް މިން ޗެކު ކުރުމަށްފަހު ފައްތަރު ނުލާ 1 ގަނޑުން ކަވަރުވާގޮތަށް ޓިނުޖެހުން.
* ކަރަންޓު: ސާކެޓު 10 ގެ 2 ސާކެޓު، 16 ގެ ޖުމްލަ 4 ސާކެޓާ އެކު ޑީބޯޑު، 4 ސޮކެޓު ފާރުގެ 2 ކޮޅުގައި، 3 ލައިޓު ފުރާޅު ދަށުގައި، ކޮންމެ ލައިޓެއް ވަކިން ދިއްލޭގޮތަށް. * ކުލަޔާ ދަވާދު: މަތީގައި އަޅާ ހުރިހާ ދަގަނޑެއްގައި ރެޑް އޮކްސައިޑުލުން / އަދި ދަވާދުލުން (ކަޅު) / މުޅި ސްޓޭޖުގައި ކުލަލުން (ހުރިހާ ފާރެއްގައި ވޯލްސީލަރުލައި ކުލަލުން، ސިޑި ހިމެނޭގޮތަށް / ތަޅުމުގައި ފްލޯޕެއިންޓުލުން |
|
މުއްދަތު |
30 (ތިރީސް) ދުވަސް |
|
ކޯޓޭޝަން ހުށަހެޅުން |
ކޯޓޭޝަންތަށް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 11 ފެބުރުވަރީ 2026 ވާ ބުދަ ދުވަހުގެ 13:00 ގައި މުލަކަތޮޅު މުލީ ކައުންސިލް އިދާރާގެ މީޓިން ހޯލްގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ އެއްވެސް ކޯޓޭޝަންއެއް ބަލައެއް ނުގަނެވޭނެއެވެ. |
ކޯޓޭޝަން ހުށަހެޅުމަށް ވަޑައިގަނެވެންނެތް ފަރާތްތަކުން ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެކަން އަންގައިދޭ ލިޔުމަކާއި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އަ.އި.ޑީ ކާޑު ކޮޕީ ގެންނަންވާނެއެވެ. ސްޓޭޖުގެ ކުރެހުން އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ.
